Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލުތަކުގެ ޔުޓިލިޓީ ބިލުތައް

ކައުންސިލްތަކުގެ ޔުޓިލިޓީ ބިލުތައް ގަވާއިދުން ނުދައްކާތީ ބަޖެޓުގައި އަންދާޒާކޮށްފައިނުވާ ޚަރަދުތައް ކުރަން މަޖުބޫރުވޭ: މިނިސްޓްރީ

3 ނޮވެމްބަރު 2022 | ބުރާސްފަތި 02:52

ގިނަ ކައުންސިލްތަކުން އަދިވެސް ގަވާއިދުން އާމްދަނީ އާއި ޚަރަދުތަކުގެ ތަފުސީލު ސިސްޓަމްގައި ރެކޯޑްކުރަމުން ނުދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ނޮވެމްބަރު 2022 | ބުރާސްފަތި 02:52
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ކައުންސިލްތަކުގެ ޔުޓިލިޓީ ބިލުތައް ގަވާއިދުން ނުދައްކާތީ ބަޖެޓުގައި އަންދާޒާކޮށްފައިނުވާ ޚަރަދުތައް ކުރަން މަޖުބޫރުވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓުގެ ނިސްބަތުން ބޮޑު މިންވަރެއް ކައުންސިލުތަކަށް ކަނޑައަޅާފައިވާއިރު، ކައުންސިލްތަކުގެ ޚަރަދުތައް ގަވާއިދުން ސިސްޓަމްގައި ރެކޯޑުކޮށް، ހިސާބުތައް ރަނގަޅަށް ބަލަހައްޓަމުން ގެންދިއުމަކީ މުޅި ސަރުކާރުގެ ފައިނޭންޝަލް ރިޕޯޓްތަކުގެ ސައްހަކަމާއި ކޮލިޓީ ކަށަވަރުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، ގަވައިދާ އެއްގޮތަށް މާލީ ކަންކަން ކުރިއަށްދާކަން ކަށަވަރުކުރަން މުހިއްމު ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ގިނަ އަދަދެއްގެ ކައުންސިލްތަކުން އަދިވެސް ގަވާއިދުން އާމްދަނީ އާއި ޚަރަދުތަކުގެ ތަފުސީލު ސިސްޓަމްގައި ރެކޯޑްކުރަމުން ނުދާކަން ފާހަގަ ކުރެވިފައިވާކަމަށް މިނިސްޓްރީގެ ބަޖެޓު ފޮތުގައި ބަޔާން ކޮށްފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރަށް ބެލިނަމަވެސް 200 ކައުންސިލްގެ ތެރެއިން 134 ކައުންސިލެއްގެ ހިސާބުތައް ގަވާއިދުން ރެކޯޑުކުރަމުން ނުދާކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މުސްތަގުބަލުގައި ކައުންސިލްތަކުގެ މާލީ ހިސާބު ބެލެހެއްޓުން ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

އަދި މިކަމަށް ކައުންސިލްތަކަށް ބާރުއެޅުމުގެ ގޮތުން ބްލޮކް ގްރާންޓް ބެހުމަށް ބޭނުންކުރާ ފިސްކަލް ފޯމިއުލާ އަށް ކައުންސިލްތަކުގެ ފިސްކަލް ޕާފޯމަންސް ވަޒަންކުރާ މިންގަނޑެއް 2023 ވަނަ އަހަރުން ފެށިގެން އިތުރުކޮށްފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި މިންގަނޑު ތައްޔާރުކުރުމުގައި ކައުންސިލްތަކުގެ ހިސާބުތައް ގަވާއިދުން ސިސްޓަމްގައި ރިކޯޑުކުރަމުންދޭތޯ ބަލާފައިވާނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އޭގެ ނަތީޖާއަކަށް ވާނީ ހިސާބު ބެލެހެއްޓުމުގައި ފަރުވާތެރި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ލިބޭ ފައިސާގެ މިންވަރު އިތުރުވެގެން ދިއުން ކަމަށެވެ.

އޭގެ އިތުރުން، ކައުންސިލްތަކުގެ ޔުޓިލިޓީ ބިލުތައް ގަވާއިދުން ދައްކަމުން ނުގެންދާތީ، ސަރުކާރު ހިއްސާވާ ކަރަންޓު، ފެން އަދި ކުނި މެނޭޖްކުރުމުގެ ހިދުމަތް ދޭ ކުންފުނިތަކުގެ ކޭޝްފްލޯއަށް ދަތިވެ، ސަރުކާރުން އެ ކުންފުނިތަކަށް އެހީތެރިވާންޖެހޭ ހާލަތްތައް ކުރިމަތިވަމުންދާކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ، އެކަމުގެ ސަބަބުން ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމުގައި ވެސް ދަތިތަކާ ކުރިމަތިވެ، ބަޖެޓުގައި އަންދާޒާކޮށްފައިނުވާ ޚަރަދުތައް ކުރަން މަޖުބޫރުވާ ކަމަށެވެ. މިސާލެއްގެ ގޮތުން، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 6 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ނުދައްކައި ހުރި ޔުޓިލިޓީ ބިލުތައް 47 ކައުންސިލެއްގައި ހުރި އިރު، 3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތެއް ވަންދެން ނުދައްކައި ހުރި ބިލުތައް 13 ކައުންސިލެއްގައި އެބަހުރިކަމަށެވެ.

މި ހިރާސް ކުޑަކޮށް ގަވާއިދުން ޔުޓިލިޓީ ބިލުތައް ދައްކަމުން ދިއުމަށް ކައުންސިލްތަކަށް ބާރުއެޅުމުގެ ގޮތުން، ފިސްކަލް ފޯމިއުލާގައި މި އަހަރު ހިމަނާފައިވާ ފިސްކަލް ޕާފޯމަންސް ވަޒަންކުރާ މިންގަނޑު ތައްޔާރުކުރުމުގައި ކައުންސިލްތަކުން ބިލްތައް ނުދައްކައި ހުރި މުއްދަތަށް ވެސް ބަލާފައިވާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ކައުންސިލްފިނޭންސް މިނިސްޓްރީދައުލަތުގެ ބަޖެޓު 2023

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
21 ނޮވެމްބަރު 2025

ފީއަލީ ގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ކުރީ ސަރުކާރުން، އެމްޑީޕީގެ ފިކުރާ ހިޔާލު ތަފާތުވާ ބައެއް މީހުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ: ކައުންސިލްގެ ނައިބު ރައީސް

19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް