Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަސްރުގެ ދުވަސް

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ސާލިޙު ވިދާޅުވެއްޖެ

ނަޞްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރައްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ނޮވެމްބަރު 2022 | ބުރާސްފަތި 05:22
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް ސާލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ ނަޞްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރައްވާފައެވެ.

ރައީސް ވަނީ ޤައުމުގެ ދިފާއުގައި ޤުރުބާންވެވަޑައިގެން ޝަހީދުވެދިޔަ ބަޠަލުންގެ ޒިކުރާ އައު ކުރައްވާފައެވެ. އަދި މާތްﷲ އެ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުއާ ކުރައްވައި، ދިވެހި މި ވަޠަން މިނިވަންކަމުގައި އަބަދުމެ ލެއްވުން އެދި ދުއާ ކުރައްވާކަން ވަނީ ބަޔާން ކުރައްވާފައެވެ.

ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގައި އެމްއެންޑީއެފުން ބާއްވާ ޚާއްޞަ ހަރަކާތްތައް ފަށާފައިވަނީ އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރި ފަތިސް ނަމާދުންނެވެ. މީގެ އިތުރުން ހެނދުނު 06:00 ގައި ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ އާއި ގާޑް މައުންޓުކޮށްފައިވެއެވެ.

ނަޞްރުގެ ދުވަހާ ގުޅިގެން ބާއްވާ އަސްކަރީ ޕެރޭޑް މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް ކަމުގައިވާ ހދ. ކުޅުދުއްފުށީގައި ނޮވެންބަރު 4 ވަނަ ދުވަހުގެ ހަވީރެވެ.

ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިންގެ ބަޔަކު މާލެއަށް ހަތިޔާރާ އެކު އަރައި، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ނޮވެމްބަރު 3، ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1988 ވަނަ އަހަރު ދިވެހިންގެ ބަޔަކު ތަމަޅަ ޓައިގަރުންގެ ބަޔަކާއެކު ރާއްޖެ އަރައި ދިން އުދުވާނީ ހަމަލާއިން ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރުމުގެ ގޮތުންނެވެ.

ނަސްރުގެ ދުވަސްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު