Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ފުޓުބޯޅަ ޓީމު

އެކުވެރިކަމުގެ މެޗެެއްގައި ރާއްޖެއިން މެލޭޝިޔާއާ ދެކޮޅަށް ނުކުންނަނީ

މެލޭޝިޔާއާ ދެކޮޅަށް ރާއްޖެއިން ނުކުންނާނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ނޮވެމްބަރު 2022 | އަންގާރަ 02:24
ޤައުމީ ފުޓުބޯޅަ ޓީމު

ޤައުމީ ފުޓުބޯޅަ ޓީމު

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗެއްގައި ރާއްޖެއިން މެލޭޝިޔާ އާ ދެކޮޅަށް ކުޅެން ހަމަޖެހިއްޖެއެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެ މެޗުގެ އިތުރުން ވެސް އެހެން މެޗެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މެލޭޝިޔާ އާ ދެކޮޅަށް ރާއްޖެއިން ނުކުންނާނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ މެޗު އޮންނާނީ މެލޭޝިޔާގައެވެ.

އެންމެ ފަހުން ރާއްޖެއިން ރަޙުމަތްތެރިކަމުގެ މެޗެއް ކުޅުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ފަހަރު ރާއްޖެއިން ވަނީ ދެ މެޗެއް ކުޅެފައެވެ. އެއީ ބުރުނާއީ އާ ދެކޮޅަށް ކުޅުނު މެޗާއި ލާއޯސް އާ ދެކޮޅަށް ކުޅުނު މެޗެވެ. އެ ދެ މެޗުން ވެސް ރާއްޖެ ވަނީ މޮޅުވެފައެވެ. އޭގެ ފަހުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އާންމުކުރި ރޭންކިންގައި ރާއްޖެއިން ވަނީ ދެ ދަރަޖައިގެ ކުރިއެރުމެއް ވެސް ހޯދާފައެވެ. ރޭންކިންގައި ރާއްޖެ ވަނީ 156 އިން 154 އަށް ޖެހިލައިފައެވެ.

މި ރޭންކިން އަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖެ އަށް ލިބުނު އެންމެ ރަނގަޅު ރޭންކިންއެވެ. މީގެ ކުރިން ރާއްޖެ ވަނީ ދުނިޔޭގެ ރޭންކިންގެ 124 ވަނަ އަށް ވެސް ޖެހިލާފައެވެ. އެއީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. އެ ރޭންކިން އަކީ މިހާތަނަށް ރާއްޖެ އަށް ލިބުނު އެންމެ ރަނގަޅު ރޭންކިންއެވެ. ރާއްޖެ އެންމެ ދަށްކޮށް ރޭންކް ކުރެވުނީ، 183 ވަަނައިގައެވެ. އެއީ 1997 ވަނަ އަހަރުއެވެ.

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ގިނަ މެޗުތަކެއް ކުޅެ، ރާއްޖެ އިން ބައިނަލްއަޤުވާމީ ތަޖުރިބާ ހޯދުމަކީ ޤައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. މޮރިއޭރޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ޤައުމީ ޓީމު ވަނީ ޖުމުލަ ނުވަ މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން މޮޅުވެފައިވަނީ ހަތަރު މެޗުންނެވެ. ތިން މެޗުން ބަލިވީއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު