Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2023 ދިރާސާކުރަން ކޮމިޓީއަށް

42.6 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް، ބަޖެޓް ބަހުސް ނޮވެމްބަރު 8 ގައި

31 އޮކްޓޯބަރު 2022 | ހޯމަ 05:20

ބަޖެޓް ދިރާސާކުރުމުގެ މަސައްކަތްކުރަމުންދާނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީ ގުޅިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2022 | ހޯމަ 05:20
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އަންނަ އަހަރަށް ލަފާކުރާ 42.68 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ 2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާގެ ބަޖެޓް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

ބަޖެޓް ހުށަހެޅުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓް ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުއްވަވާކަމަށެވެ. ބަޖެޓް ދިރާސާކުރުމުގެ މަސައްކަތްކުރަމުންދާނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީ ގުޅިގެންނެވެ. ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރިޔަށްދާނެއެވެ.

ބަޖެޓް ދިރާސާކުރުމަށް އެކުލަވާލާފައިވާ ޓައިމްލައިނާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ބަހުސްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. ނޮވެމްބަރު 8 ވަނަ ދުވަހުން ފެށިގެން ތިން ދުވަހު ބަޖެޓަށް ތަޅުމުގައި ބަހުސްކުރާނެއެވެ. ބަޖެޓަށް މެމްބަރުން ބަހުސްކުރައްވާނެ ވަގުތު ކަނޑައަޅާނީ ބަޖެޓް ކޮމިޓީންނެވެ.

ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއަށް ދީފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. ބަޖެޓްގެ ކޮމިޓީ ރިޕޯޓަށް ތަޅުމުގައި ބަހުސްކުރަން ފަށާނީ ނޮވެމްބަރު 21 ވަނަ ދުވަހުއެވެ. އަދި ނޮވެމްބަރު މަސްތެރޭގައި ބަޖެޓް ފާސްކުރާނެއެވެ.

2023 ވަނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބަޔަކީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ. މިގޮތުން ޓެކްސް އާމްދަނީގެ ގޮތުގައި 23.54 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ އަދި ހިލޭ އެހީ އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 2.48 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ

ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ހޭދަވާއިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. ބަޖެޓާއި ޚަރަދާ ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާއެވެ. ޕިއެސްއައިޕީ އަށް 8.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާ އިރު، އެހެނިހެން ކެޕިޓަލް ހަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް