Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކުރީގެ ބަންޑާރަ ބޭބެއަށް.......

ޤައުމުގެ ހައްގުގައި ކުރިން ނުނިކުންނެވީމާ ސުވާލު އުފެދޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2022 | އަންގާރަ 12:29
 އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު

އެކުވެރި ބަންޑާރަ ބޭބެއަށް

ކުއްލިއަކަށް ހޭލެވި ތިޔަފެށްޓެވި މަސައްކަތާއެކު ހެޔޮ ދުއާ ސަލާމެވެ.

މަހީކޮށްގެން މިއުޅުނީ އަދިވެސް ތިޔައޮތީ ނިދާފައި ކަމަށެވެ. މުޅި ދުވާލު ނިދާފައި އޮންނާތީ ހީވާނީވެސް އެހެންތާއެވެ. އެހެން ހީވާނެ ބައިވަރު އެހެން ކަންކަންވެސް މަގޭ ލޯމަތީގައި ނިމިދިޔައީތީއެވެ. އޭރުވެސް މިޤައުމުގައި އުޅުނޭ މީހުން ބުނެ އުޅެއެވެ. އެކަމަކު މަހީކުރީ ނަޒާކީ ޒަކީމެން، ސަންދާނު އަހައްމައިދީމެން އެދުވަހު ޖަލުން ނުކުމެވި މަނިކުފާނާ ދިމާލަށް އެގޮވާލި އެއްޗެއްގެ ރަހަ އަރުތެރޭ ހުރީތީ މިހާރުވެސް މަޑުން ހުންނެވީ ކަމަށެވެ. ހީވާނީވެސް އެހެންތާއެވެ. ގައިމު ޤައުމުގައި ލައްކަ ކަންކަން ހިނގާ ދިޔައިރުވެސް ތިޔައޮންނެވީ ބަހެއްވެސް ވިދާޅު ނުވެ ވިއްޔާއެވެ. ހިރުވާތަން ކަހާލަންވެސް ނުކެރިފައެވެ.

ދެލޯނޭދި އެދޭ ޤާނޫނީ ބޭބޭއެވެ. މަމިހުރީ ހަމަ ހައިރާންވެ އަންތަރީސް ވެފައެވެ. އެކަމަކު ކުއްލިއަކަށް ތެދުވެ ދެލޯ ފުހެލާ ޤައުމާމެދު މާމޮޅު ބަންޖެއް ކިޔަންފެށީމާ ޝުކުރުވެރިވެސް ވަމެވެ. މިއަދު ޤައުމުގެ ޙައްގުގައި އަރުވާޖެއްސެވިއިރު އޭރު ނުކުތްނެވިނަމަ ހާދަހާވާ ރަނގަޅުވީހޭވެސް ހިތަށް އަރައެވެ.

ޤައުމަށް ހެޔޮއެދޭ ޤާނޫނީ ބޭބޭއެވެ. މަކިތައްމެ ހެޔޮއެދުނަސް، ގައުމު ސަލާމަތް ކުރާށޭ ވިދާޅުވެ ކުރިން ހަނު ހުންނަވައި މިއަދު ނުކުންނެވީމާ މީހުން ހާދަ ލާނަތެއް އެބަދެއެވެ. އަމުދަކުން އެވެރިން އެކިޔަނީވެސް ދޮގުއެއްޗެއް ހެނެއް ހީއެއް ނުވެއެވެ. ބަޔަކު މީހުން ޤާނޫން އަސާސީ ބަދަލުކޮށްލައިގެން ރާއްޖޭގެ ކަނޑާ، ވަޔާ، ޖައްވާ، ފަޒަޔާ އަދި މި ރީތި ދޮންވެލި ބިންތައް ބޭރުގެ މީހުންނަށް ތާއަބަދަށް މިލްކުކުރަން ނިންމިއިރު މަނިކުފާނު ވީތަނެއްވެސް ނޭނގެއެވެ. ފ އަތޮޅުން ނުލާހިކު ޗާލު ރަށެއް، ދިވެހިންނަށް ވައިވެސް ނޭޅޭ ގޮތަކަށް ވިއްކާލަން އުޅުނުއިރު މަނިކުފާނު ފެންނާންވެސް ނެތެވެ. ހީކުރީ ދުނިޔޭގައިވެސް ނެތީކަމަށެވެ. ހީވާނީވެސް އެހެންތާއެވެ. ޕްރެސް ކޮންފަރެންސެއް ކީއްކުރަން ހެއްޔެވެ. ދެތިން އަކުރުގެ ޓްވީޓް ގަނޑެއްވެސް އޭރު ނުކުރި ވިއްޔާއެވެ.

ފުންނާބު އުސް ޤާނޫނީ ބޭބޭއެވެ.

އަމިއްލަ ޤައުމުގެ އެއްބާރުން އަނެއް ބާރުތެރެއަށް ވަދެ އެތާ ތަޅުއެޅުވިއިރު މަނިކުފާނު ކޮބައިތޯއެވެ. ސަރުކާރުން މަޖިލީހަށް ވަދެ އެތަނުގެ މެންބަރުން ބޮޑެތި ކަންނެލިތަކެއް އުކާލާހެން ފާރުމަތިން ހޫރާލިއިރު މަނިކުފާނު ވީތަނެއް އެނގޭމީހަކުވެސް ނެތެވެ. އެތަނުގައި ތަޅުއަޅުވައިގެން، ރައްޔިތުން އިންތިޚާބުކުރި މެމްބަރުން ވަކިކޮށް ހިތުހުރިގޮތެއް ހެދިއިރު މަނިކުފާނު ޗުއްޕު ވެސް ނުބުންޏެވެ. އަހަރެން ހާދަ ހޯދީމެވެ. މާ ކުރީގައިނަމަވެސް ބަންޑާރަނައިބުކަން ކުރެއްވީތީ މަނިކުފާނުގެ ރައުޔެއް މަވެސް އަހާލާ ހިތުންނެވެ.  އޭރު ނެތީ ދެއްތޯއެވެ.

ޤައުމުގެ ހައްޤުގައި ނުކުންނެވީތީ އައްސަރިބަހާ ސާބަހެވެ. އެކަމަކު އަނިޔާވެރިކަން އިންތިހާއަށް ދިޔައިރު އޭރު ވީތަނެއްވެސް އެނގުނު ނަމައޭ ހިތަށް އަރައެވެ. ދެމީހަކު އެއްވެލާއިރަށް އުފުރާލައި، ވެރިކަމަށް ކުރިމަތިލަފާނެހެން ހީވާ އެންމެން އަނދަގޮނޑިޖަހާފައި ހުރަގެއަށްލާ ހެދިއިރު މަނިކުފާނު ކޮބައިބާއެވެ. އެކަމުގައި ހާދަބަޔަކަށް އަނިޔާތަކެއް ލިބުނެވެ. ހާދަ ހައްގެއް ގެއްލުނެވެ. އެތައް އާއިލާތަކެއް ބިކަވެ މަގުމަތިވިއެވެ. ކުދި ޅަދަރިންވެސް ހާދަ ރުއިމެއް ރުޔެވެ. އެވާހަކަ ދެއްކި ހާދަ ނޫސްވެރިންނެއް ބަންދުކުރިއެވެ. އެވާހަކަތައް ދައްކާތީ ޖޫރިމަނާކޮށް ތަޅުއަޅުވައި ޓީވީތަކުގެ އޮންއެއަރ ހުއްޓުވާލިކަންވެސް މަނިކުފާނަކަށް ނޭނގޭ ދޯއެވެ. ނޫނީ އޭރު ފަހުމް ނުވަނީތޯއެވެ.

ޤާނޫނީ ވަކީލުން އެދުރެއް ކަމުގައި ދެކިގެން އުޅުނު އެދުރުބޭއެވެ. ޤާނޫނީ ވަކީލުން ހާދަ ވާހަކައެއް އޭރު ދެއްކިއެވެ. ކަންކުރިގޮތުން ޤާނޫނީ ހާދަ ސުވާލެއް އުފެއްދިއެވެ. އެކަމާހުރެ  ރާއްޖޭގައި ނަގާކިޔާއުޅުނު ގިނަ ޤާނޫނީ ވަކީލުންނަށްޖެއްސި ހާލު އެނގޭހެއްޔެވެ. ޤާނޫނީ ރައުޔެއް ހާމަކުރިޔަ ނުދީ އަމުދުން ކޯޓަކަށްވެސް ނުވަދެވޭގޮތަށް ސަސްޕެންޑް ކުރީއެވެ. މަނިކުފާނަކަށް ހަމަ އެކަމެއްވެސް ނޭނގޭ ދޯއެވެ. ނޫނީ ނޭގޭ އެހެންގޮތެއް ވެފައި ހުރީހެއްޔެވެ.

އިސްލާހޭ، ރައްޔިތުންނޭ، ޤާނޫނީ އިމުންބޭރޭ، އިމުން ބޮޑުބައެއް ގެއްލެނީއޭ މިއަދު ބުނާތީ މަ ލައްކަ ހިނި އެބައާދެއެވެ. ނާފަހެ! ރޭގަނޑު މީހުން ނިދާ ފައިހިލަވަޅު އޮބުނީމާ ސިއްރު ސިއްރުން ސުޕްރީމް ކޯޓު ހުޅުވައިގެން ނެރުނު ދެފަށް މާނައިގެ ހުކުމްތަކާމެދު މަނިކުފާނު އޭރު އަނގައިންވެސް ނުބުންޏެވެ. މަ ކިހާވަރަކަށް މަނިކުފާނުގެ ބަހެއް ލިބޭތޯ އުޅުނީން ހެއްޔެވެ. އަމުދުން އެތަނުގެ ފުރާޅުން ޓިނުނަގައިގެން އެތަނުގެ ތެރެއަށްވަދެ އުއްތަމަ ފަނޑިޔާރު ދަމާ ކޫއްތާފައިނެރެ ކުޑަގޮޅިއެއްގައި ބޭއްވިއިރު ތަށަށް ކިޔަނީ މަރިޔަނބުހޭވެސް މަނިކުފާނު އަހާނުލިވިއްޔާއެވެ. އެކަންކުރީ އެބުނާ އުންސުރަކާއި މަބްދައުތަކާއި މަބާދައުތަކާ އެއްގޮތައްތޯވެސް އަހާނުލިއެވެ.

ކޮންމެއަކަސް މަށެއް ދެން ހާސަރުތަކެއް ނުދަމާނަމެވެ. މިވާހަކަ ދެއްކީމާ މަހާ ނުބައި މީހަކު ނުހުރެދާނެތީއެވެ. މިހާ ގާތްކޮށް އުޅޭއިރުވެސް މޫނާމޫނު ކެނޑިދާނެތީއެވެ. އެކަމަކު ބުނަން ހެއްޔެވެ. ދުނިޔޭގެ އެންމެ މަތީ ކޯޓަކުން ބަޔަކު ގޮތެއް ނިންމީމާ އަދި ތިޔަވަރަށް އުޅެން ޖެހޭހެނެއް ހީއެއް ނުވެއެވެ. އަދި ބަޔަކު މީހުން އާބިޓްރޭޝަނަކަށްލި މައްސަލައެއްގައި ރާއްޖެއިން ބަސްބުނާނެކަމަށް ބުނުމުން ތިހިސާބަށްދާން އަދި ގާތްވެސް ނުވެއެވެ. ބަންޑާރަ އޮފީހުގެ ސިނގިރޭޓް ކޭހޭ، އިންޑިޔާއިން ބުނިގޮތޭ، ޅަފޮޅޮލޭ ކީމާ މީހުންނަށްވެސް ހާމަވާވަރު ބޮޑުވާނެއެވެ. ކިތައްމެ ފުންނާބު އުސްވިއަސް އެކަމުގައި ރާއްޖޭގެ ޤާނޫނީ ޓީމުގައި ނުހިމެނުނަސް އަދި ތިޔަވަރުވާކަށް ނުވޭ ނޫންތޯއެވެ. ތިޔަހެން އުޅުނީމާ ހީވާގޮތުން ރައްޔިތުންނަށް ވާނުވާ އެނގިއްޖެއެވެ. ކުރިން ވީތަނެއްވެސް ނޭނގިހުރެ ކުއްލިއަކަށް ނުކުމެ ތިޔަވަރު އަރުވާލީމާ ތިޔަ ދައްކާ ވާހަކަތަކުގެ އަޑީގައި އޮތް ސިއްރު މިއުޅޭ މީހުންނަށް "ގެޓް" ވެއްޖެއެވެ. އެހެންވެ މަށެއް އިތުރަކަށް މިވާހަކައެއް ނުދައްކާނަމެވެ. މަނިކުފާނު ފަދަ އެހެން ޤާނޫނީ ވަކީލަކު ވަރަށް ރީތިކޮށް މަނިކުފާނަށް "ކުރުދޮށިން ދެއްވައިފި"އެވެ. ސާފު ސަރީހަ ބަހުން ވެގެން އުޅޭގޮތް މުތުލަގަށް އަކުރުން އަކުރަށް ބުނެދީފިއެވެ.މިހާރު ސާފުނުވާ އެއްވެސް ކަމެއް ނެތެވެ.

އެކަމަކު އެހާހެޔޮއެދޭތީ އަދިވެސް ބުނެލަމެވެ. އެފަދަ ވަކީލަކު އެވިދާޅުވި ވާހަކައަކުން މަ ހާދަ ދެރަވެއްޖެއެވެ. އެހާމޮޅު ބޭފުޅަކު ޤާނޫނީ ވަކީލުންގެ އުސްލޫބާއި، ސުލޫކީ އަރަފޯދުމާ، ބާރަށް ހިފަހައްޓާން ޖެހޭ ހަމަ ތަކުންވެސް ދޫކޮށްލީތީއެވެ. އެއަށްވުރެ ހިނިއަންނަ ކަމެއްވެސް އޮތީތީ ނިންމާލަމުންބުނެލާނަމެވެ. ގާތުގައި ކުރިން އުޅުނު ކުދިންކޮޅެއް ލައިގެން ކުޅުއްވަން ތިޔަ ފެށްޓެވީ މެޗު ނިމުނުފަހުންނެވެ. މިހާރު ފަހު ކަށިގަނޑު ފުމެލައިފިއެވެ. ދެން އެކަމުގެ މެޑަލް ޖަހަން އުޅެގެން ވާނެ ކަމެއްނެތެވެ. މަވެސް ދެން ވަރަށް ސަލާމެވެ.

މުނައްވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލްތަކަށް ޤާނޫނީ ހުސްކަން: ޤާނޫނުއަސާސީ އިޞްލާޙު ކުރުން ނޫންގޮތެއް ނެތް: ބަންޑާރަ ނައިބު

ކައުންސިލްތަކަށް ޤާނޫނީ ހުސްކަން: ޤާނޫނުއަސާސީ އިޞްލާޙު ކުރުން ނޫންގޮތެއް ނެތް: ބަންޑާރަ ނައިބު

11 މެއި 2020
ހަރުކަށި ފިކުރު ބޮއްސުންލައިގެން ދިޔުމުގެ ޒިންމާ ކުރީގެ ސަރުކާރުތަކުން ނަގަންޖެހޭ!

ހަރުކަށި ފިކުރު ބޮއްސުންލައިގެން ދިޔުމުގެ ޒިންމާ ކުރީގެ ސަރުކާރުތަކުން ނަގަންޖެހޭ!

19 ޑިސެމްބަރު 2019
ބޮޑު ހުޅުގަނޑު ތެރޭގައި ކުރީގެ މެމްބަރު ޤާރީ އެއް ގަޑިއިރާއި 10 މިނެޓް!

ބޮޑު ހުޅުގަނޑު ތެރޭގައި ކުރީގެ މެމްބަރު ޤާރީ އެއް ގަޑިއިރާއި 10 މިނެޓް!

21 ސެޕްޓެމްބަރު 2019
ޝައުނާ އެންމެ ފަހުން ގުޅީ ބޭބެއަށް، ފަހު ބަހަކީ "އިމާރާތުގައި ތާށިވެފައި ހުރި" ވާހަކަ

ޝައުނާ އެންމެ ފަހުން ގުޅީ ބޭބެއަށް، ފަހު ބަހަކީ "އިމާރާތުގައި ތާށިވެފައި ހުރި" ވާހަކަ

20 ސެޕްޓެމްބަރު 2019
މާވެލްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތައް: ކުރީގެ އަދި އާ ތަރިންނާއެކު ގިނަ ފިލްމްތަކާއި ސީރީޒްތައް!

މާވެލްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތައް: ކުރީގެ އަދި އާ ތަރިންނާއެކު ގިނަ ފިލްމްތަކާއި ސީރީޒްތައް!

23 ޖުލައި 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު