Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

ޓެން ހާގްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު އަންނަނީ ކުރިއަރަމުން: ގާޑިއޯލާ

29 އޮކްޓޯބަރު 2022 | ހޮނިހިރު 03:15

ގާޑިއޯލާ ބުނީ އޭނާއަށް ކުރެވެނީ ޔުނައިޓެޑު އަލުން އަނބުރާ އަންނަން އުޅޭ ކަހަލަ އިހުސާސެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2022 | ހޮނިހިރު 03:15
ގާޑިއޯލާއާއި ޓެން ހާގް

ގާޑިއޯލާއާއި ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމާ އެރިކް ޓެން ހާގް ހަވާލުވިފަހުން އެ ޓީމު ކުރިއަރަމުން އަންނަކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ ޕްރިމިއަރ ލީގުގައި ލެއިސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިންނެވެ. ގާޑިއޯލާ ބުނީ އޭނާއަށް ކުރެވެނީ ޔުނައިޓެޑް އަލުން އަނބުރާ އަންނަން އުޅޭ ކަހަލަ އިހުސާސެއް ކަމަށެވެ. އޭނާ ބުނީ، ޔުނައިޓެޑުން އެންމެ ފަހުން ޝެރިފްއާ ދެކޮޅަށް ކުޅުނު މެޗު އޭނާ ބެލި ކަމަށާއި، އެ މެޗުންވެސް އޭނާއަށް އެކަމުގެ ސިގްނަލް ފެނުނުކަމަށެވެ. މީގެ އިތުރުން ލީގުގައި ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް އެކަން އެގޮތަށް ފެނުނުކަމަށް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އެއީ އޭނާ ބޭނުންވެސް ވާ ގޮތް ކަމަށެވެ. އޭނާ ބުނީ އެންމެ މަތީ ފަންތީގައި ވާދަކުރާނެ ގިނަ ޓީމުތަކެއް އޮންނާނެ ކަމަށެވެ.

ގާޑިއޯލާ ބުނީ އެއީ ޓީމުތަކުން ޕްރިމިއަރ ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގަށް ވާދަކުރަންޖެހޭ ސަބަބުކަމަށެވެ. އޭނާ ވަނީ ކުރީގެ ވާހަކަތަކެއް ތަކުރާރުވެސް ކޮށްފައެވެ. އެއީ ފުރަތަމަ 10 މެޗުން ލީގު ހޯދާނެ ޓީމެއް ޔަގީންނުކުރެވޭނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ލީގަށް ވާދަކުރާނެ ޓީމުތަކެއް އެހާ ހިސާބުން ބުނެވިދާނެ ކަމަށެވެ. ގާޑިއޯލާ ވަނީ ނިއުކާސަލް ޔުނައިޓެޑްގެ ނަން ފާހަގަކޮށް، އެ ޓީމުގެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ އެ ޓީމުން އެންމެ ފަހުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި އެ މީހުންގެ ކުޅުން ފެނުނުކަމަށާއި، އެ މެޗުގައި ދެ ޓީމުގެވެސް ފިޒިކަލް ފެނުނުކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ވަނީ ސިޓީގެ ވާހަކަވެސް ދައްކާފައެވެ. އޭނާ ބުނީ މިދިޔަ ސީޒަނާ ޚިލާފަށް މި ސީޒަނުގައި އެ ޓީމުގެ ކުޅުންތެރިންގެ ފޯކަސް މާ ރަނގަޅު ކަމަށެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް