Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުން ދޭ ސަބްސިޑީ

ދައުލަތުން ދޭ ސަބްސިޑީގެ ނިޒާމު މުރާޖާކުރުމުގެ މަސައްކަތް ބޭރުގެ ފަންނީ އެހީތެރިކަމާއެކު ދަނީ ކުރަމުން: މިނިސްޓްރީ

ބަޖެޓު ޕްރޮޕޯސަލްތައް ބަޖެޓު ހެދުމުގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2022 | ބުރާސްފަތި 02:58
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ

ދައުލަތުން ދޭ ސަބްސިޑީގެ ނިޒާމު މުރާޖާކުރުމުގެ މަސައްކަތް ބޭރުގެ ފަންނީ އެހީތެރިކަމާ އެކު ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ބަޔާންކޮށްފައިވާ ގޮތުގައި، ކުންފުނިތަކަށް ބަޖެޓުން ސަޕޯޓްކުރުމަށް ބަޖެޓުގައި ކަންކަން ހިމެނުމުގެ މަރުހަލާ އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީން ދަނީ ވިސްނަމުންނެވެ. އެގޮތުން އެކަމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބަޖެޓު ޕްރޮޕޯސަލްތައް ބަޖެޓު ހެދުމުގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ ރާވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ދައުލަތުން ދޭ ސަބްސިޑީގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށް، ސަބްސިޑީތަކުގެ ނިޒާމުތައް މުރާޖާކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ އިދާރާތަކުގެ ފަންނީ އެހީތެރިކަމާ އެކު، މިނިސްޓްރީން ކުރަމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ސަރުކާރުން އިންވެސްޓްކުރުމުގެ އެއް މަގުސަދަކީ ދައުލަތުން ދޭންޖެހޭ ހިދުމަތްތައް ފުރިހަމަކަމާ އެކު ފޯރުކޮށްދިނުން ކަމަށާއި، މި އިންވެސްޓްމަންޓް އިން ދައުލަތަށް އިތުރަށް އާމްދަނީ ލިބޭނެ މަގު ފަހިކުރުންކަން ފާހަގަކޮށް ބަޖެޓުގައި ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ލިބޭ އާމްދަނީ މަދުވުމަކީ ބަޖެޓަށް ހުރި ހިރާހެެއް ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ލިބޭ ޑިވިޑެންޑްއަކީ ދައުލަތަށް އާމްދަނީ ލިބޭ މުހިއްމު ވަސީލަތެއްކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފާއިތުވި އަހަރުގެ ޕަރފޯމަންސްއަށާއި ކުރިއަށްހުރި އަހަރުތަކުގައި ހުންނާނެކަމަށް އަންދާޒާކުރެވޭ ޕްރޮފިޓަބިލިޓީއަށް ބަލައި، ޖުމްލަ އާމްދަނީގެ 4 އިންސައްތައަށްވުރެ އިތުރަށް ޑިވިޑެންޑް ލިބޭނެކަމަށް އަންދާޒާކޮށް ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނާ ކަމަށެވެ.

އެހެން ނަމަވެސް، ފާއިތުވި އަހަރުގެ ތެރޭގައި ޑިވިޑެންގެ ގޮތުގައި ލިބިގެންދަނީ އަންދާޒާކުރި މިންވަރަށްވުރެ މަދުންކަމަށް ބަޖެޓުގައިވެއެވެ.

މިނިސްޓްރީން ބުނީ، އެކަންކަން ޙައްލު ކުރުމަށްޓަކައި ދައުލަތަށް ޑިވިޑެންޑް ދެއްކުމުގައި ޓްރާންސްޕޭރަންސީ އިތުރުކުރުމަށް، ޑިވިޑެންޑް ދެއްކުމާއި އަޅައިކެނޑުމުގެ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ސަބްސިޑީފިނޭންސް މިނިސްޓްރީދައުލަތުގެ ބަޖެޓު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

ސަރުކާރުގެ ކުންފުނިތައް ހިންގުން ނާގާބިލުކަމުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު ދަށްކުރަން ދޭ ސަބްސިޑީ ކުންފުނި ހިންގަން ބޭނުން ކުރޭ: އޮޑިޓަރ ޖެނެރަލް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު