Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިންޑިއާގެ ވެށި ތަޣައްޔަރުވުން

ތަޣައްޔަރުކަމާ އެކު އިންޑިއާގެ ޢިލްމީ ފަޒާ ބަނަވެއްޖެ

ސްކޫލްތަކުގެ ކިއެވުން މެދުކަނޑާލުމަކީ، ހުރިހާ ބެލެނިވެރިން، މާ ރުހޭ ކަމަކަށްވެސް ނުވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 ނޮވެމްބަރު 2022 | އާދީއްތަ 06:38
ދިއްލީގެ ޕްރައިމަރީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި ވަނީ، ބެލެނިވެރިންނާއި، އެކްޓިވިސްޓުން، ސޯޝަލް މީޑިއާގައި ހިންގި ވަރުގަދަ ކެމްޕޭނަކާ ގުޅިގެން

ދިއްލީގެ ޕްރައިމަރީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލާފައި ވަނީ، ބެލެނިވެރިންނާއި، އެކްޓިވިސްޓުން، ސޯޝަލް މީޑިއާގައި ހިންގި ވަރުގަދަ ކެމްޕޭނަކާ ގުޅިގެން

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވާހަކައަކީ، ދައްކާ ވާހަކައިގެ އަޑުފަށްގަނޑާ އަޅާ ބަލާއިރު، އަމަލީ ގޮތުން މަސައްކަތްކޮށް، އަދާ ޖެހުނުއިރުވެސް ފުރިހަމަ ހައްލެއް ހޯދިފައި ނުވާ ބޮޑު މައްސަލައެކެވެ. ތިމާވެއްޓަށް ފަރުވާ ކުޑަކޮށް، ވެއްޓަށް ގެއްލުން ދެނިވި އަމަލުތައް ހިންގުމުގެ ސަބަބުން، އެކަމުގެ ގެއްލުން ފޯރަމުން ދަނީ ހަމައެކަނި އަދުގެ ޖީލުތަކަށް ނޫން ކަމާއި، އެކަމަކީ ތާ އަބަދަށް ދެމިގެން ދަނިވި އަނދިރި ކަމެއްގެ ތެރެއަށް ދުނިޔެ ވައްޓާލާ ވަރުގެ ނުރައްކާ ކަމެއް ކަން، އަވަށްޓެރި އިންޑިއާގެ އަދުގެ މަސްރަޙަށް ބަލާލުމުން ހެކި ދެއެވެ.

އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީގެ ލޯކަލް ގަވަމަންޓުން ވަނީ، އެ ސަރަޙައްދުގެ ވައި، އިންތިހާއަށް ތަޣައްޔަރު ވުމުގެ ސަބަބުން، ނޮވެމްބަރު 5 ވަނަ ދުވަހުން ފަށައިގެން އެ ސިޓީގެ ޕްރައިމަރީ ސްކޫލްތަކުގެ ކިއެވުން މެދުކަނޑާލާފައެވެ. ވައި ނުސާފުވެ، ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން އަނދިރިވެ، ބަނަވެގެން އެ ދިޔައީ އެތައް ދަރީންނެއްގެ ޢިލްމީ ކުރިމަގު ކަމާ މެދު ވިސްނާލެވުނުތޯއެވެ.

ދިއްލީގެ ޗީފް މިނިސްޓަރު، އަރްވީންދު ކެޖްރިވާލް ވަނީ، އެ ސިޓީ ތެރޭގެ ޓްރެފިކް ފްލޯ ކޮންޓްރޯލް ކުރުމަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް އިޝާރަތް ކޮށްފައެވެ. ކަން މިހެން އޮތް އިރު، ސްކޫލްތަކުގެ ކިއެވުން މެދުކަނޑާލުމަކީ، ހުރިހާ ބެލެނިވެރިން، މާ ރުހޭ ކަމަކަށްވެސް ނުވެއެވެ. ވާނީވެސް އެހެންތާއެވެ.

އިންތިހާއަށް ތަޣައްޔަރުވެފައިވާ ވެއްޓެއްގެ ތެރެއަށް ލޯބިވާ ދަރިން ނެރުމާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންވެސް އިންތިހާއެވެ. ނޭވާލާން އުނދަގޫވުމާއި، ލޯ ކެރުމާއި، ނޭފަރާތާއި ކަރު ތެރެ ހިރުވުން ފަދަ ޝަކުވާތަކަކީ ދަރިންގެ ފަރާތުން ތާ އަބަދުމެ އަހަން ޖެހިފައި އޮންނަ ހިތްދަތި އަޑެކެވެ. ވައިގެ ކޮލިޓީގެ މިންގަނޑު ހުރީ އިންތިހާއަށް ނުރައްކާ ގިންތީގައި ކަމަށް، ސެންޓްރަލް ޕޮލޫޝަން ކޮންޓްރޯލް ބޯޑުގެ ރެކޯޑްތަކުން ދައްކައެވެ.

ދިއްލީގެ ޕްރައިމަރީ ސްކޫލްތަކުގެ ކިއެވުން މެދުކަނޑާލާފައި ވަނީ، ކަންބޮޑުވެފައިވާ ބެލެނިވެރިންނާއި، ތިމާވެށީގެ ދިފާއުގައި މަސައްކަތް އެކްޓިވިސްޓުން، ސޯޝަލް މީޑިއާގައި ހިންގި ވަރުގަދަ ކެމްޕޭނަކާ ގުޅިގެންނެވެ.

އިންޑިއާއިންޑިއާގެ ވެށި ތަޣައްޔަރުވުން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު