Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުގެންޑާގައި އެބޯލާގެ ހާލަތު

ޔުގެންޑާގައި އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 48ށް

4 ނޮވެމްބަރު 2022 | ހުކުރު 02:11

އެބޯލާ ޖެހިފައިވާ މީހުންގެ އަދަދު 131ށް ވަނީ އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ނޮވެމްބަރު 2022 | ހުކުރު 02:11
ޔުގެންޑާގައި އެބޯލާ ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހަކު ބައްޔަށް ޓެސްޓްކުރުމުގެ މަސައްކަތްކުރަނީ

ޔުގެންޑާގައި އެބޯލާ ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހަކު ބައްޔަށް ޓެސްޓްކުރުމުގެ މަސައްކަތްކުރަނީ | ރޮއިޓާސް

ޔުގެންޑާގައި އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 48ށް އަރާފައިވާކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.

ބުރާސްފަތި ދުވަހާ ހަމައަށް އެ ގައުމުގައި އެބޯލާ ޖެހިފައިވާ މީހުންގެ އަދަދު 131ށް އަރާފައިވާކަމަށް ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސިއްހީ އޮފިޝަލުން ބުނެއެވެ.

Advertisement - worldAdvertisement

މިދިޔަ ހަފްތާގެ ޔުގެންޑާގެ ސިއްހަތާއި ބެހޭ ވަޒީރު ވިދާޅުވެފައިވަނީ އެބޯލާ ޖެހިގެން އެހާތަނަށް މަރުވެފައިވަނީ 30 މީހުންކަމަށެވެ. އަދި ބަލި ޖެހިފައިވަނީ 109 މީހުންނަށްކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެފްރިކާ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުގެންޑާގައި އެބޯލާގެ ހާލަތު ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނަވާ ހެންރީ ޔޯބެ ވިދާޅުވީ މިހާރު ފެތުރެމުން އަންނަ އެބޯލާ ފެތުރުން ހުއްޓޭނެ ދުވަހެއް ބުނަން ނޭންގޭކަމަށެވެ. ކަމާބެހޭ މުއައްސަސާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންކަމަށް ވެސް ހެންރީ ވިދާޅުވިއެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަކަމަށް ހެންރީ ވިދާޅުވިއެވެ.

މިދިޔަ މަހު ޔުގެންޑާ ސަރުކާރުން ބުނެފައިވަނީ މިހާރު ފެތުރެމުން އަންނަ އެބޯލާ މިއަހަރު ނިމޭ ހިސާބު ކޮންޓްރޯލުކޮށް ނައްތާލެވޭނެކަމަށެވެ.

ޔުގެންޑާގައި މިހާރު ފެތުރެމުން އަންނަ އެބޯލާ އަކީ ސޫދާން އިން ފެނިފައިވާ އެވައިރަސްގެ ސްޓްރެއިންއެވެ. މިވައިރަސް އަށް މިހާތަނަށް ވެކްސިނެއް ނެތްއިރު މި ސްޓްރެއިން ވަނީ އެންމެ ފަހުން ކޮންގޯ އިން ފެނުނު އެބޯލާ ކޭސްތަކުން ވެސް ފެނިފައެވެ.

ޑަބްލިޔުއެޗްއޯގެ ޗީފް ޓެޑްރޯސް ވިދާޅުވީ ސޫދާން ސްޓްރެއިން އަށް އުފައްދާފައިވާ ވެކްސިންގެ ކްލިނިކަލް ޓްރެއަލްތައް އޮކްޓޯބަރު މެދު ތެރޭގައި ފެށޭނެކަމަށެވެ.

ޔޫގަންޑާއެބޯލާ

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2026

ކޮންގޯގެ އެބޯލާ އަކީ ތާރީޚުގައިވެސް އެންމެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވެދާނެ: ޑަބްލިއުއެޗްއޯ

12 އޯގަސްޓު 2026
ކޮންގޯގެ އެބޯލާ އަކީ ތާރީޚުގައިވެސް އެންމެ ނުރައްކާތެރި ބަލިމަޑުކަމަކަށް ވެދާނެ: ޑަބްލިއުއެޗްއޯ
06 އޯގަސްޓު 2026

ޔޫގަންޑާގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބުގެ ކެޕްޓަން އަށް ހަމަލާދީ މަރާލައިފި

06 އޯގަސްޓު 2026
ޔޫގަންޑާގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ކުލަބުގެ ކެޕްޓަން އަށް ހަމަލާދީ މަރާލައިފި
05 އޯގަސްޓު 2026

ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި

05 އޯގަސްޓު 2026
ކޮމަންވެލްތު ގޭމްސް އަށް ދިޔަ ޕާކިސްތާނާއި ޔޫގެންޑާގެ އެތުލީޓުންތަކެއް ފިލައިފި
03 އޯގަސްޓު 2026

ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ

03 އޯގަސްޓު 2026
ކޮންގޯގެ އެބޯލާ ބަލިމަޑުކަން ނުރައްކާތެރި މިންވަރަކަށް ބޮޑުވެއްޖެ
27 ޖުލައި 2026

ޔޫގެންޑާގެ ކުރީގެ ފޮރިން މިނިސްޓަރު އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް ކުރިމަތިލައްވައިފި

27 ޖުލައި 2026
ޔޫގެންޑާގެ ކުރީގެ ފޮރިން މިނިސްޓަރު އދ.ގެ ސެކްރެޓަރީ ޖެނެރަލް މަގާމަށް ކުރިމަތިލައްވައިފި
26 ޖުލައި 2026

ކޮންގޯގައި އެބޯލާ ޖެހުނު މީހުންގެ އަދަދު 3000 އިން މައްޗަށް، މަރުވި މީހުންގެ އަދަދު 1354

26 ޖުލައި 2026
ކޮންގޯގައި އެބޯލާ ޖެހުނު މީހުންގެ އަދަދު 3000 އިން މައްޗަށް، މަރުވި މީހުންގެ އަދަދު 1354
22 ޖުލައި 2026

ޑީއާރުސީ އާއި ޔުގެންޑާގައި އެބޯލާ ބަލީގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

22 ޖުލައި 2026
ޑީއާރުސީ އާއި ޔުގެންޑާގައި އެބޯލާ ބަލީގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
24 ޖޫން 2026

ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ

24 ޖޫން 2026
ފްރާންސް އިން ފުރަތަމަ ފަހަރަށް އެބޯލާގެ ކޭސްއެއް ފެނިއްޖެ
17 ޖޫން 2026

ކޮންގޯގެ ހޮސްޕިޓަލަކުން އެބޯލާ ޖެހިފައިވާ ބަލިމީހުންތަކެއް ހަތިޔާރުއެޅި ބަޔަކު ރަހީނުކޮށްފި

17 ޖޫން 2026
ކޮންގޯގެ ހޮސްޕިޓަލަކުން އެބޯލާ ޖެހިފައިވާ ބަލިމީހުންތަކެއް ހަތިޔާރުއެޅި ބަޔަކު ރަހީނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް