Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިރާގުގެ ޚިދުމަތްތައް

ދިރާގު ފައިބަރ އިންޓަނެޓްގެ ޚިދުމަތް ދެއްވަދޫ އަށް

ދެއްވަދޫ ރައްޔިތުންނަށް ޚާއްސަ އޮފަރތަކެއް ވަނީ ތައާރަފު ކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ނޮވެމްބަރު 2022 | ހޯމަ 02:43
ދިރާގު

ދިރާގު

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ގއ. ދެއްވަދޫއަށް ތައާރަފުކޮށްފިއެވެ.

މި ޚިދުމަތް އެ ރަށަށް ތައާރަފުކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ. މިއީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން އެ ރަށުގައި ތައާރަފު ކުރި ޚިދުމަތެކެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ދެއްވަދޫގެ ރައްޔިތުންނަށް ޚާއްސަ އޮފަރތަކަކާ އެކުގައެވެ. އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ހާއްސަ ރައުޓަރ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބިގެންދާނެއެވެ.

މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ. 

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު އެއް ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތަ އަށް މި ޚިދުމަތް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި 99 ރަށް ހިމެނެއެވެ.

މި އޮފަރ ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން ދެއްވަދޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެެވެ.

ދިރާގު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު
23 އޮކްޓޯބަރު 2025

ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!

23 އޮކްޓޯބަރު 2025
ދިރާގު x އައިސިކް މިއުޒިކް ޝޯގައި ޒުވާން ދިވެހި ހުނަރުވެރިން!
22 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ

22 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: 4,500 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މި ހުކުރު ދުވަހު ފަށަނީ
01 އޮކްޓޯބަރު 2025

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

01 އޮކްޓޯބަރު 2025
ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް
10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު