Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޮސްޕިޓަލުތަކުގެ ހިންގުން

ހޮސްޕިޓަލުތައް ހިންގަން ޖެހޭނީ މިނިސްޓްރީ އާ ވަކިން، އަންނަ އަހަރު އިންގިލާބީ ބަދަލެއް އަންނާނެ – ނަސީމް

ހެލްތު މިނިސްޓްރީއަކީ ހޮސްޕިޓަލު ހިންގާތަނަކަށް ވެގެން ނުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2022 | އަންގާރަ 05:09
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ފަށާއިރު ޕްރޮގްރާމުގައި

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ފަށާއިރު ޕްރޮގްރާމުގައި

ސަރުކާރުގެ ހުރިހާ ހޮސްޕިޓަލެއް ވެސް ހިންގަން ޖެހޭނީ މިނިސްޓްރީ އާ ވަކިން ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އިންގިލާބީ ބަދަލެއް އަންނާނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން ހެލްތު މިނިސްޓަރު ވާހަކަދައްކަވާފައިވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައެވެ. މިނިސްޓަރު ނަސީމް ވިދާޅުވީ ހެލްތު މިނިސްޓްރީއަކީ ވަރަށް އުނދަގޫ ދާއިރާއެއް ކަމަށެވެ. ހެލްތުގެ ވާހަކަ ދެކެވޭ އިރު އެ ދެކެވެނީ ގާތްގަނޑަކަށް 12 ހާސް މުވައްޒަފުންގެ ވާހަކަ ކަމަށާއި، އެއީ ސިވިލް ސަރވިސްގެ ވަރަށް ގިނަ އަދަދެއްގެ ބައެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ހެލްތް މިނިސްޓްރީގެ އިންފްރާސްޓްރަކްޗަރާއި ހެލްތު މިނިސްޓްރީގެ ކަންތައްތަކެއް ކުރިން ސްޓްރަކްޗަރުކޮށްފައި ނެތް ކަމަށެވެ. އަދި ހެލްތު މިނިސްޓްރީ އާ ހަވާލުވެވަޑައިގެންނެވި ފަހުން ގާތްގަނޑަކަށް 2 އަހަރާ ގާތްވާއިރު، އޭގެ ތެރެއަށް ޑްރަގް ރިހިބިލިޓޭޝަންގެ ކަންތައްތައް މިދިޔަ އަހަރު އިތުރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ހެލްތު މިނިސްޓްރީ މާ ބޮޑު ވެސް ވެއްޖެ ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ވީހާވެސް އަވަހަކަށް ހެލްތު މިނިސްޓްރީން ހިންގުން ވަކިވެ އިންސްޓިޓިއުޝަނެއްގެ ގޮތުގައި ހޮސްޕިޓަލުތައް ހިންގަން ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި ޕޮލިސީއެއް ރާވާފައިވާ ކަމަށާއި، ރައީސް އޮފީހުން އެ ޕޮލިސީ އެޕްރޫވްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މޯލްޑިވްސް ހެލްތު ސަރވިސަސް އުފައްދާ އޭގެ ތެރެއަށް ހުރިހާ ހިންގުމެއް ބަދަލުވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާގައި ހުރި ކަންކަން ރަނގަޅު ނުކުރެވިގެން އުޅޭ ސަބަބަކީ އިގްތިސާދީ ކަންތައްތައް ހުރިގޮތުން ކަމަށެވެ. އެކަމަކު ސިއްހީ ދާއިރާގެ ކަންކަން ރަނގަޅުކޮށްދެއްވާނެކަމަށް ރައީސް ސާލިހު އިއުލާންކުރައްވާފައިވާ ކަމަށާއި، އޭގެ ތެރޭގައި މުސާރައަށް ވެސް ބަދަލު އަންނާނެކަމަށެވެ. އަދި މިއާއެކު މީހުން ވެސް މޯޓިވޭޓްވާނެކަމަށާއި، ހިދުމަތްދޭން ތިބޭ މީހުންގެ ކޮންފިޑެންސް ވެސް އިތުރުވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެހިސާބުން ރާވާފައިވާ އޮތް ރޭވުމާ އެކު ރަނގަޅަށް ކުރިއަށް ދެވޭނެ ކަމަށެވެ.

ހެލްތު މިނިސްޓްރީހެލްތު މިނިސްޓަރު، އަޙުމަދު ނަސީމްޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު