Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ފުލަމް އަތުން ފަހު ވަގުތު ސިޓީ މޮޅުކޮށްދިނީ ހާލަންޑު

6 ނޮވެމްބަރު 2022 | އާދީއްތަ 02:40

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ނޮވެމްބަރު 2022 | އާދީއްތަ 02:40
ސިޓީން ކުޅުނު މެޗުގެ ތެރެއިން

ސިޓީން ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް މެންޗެސްޓަރ ސިޓީން އެއް ވަނަ އަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 އިންނެވެ. މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އާލިން ބްރައުޓް ހާލަންޑްއެވެ.

މެޗު ފަށައިގެން 17 ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އިލްކާއި ގުންޑޮގަން ތަނަވަސްކޮށްދިން ފުރުސަތަކުން ސިޓީ އަށް ލީޑު ނަގައިދިނީ ހޫލިއަން އަލަވަރޭޒްއެވެ. ސިޓީ އަށް މެޗުގައި ގެއްލުން ދެއްކީ 26 ވަނަ މިނެޓުގައި އެ ޓީމުގައި ޔާއޯ ކަންސޭލޯ ރަތް ކާޑު ދެއްކުމުންނެވެ. އެއީ ސިޓީގެ އޭރިޔާ ތެރެއިން ކަންސޭލޯ ފުލަމްގެ ހެރީ ވިލްސަން އަށް ފައުލް ކުރުމުންނެވެ. ފައުލާ އެކު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން ފުލަމް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޔާއޯ ޕެރޭރާއެވެ. މެޗުގެ ބާކީ ބައި އެ ޓީމުން ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކުއެވެ.

ދެ ވަނަ ހާފުގައި ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހާލަންޑު ކުޅެން އަރުވާފައެވެ. ކުޅެން ނުކުމެ މެޗުގެ 74 ވަނަ މިނެޓުގައި ހާލަންޑު ޖެހި ލަނޑު ބަލައިނުގަތުމަށް ވީއޭއާރުން ވަނީ ނިންމާފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެން ހާލަންޑު ވަނީ ސިޓީ މޮޅުކޮށްދީފައެވެ.

މެޗުން މޮޅުވެ ސިޓީ އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ. ކުޅުނު 13 މެޗުން އެ ޓީމަށް ލިބެނީ 32 ޕޮއިންޓެވެ. ސިޓީ އަށްވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އާސެނަލަށް ލިބެނީ 31 ޕޮއިންޓެވެ. ނަމަވެސް ލީގުގައި އާދިއްތަ ދުވަހު ޗެލްސީ ބަލިކޮށްގެން އާސެނަލަށް އަލުން އެއް ވަނަ ހޯދޭނެއެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީއާލިން ބްރައުޓް ހާލަންޑް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް