Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2023 ބަޖެޓް: ކައުންސިލްތައް

ބްލޮކް ގްރާންޓްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ، އުޅަނދުތަކުގެ ފީ އިން ލިބޭ އާމްދަނީ އުޅަނދު ދުއްވާ ރަށު ކައުންސިލަށް

31 އޮކްޓޯބަރު 2022 | ހޯމަ 06:10

ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލްގެ އިޙްތިސާސް ހިނގާ ބިންބިމުގެ ކުލި، ސީދާ ކައުންސިލްތަކަށް ލިބޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2022 | ހޯމަ 06:10
ށ. ނޫމަރާ

ށ. ނޫމަރާ

2023 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށް ބެލެވޭތީ، ކައުންސިލްތަކަށް 1.8 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައި ވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހާ އެކު މާލީ ބާރުވެރިކަން ކައުންސިލްތަކަށް ލިބިދީފައިވާކަމަށެވެ. ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކަށް "ބްލޮކް ގްރާންޓް" ކަނޑައަޅައި ފައިސާ ދަނީ ދޫކުރަމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީގެ ގޮތުގައި ލިބޭ އާމްދަނީ އާއި ކައުންސިލްގެ އިޙްތިސާސް ހިނގާ ބިންބިމުގެ ކުލި، ސީދާ ކައުންސިލްތަކަށް ލިބޭނެ ގޮތަށް މިހާރު ވަނީ ހަމަޖެހިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

2019 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހުގެ ދަށުން އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން 5 އިންސައްތަ، އަދި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުފަދަ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަން ޖެހެއެވެ. މިގޮތުން ކަނޑައަޅާ ޖުމްލަ އަދަދު ވަކިވަކި ކައުންސިލްތަކުގެ މެދުގައި ބަހަނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުންކޮށްގެންނެވެ. 2023 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަން ކަނޑައަޅައިފައި ވަނީ 1،793.5 މިލިއަން ރުފިޔާއެވެ. މިއީ 2020 ވަނަ އަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރި ފައިސާއަށްވުރެ 12.8 އިންސައްތަ އިތުރު އަދަދެކެވެ. 2022 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރުމަށް ކަނޑައަޅާފައިވަނީ ޖުމުލަ 1565.4 މިލިއަން ރުފިޔާއެވެ.

އަދި 2020 ވަނަ އަހަރު ކައުންސިލްތަކަށް އެންމެ ފުރަތަމަ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭން ފާސްކުރި 1،615 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ބްލޮކް ގްރާންޓް ދޫކުރާ ފުރަތަމަ އަހަރަށް އަންނަ އަހަރު ވާނެއެވެ. މިހާތަނަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ މިންވަރު 2020 ވަނަ އަހަރު ފުރަތަމަ ހުށަހެޅި މިންވަރަށްވުރެ ދަށްވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށަށް ދިއުމާއެކުއެވެ. ނަމަވެސް މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުންދާނެކަމަށް ބެލެވޭތީ، ކައުންސިލްތަކަށް ދޫކުރާ ފައިސާގެ އަދަދުވެސް އިތުރުވެ، 2024 ވަނަ އަހަރު ބްލޮކް ގްރާންޓްގެ އަދަދު ދެ ބިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

އަންނަ އަހަރަށް ފިސްކަލް ފޯމިއުލާ ކަނޑައަޅައިފައިވާ ގޮތަކީ:

- ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރާ ޖުމްލަ އަދަދު:

ޖުމްލަ އަދަދުގެ ތެރެއިން ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާ ނިސްބަތް:

މި އަދަދުތައް ވަކިވަކި ކައުންސިލްތަކުގެ މެދުގައި ބަހަނީ ދެ ގޮތަކަށެވެ. އެއީ އިކުއަލައިޒޭޝަން ގްރާންޓްގެ ގޮތުގައާއި ފިސްކަލް ފޯމިއުލާގެ އިންޑިކޭޓަރތަކަށް ބަލައިގެންނެވެ. މިގޮތުން އިކުއަލައިޒޭޝަން ގްރާންޓް ދިނުމުގެ މަގުސަދަކީ އެއްވެސް ކައުންސިލަކަށް އެކަށީގެންނުވާ ކުޑަ މިންވަރެއް ބްލޮކް ގްރާންޓްގެ ގޮތުގައި ނުލިބޭނެކަން ކަށަވަރުކުރުމެވެ.

ވަކިވަކި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ބަހާ ދެވަނަ ގޮތަކީ ފިސްކަލް ފޯމިއުލާގެ މިންގަނޑުތަކަށް ބިނާކޮށް ފައިސާ ބެހުމެވެ. 2023 ވަނަ އަހަރު ފިސްކަލް ފޯމިއުލާއަށް މިނިސްޓްރީ އޮފް ފިނޭންސްއިން ވަޒަންކޮށްފައިވާ ކައުންސިލްތަކުގެ ފިސްކަލް ޕާފޯމަންސް އިންޑެކްސް ވަނީ އިތުރުކޮށްފައެވެ. މި މިންގަނޑު ތައްޔާރުކުރުމުގައި ބަލައިފައިވާނީ ކައުންސިލްތަކުން މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާފައިވާ ފޯމެޓުގައި، ސުންގަޑިއަށް، 2023 ވަނަ އަހަރުގެ ބަޖެޓު އަންދާޒާ ހުށަހަޅާފައިވޭތޯ އާއި ކައުންސިލްތަކުގެ ޔުޓިލިޓީ ބިލްތައް ނުދައްކައި ހުރިނަމަ ނުދައްކާ މުއްދަތަށާއި ކައުންސިލްތަކުން ވިޔަ މޮޑިއުލްގައި ގަވާއިދުން ޚަރަދުތައް ރެކޯޑުކުރަމުން ދޭތޯއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް