Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަރަބިއްޔާގެ ބެލެނިވެރިން

އަރަބިއްޔާގެ ބެލެނިވެރިންގެ ޝަކުވާތައް މިނިސްޓަރު އައްސަވައިފި

އަރަބިއްޔާގެ ބެލެނިވެރިންނާއެކު މިނިސްޓަރު ބޭއްވި ބައްދަލުވުމުގައި އެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ނޮވެމްބަރު 2022 | ހޯމަ 17:02
އަރަބިއްޔާ ސްކޫލް ބެލެނިވެރިންނާއި އެޑިޔުކޭޝަން މިނިސްޓަރ ބައްދަލުކުރައްވަނީ

އަރަބިއްޔާ ސްކޫލް ބެލެނިވެރިންނާއި އެޑިޔުކޭޝަން މިނިސްޓަރ ބައްދަލުކުރައްވަނީ

އަރަބިއްޔާ ސްކޫލާމެދު އެޑިއުކޭޝަން މިނިސްޓްރީން ތަފާތުކުރާކަމަށް ބުނެ އެ ސްކޫލްގެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެ ސްކޫލްގެ ބައެެއް ބެލެނިވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، އަރަބިއްޔާގެ ބެލެނިވެރިންނާއެކު މިނިސްޓަރު ބޭއްވި ބައްދަލުވުމުގައި އެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވިކަމަށެވެ. އެ ސްކޫލްގެ އައު އިމާރާތާގުޅޭ މައުލޫމާތު ބެލެނިވެރިންނަށް މިނިސްޓަރު ދެއްވިކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ހަވާލުކުރުމާމެދު ނުރުހުން ފާޅުކޮށް އެ ސުކޫލުގެ ބެލެނިވެރިންތަކެއް ވަނީ އިހުތިޖާޖުކޮށްފައެވެ. އަރަބިއްޔާ ސްކޫލުގައި ހުންނެވި ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް އެންއައިއީއަށް ބަދަލުކޮށް، އިދާރީގޮތުން ގެނެވުނު ބަދަލެއްގެގޮތުން، 7 ނޮވެންބަރުން ފެށިގެން އެ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދުއާ ހަވާލުކޮށްފައިވާތީ، އެކަމާ ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ކުރިން ހުންނެވިގޮތަށް ޝުޖާއު އަބްދުއްރަހީމް އެ މަގާމުގައި ބެހެއްޓެވުމަށް ބެލެނިވެރިން ވަނީ ގޮވާލާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި ސުކޫލުގެ ހިންގުން ބަދަލުކުރީ އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް، ދަރިވަރުންނަށް އެންމެ ފަހިގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށްޓަކައެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ރެނދުލައި، ބޭނުންނުކުރެވޭވަރަަށް ހަލާކުވުމުން އެ ސްކޫލް ވަގުތީގޮތުން ހިންގަނީ ފޮރިން މިނިސްޓްރީ ވަގުތީގޮތުން ހިންގަން ހެދި އިމާރާތުގައެވެ. އެ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ޖަމާލުއްދީނުގެ ބާ އިމާރާތް ހުރި ބިމުގައި އަންނަނީ ކުރަމުންނެވެ.

އަރަބިއްޔާގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ ޖަމާލުއްދީން ސްކޫލްގެ ބާ އިމާރާތް ހުރި ބިމުން ބައެއްގައި ޖަމާލުއްދީން ސްކޫލްގެ އިމާރާތެއްވެސް އަޅަން ނިންމުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނަމުން އަންނަނީ އެ ބިމުން ޖަމާލުއްދީން ސްކޫލަށް ބައެއް ދިނަސް އަރަބިއްޔާގެ ޖާގަ ކުޑަނުވާނެ ކަމަށެވެ. އަރަބިއްޔާގެ ޖާގަ ދެގުނަ ބޮޑުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ ބުނަމުންނެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު