Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާގޮސް މައްސަލަ

ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ގެއްލޭ ފަދަ ގޮތަށް އަމަލުކޮށްފައެއް ނުވާނެ ދެން ވެސް ނުކުރާނެ: ރައީސް

ހަޤީޤަތް އެނގި ތިބެ މަސްލަހަތު ނަގައިލުމަށް ޔޯލަ ވާހަކަ ނުދެއްކުން އެދެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 އޮކްޓޯބަރު 2022 | ބުދަ 16:53
ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވާހަކަފުޅުދައްކަވަނީ

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވާހަކަފުޅުދައްކަވަނީ

ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ގެއްލޭ ފަދަ ގޮތަށް އަމަލުކުރައްވާފައި ނުވާނެ ކަމަށާއި ދެން ވެސް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ދާއިރާއާ ގުޅޭކަމެއް ވިޔަސް އަދި ޗާގޮސް މައްސަލައިގައި ވިޔަސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ނިންމާފައިނުވާނެ ކަމަށާއި އަދި ދެން ވެސް އެފަދަ ގެއްލުމަކަށް ރާއްޖެއިން ޖާގަ ނުދެއްވާނެ ކަމަށެވެ.

ދޭދޭ ޤައުމުތަކުގެ މެދުގައި ސަރަހައްދީ އެތައް މައްސަލަތައް ހުރި ކަމަށާއި ޗާގޮސް މައްސަލައަށް ވެސް ހައްލު ނުލިބި އޮންނަތާ ވަރަށް ގިނަ އަހަރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް 1992 ވަނަ އަހަރު އޭރުގެ ސަރުކާރުން އިނގިރޭސިވިލާތާއެކު މަޝްވަރާކުރައްވާފައިވާ ކަމަށާއި އެ މަޝްވަރާތަކުން އެއްބަސްވީ ފުށުއަރާ ސަރަހައްދު ދެ ޤައުމަށް ހަމަހަމައަށް ބެހުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން މޮރިޝަސް ސަރުކާރާއެކު މި މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އޭރު އެއްބަސްވީ ވާހަކަ ދައްކައިގެން ފުށުއަރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމަށްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ދިވެހި ދައުލަތުން މިހާރު ވެސް ދަމަހައްޓަމުންދަނީ ކުރިން ދެމެހެއްޓި، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއު ކުރެއްވުމުގެ ސިޔާސަތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޗާގޮސް މައްސަލާގައި އެކި ސަރުކާރުތަކުން އެކި ފަރާތްތަކާ ވާހަކަ ދައްކަވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން މި މައްސަލަ ހައްލުކުރައްވަން މަސައްކަތް ކުރައްވަނީ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްއެއްގައި ކަމަށް ވިދާޅުވިއެވެ. އަދި ވަކި ސަރުކާރަކާއެކު ނޫން ކަމަށް ވިދާޅުވިއެވެ.

އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން އަންނަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތް ކުރައްވަމުން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ވަކި މީހެއް ނުވަތަ ބަޔެއްގެ އަމިއްލަ ބޭނުމަށް، ނުވަތަ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ހަޤީޤަތް އެނގި ތިބެ ދޮގު ވާހަކަތައް ފަތުރަމުންދިޔުމަކީ ވަރަށް 'ދެރަކަމެއް' ކަމަށް ރައީސް ވިދާޅުވިއެވެ.

އެފަދަ ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ބައިބައި ކުރަން އުޅުމަކީ އަދި މާ ހިތާމަވެރި ކަމެއް ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ޗާގޮސް މައްސަލަރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު