Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަނޑުމަހުން ނަގާ ޑިއުޓީ

އިނގިރޭސިވިލާތަށް އެކްސްޕޯރޓްކުރާ ކަނޑުމަހުން ނަގާ ޑިއުޓީއާގުޅޭ އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުއްމީދު ބޮޑު: ޝާހިދު

އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2022 | ހޮނިހިރު 12:18
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ތިމާވެއްޓާ ގުޅޭގޮތުން އިނގިރޭސިވިލާތާ އެއްވިސްނުމުގެ ގައުމުތަކުން "ބަހާއި އަމަލު އެއްގޮތްކޮށް"، ދެމެހެއްޓެނިވި ކަނޑުމަސް އިމްޕޯޓްކުރުމާ ގުޅޭ އެއްބަސްވުމަކަށް ރާއްޖެއާއެކު އަންނަށްޖެހޭކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުން ފުރާ ވަޑައިގަތުމުގެ ކުރިން "މޯނިންގ ޓްރޭޑް ޔޫކޭ"އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އިނގިރޭސިވިލާތުން ކުދި ޖަޒީރާ ގައުމަކަށް އަދަބުދެނީ މަހުގެ ބާވަތްތަކުން 20 ޕަސެންޓް ޓެރިފް ނަގައިގެން ކަމަށެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއިން އިނގިރޭސިވިލާތަށް 10 މިލިއަން ޑޮލަރުގެ ޓޫނާ ފޮނުވާފައިވާކަމަށާއި، މިފަދަ ޓެކްސްއެއް ނުނަގާނަމަ އެ އަދަދު އިތުރުވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮމަންވެލްތަށް ނިސްބަތްވާ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތަށް އެތެރެކުރާ މުދަލުން ޓެރިފް ނަގަމުންދާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖެއާ އެއް ހާލަތެއްގައި ހިމެނޭ އެހެން ކުދި ޖަޒީރާ ގައުމުތަކުން އެކިއެކި އިންތިޒާމުތައް މެދުވެރިކޮށް ޓެކްސް މާފްކޮށްފައި ވާއިރު، ދިވެހިރާއްޖެއަތުން ނަގާ ޓެކުހަކީ ވެވިފައިވާ އިހުމާލެއް ކަމުގައި ރާއްޖެއިން ދެކެއެވެ.

އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ދެމެހެއްޓެނިވި އުފެއްދުންތެރިކަމަކީ "ވަރަށް މަގުބޫލުވެގެން ބުނާ ބަހެއް" ކަމަށާއި ރާއްޖެއަކީ މަސްވެރިކަމުގެ މުޅި ސިނާއަތުގައި ދޮށީގެ މަސްވެރިކަން ގެންގުޅޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނުވަތަ ހަމައެކަނި އެފަދަ މަސްވެރިކަމެއް ކުރާ ގައުމުކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މަހެއްވެސް ބާނަނީ ފަހަރަކު މަހެއް ވަކިން" ކަމަށާއި އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުގައި ދާ ޖަހައިގެން މަސްވެރިކަން ކުރުން މަނާކުރީ ކަނޑުގެ ދިރުން ސަލާމަތްކުރަން ކަމަށާއި، ކަނޑުތަކަކީ ރާއްޖެއާއި ކުދި ޖަޒީރާ ގައުމުތައް ދަމަހައްޓާ ދިރުން ކަމުގައި ވިދާޅުވިއެވެ.

މަހުގެ ބާވަތްތައް ގަންނަ ގައުމުތައް "ބަހާއި އަމަލު އެއްގޮތްކުރަން ޖެހޭ" ކަމުގައި ވިދާޅުވިއެވެ. އެއްކޮޅުން ތިމާވެއްޓާއި ކަނޑުތަކާއި ބަޔޯޑައިވަރސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމުގެ ވާހަކަ ދައްކަމުން ގެންދާއިރު، އެންމެ ދެ ސިނާއަތަށް (ޓޫރިޒަމާއި މަސްވެރިކަމަށް) ބަރޯސާވެފައިވާ ކުޑަކުޑަ ގައުމަކުން 20 ޕަސެންޓް ޑިއުޓީ ނަގައި އަދަބު ދިނުމަކީ ބަހާއި އަމަލު ދިމާނުވުން ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ތަރައްގީގެ މަގުގައި ކުރިއަރައި، އެ ގައުމަކަށް ލިބުނު އެހީގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރި ގައުމެއްގެ އަތުން ޓެރިފް ނެގުމަކީ "ކްލާހުގައި ކިޔަވާ ދަރިވަރަކަށް ކިޔެވުމުގެ އަދަބު ދިނުން ފަދަ ކަމެއް" ކަމަށެވެ.

ނަމަވެސް، ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީއާއި އެހެނިހެން ވަޒީރުންނާއެކު ބޭއްވި ބައްދަލުވުންތަކަށްފަހު، އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. "ކުރީގެ ދަތުރުތަކާ ޚިލާފަށް އަޅުގަނޑު މިފަހަރު އިނގިރޭސިވިލާތުން ފުރައިގެން މިދަނީ އެންމެ ފަހުގެ ހައްލެއް ފެންނާނެ ކަމުގެ ބޮޑު އުއްމީދެއްގަ" ކަމުގައި ޝާހިދު ވިދާޅުވިއެވެ.

އޮކްޓޯބަރު މަހު ބޭއްވި ކޮންޒަވޭޓިވް ޕާޓީގެ ކޮންފަރެންސްގައި މިކަމާބެހޭގޮތުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޮކްޓަރ ފަރަހްނާޒް ފައިސަލް ސުވާލު ކުރެއްވުމުން، އިނގިރޭސިވިލާތުގެ ސެކްރެޓަރީ ފޯރ ސްޓޭޓް އިންޓަރނޭޝަނަލް ކެމީ ބާޑެނޮކް ވިދާޅުވީ، ޓޫނާ އެގްރީމެންޓަކީ އިތުރަށް ވިޔަފާރީގެ ގުޅުން ބަދަހިކޮށްގެން، ޕާޓްނަރޝިޕަކުން ހައްލު ގެނެވިދާނެ ކަމެއް ކަމަށާއި، - އެއީ ކޮންމެހެން އަބަދަކު ވިޔަފާރީގެ އެއްބަސްވުމަކަށް ވާން ނުޖެހޭނެކަމަށެވެ. ދިވެހިރާއްޖެއާ އެގައުމާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމްކުރެވިދާނެ، ނުވަތަ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ފުޅާކޮށް ބަދަހިކުރުމަށް އެހެނިހެން ހަރުދަނާ ސިޔާސަތުކާއި ނިޒާމްތަށް ގާއިމް ކުރެވިދާނެކަމަށެވެ. އެކަމަނާ އެއްބަސްވެވަޑައިގަތީ ދެ ގައުމުގެ އިސް އޮފިޝަލުންގެ މެދުގައި ރަސްމީކޮށް ބައްދަލުވުމެއް ބާއްވައި، އޮތް ހައްލަކާމެދު އިތުރަށް މަޝްވަރާ ކުރެއްވުމަށެވެ.

އިނގިރޭސި ވިލާތުގެ 2019 ވަނަ އަހަރުގެ އާންމު އިންތިޚާބު ކާމިޔާބުކުރައްވައި، އެގަމުގެ ވެރިކަން ކުރަނީ ކޮންޒަވޭޓިވް ޕާޓީންނެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމު އެތަކެއް ފަހަރު ބަދަލުވެފައިއެވެ.

ޢަބްދުﷲ ޝާހިދުއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު