Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރޯން ފޯ ރެޒިލިއަންސް ޕްރޮގްރާމް

"ޑްރޯން ފޯ ރެޒިލިއަންސް" ޕްރޮގްރާމް ގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް ޑްރޯން ހަދިޔާ ކޮށްފި

ކާރިސީ ހީރާސް ކުޑަކުރުމާއި ކާރިސާތައް މެނޭޖުކުރުމުގެ މަސައްކަތަށް ޑްރޯން ޓެކްނޮލޮޖީ ވެއްދުމަށް ހިންގާ ޕްރޮގްރާމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 ނޮވެމްބަރު 2022 | ބުދަ 16:12
ައައްޑޫ ސިޓީ ކައުންސިލާ ޑްރޯން ހަވާލުކުރަނީ

ައައްޑޫ ސިޓީ ކައުންސިލާ ޑްރޯން ހަވާލުކުރަނީ

ދިރާގާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ "ޑްރޯން ފޯ ރެޒިލިއަންސް" ޕްރޮގްރާމުގެ ދަށުން އައްޑު ސިޓީ ކައުންސިލަށް ޑްރޯން ހަދިޔާކޮށްފިއެވެ.

މިތަކެޔި ހަދިޔާ ކޮށްފައިވަނީ ބުދަ ދުވަހުގެ ހަވީރު އެ ސިޓީގައި ބޭއްވި ހާއްސަ ބައްދަލް ވުމެއްގައެވެ. މި ބައްދަލްވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

ޑްރޯން ފޯ ރެޒިލިއަންސް ޕްރޮގްރާމަކީ ކާރިސީ ހީރާސް ކުޑަކުރުމާއި ކާރިސާތައް މެނޭޖުކުރުމުގެ މަސައްކަތަށް ޑްރޯން ޓެކްނޮލޮޖީ ވެއްދުމެވެ. އެގޮތުން ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން، ކާރިސާއެއް ދިމާވެއްޖެ ހާލަތަކަށް ތައްޔާރުވާނެ ގޮތްތައް ކަނޑައަޅައި، ހަތަރު ރަށަކަށް ތަފްސީލީ މެޕް ތަކެއް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ދިރާގުން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި އެޑަޕްޓޭޝަންގެ ދާއިރާއިން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތައް ބޭނުންކުރުމާއި، ގައުމީ ތަރައްގީއަށް ރޭވުމަކީ މިނިސްޓްރީގެ މައިގަނޑު ސްޓްރެޓެޖީއެއްކަމަށެވެ. ޑްރޯން އާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީތަކުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ޑޭޓާ މުހިއްމު ކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ އެހެންކަމުން މި މަސައްކަތަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި ކުރިއަށް ދިއުމުގެ ގޮތުން ޑޭޓާ ޝެއަރ ކުރުން ވަރަށް މުހިއްމުކަމަށް ވިދާޅުވިއެވެ. މި ޑޭޓާއަކީ ހަމައެކަނި ސަރުކާރަށް ލިބޭ އެއްޗަކަށް ނުވެ، އާންމުންނަށް ލިބެން ޖެހޭ އޯޕަން ޑޭޓާއަށް ވުން ވަރަށް މުހިއްމު ކަމަށާއި މިއީ ސަރުކާރުގެ ސިޔާސަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސާއި ޑޭޓާ ލޭކް އަދި އިންޓަނެޓް ފަދަ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ޑްރޯންގެ ބޭނުން އިތުރަށް ތަރައްގީ ކުރުމުގެ އުއްމީދު މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ޑޭޓާ ޕްރޮޑަކްޓުތަކާއި އިމޭޖިން ޑްރޯންތައް ވަނީ އައްޑޫ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލްދިރާގުޔޫއެންޑީޕީ މޯލްޑިވްސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި
27 ނޮވެމްބަރު 2025

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް
25 ނޮވެމްބަރު 2025

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
07 ނޮވެމްބަރު 2025

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި
30 އޮކްޓޯބަރު 2025

ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު

30 އޮކްޓޯބަރު 2025
ދިރާގު x އައިސިކް – ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު