Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާވެލް

މާވެލްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތައް: ކުރީގެ އަދި އާ ތަރިންނާއެކު ގިނަ ފިލްމްތަކާއި ސީރީޒްތައް!

މާވެލް ސްޓޫޑިއޯސް އިން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމްތަކާއި ޓީވީ ޝޯވތައް ވަނީ "ސޭން ޑިއޭގޯ ކޮމިކް-ކޮން 2019 ގައި އިއުލާންކޮށްފައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 23 ޖުލައި 2019 | އަންގާރަ 17:46
\"ސޭން ޑިއޭގޯ ކޮމިކް-ކޮން 2019\"ގައި މާވެލްގެ ޕްރޮކްޖެކްޓައް އިއުލާން ކުރުމުގެ ތެރެއިން

\"ސޭން ޑިއޭގޯ ކޮމިކް-ކޮން 2019\"ގައި މާވެލްގެ ޕްރޮކްޖެކްޓައް އިއުލާން ކުރުމުގެ ތެރެއިން

ބައިނަލްއަގްވާމީ ކޮމިކް ކޮންވެންޝަނެއް ކަމަށްވާ "ސޭން ޑިއޭގޯ ކޮމިކް-ކޮން 2019" ހޯމަ ދުވަހު ނިމިފައިވާއިރު، މާވެލް ސްޓޫޑިއޯސް އިން ވަނީ އެ ތަނުގައި ބޮޑެތި ޕްރޮޖެކްތަކެއް އިއުލާން ކޮށްފައެވެ.

އެގޮތުން، އެ ސްޓޫޑިއޯއިން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމްތަކާއި ޓީވީ ޝޯވތައް މާވެލް އިން އިއުލާން ކުރިއެވެ.

މާވެލްއިން ކުރިއަށް އޮތް ދެ އަހަރަށް އިއުލާން ކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކުރިން ރިލީޒް ކޮށްފައިވާ ފްރެންޗައިސްތަކުގެ ސީކުއެލްތަކާއި ސްކްރީންއަށް މުޅިން އަލަށް ތައާރަފް ކުރާ ފްރެންޗައިސްތައް ހިމެނެއެވެ.

އަދި މާވެލްގެ އަންނަން ހުރި ފިލްމްތަކުން ހޮލީވުޑްގެ އެންމެ ކާމިޔާބު ތަރިން ފެންނައިރު، ބޮޑު ސްކްރީންގެ މަޝްހޫރު ބައެއް ތަރިން ޓީވީ ޝޯވތަކުންވެސް ފެނިގެންދާނެއެވެ.

އެގޮތުން އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ "ދަ އެޓަރނަލްސް"އެވެ. 6 ނޮވެމްބަރު 2020ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުން ފެނިގެންދާނީ އެންޖަލީނާ ޖޯލީ، ރިޗަރޑް މޭޑަން، ކުމައިލް ނަންޖިއާނީ، ލޯރެން ރިޑްލޮފް، ބްރަޔަން ޓައިރީ ހެންރީ، ސަލްމާ ހަޔެކް، ލިއާ މެކްހިއު އަދި ޑޮން ލީ ފެނިގެންދާނެއެވެ. "ދަ އެޓަރނަލްސް" ޑައިރެކް ކުރަނީ ކްލޯއީ ޒާއީ އެވެ.

އިއުލާން ކުރި އެންމެ ފުރަތަމަ ޓީވީ ޝޯވއަކީ މާވެލް ސްޓޯޑިއޯސްގެ ޕާޓްނަރ ކަމަށްވާ ޑިޒްނީ+އަށް އަންނަ ޓީވީ ޝޯވއެއް ކަމަށްވާ "ދަ ފެލްކަން އެންޑް ދަ ވިންޓަރ ސޯލްޖަރ"އެވެ. މި ފިލްމްގެ މައި ރޯލުން ފެންނާނީ "އެވެންޖަރސް" ފްރެންޗައިޒް ފިލްމްތަކުން ފެލްކަން އަދި ވިންޓަރ ސޯލްޖަރގެ ރޯލުން ފެންނަ އެންތަނީ މެކީ އާއި ސެބޭސްޗަން ސްޓޭންއެވެ. "ދަ ފެލްކަން އެންޑް ދަ ވިންޓަރ ސޯލްޖަރ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅެވެ.

ދެން އިއުލާން ކޮށްފައިވަނީ "ޝޭންގް-ޗައި އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް"އެވެ. ދެކުނު އިރުމަތީ އޭޝިއާގެ ކެރެކްޓަރެއްގެ މައްޗަށް ބިނާކޮށްފައިވާ މާވެލްގެ މި މަޝްހޫރު ކެރެކްޓަރ އަލަށް ފިލްމަކުން ތައާރަފް ކުރާއިރު، ފިލްމްގެ ލީޑް ރޯލުން ފެންނާނީ ސިމޫ ލިއު އެވެ. އަދި އޭނާއާ އެކު އަކްވަފީނާ އަދި ޓޯނީ ލިއުންގ ފެނިގެންދާނެއެވެ. ޑެސްޓިން ޑޭނިއަލް ކްރެޓަން ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ 12 ފެބްރުއަރީ 2021 ގައެވެ.

ކޮމިކް-ކޮންގައި ހަތަރު ވަނައަށް އިއުލާން ކޮށްފައިވަނީ "ވޯންޑާވިޝަން" ކިޔާ ޓީވީ ސީރީޒްއެވެ. މި ސީރީޒް އިން ވެސް ފެންނާނީ "އެވެންޖަރޒް" ފިލްމްތަކުން ވޯންޑާ މެކްސިމޮފް ނުވަތަ ސްކާލެޓް ވިޗްގެ ރޯލުން ފެންނަ އެލިޒަބެތު އޯލްސަން އާއި ވިޝަންގެ ރޯލުން ފެންނަ ޕޯލް ބެޓަނީއެވެ. "ވޯންޑާވިޝަން" ޑިޒްނީ+ އަށް އަންނާނީ 2021 ވަނަ އަހަރެވެ.

މީގެ އިތުރުން، "ލޯކީ" ކިޔާ ސީރީޒްއެއް ވެސް ރިލީޒް ކުރެވޭނެއެވެ. އެވެންޖަރޒްގެ އެއް ހީރޯކަމަށްވާ ތޯރ ނުވަތަ'ގޯޑް އޮފް ތަންޑަރ'ގެ ކޮއްކޮ ލޯކީ މެއިން ކެރެކްޓަރ އެއް ގޮތުގައި ފެންނަ މި ސީރީޒްގެ ލީޑް ރޯލުން ފެންނާނީ "އެވެންޖަރސް"ގައި ވެސް އެ ރޯލުން ފެންނަ ޓޮމް ހިޑްލްސްޓަންއެވެ. ޓޮމް އެންމެ ފަހުން ފެނިގެން ދިޔަ ސީރީޒް "ދަ ނައިޓް މެނޭޖަރ"ގައި އޭނާގެ މަސައްކަތަށް ގޯލްޑަން ގްލޯބް އެވޯޑެއް ވަނީ ލިބިފައެވެ.

އިއުލާން ކުރި ފިލްމްތަކުގެ ތެރޭގައި "ޑޮކްޓަރ ސްޓްރޭންޖް އިން ދަ މަލްޓިވަރސް އޮފް މޭޑްނަސް" ހިމެނެއެވެ. މި ފިލްމަށް ޑޮކްޓަރ ސްޓްރޭންޖްގެ ރޯލަށް ބެނެޑިކްޓް ކަމްބަބެޗް އަނބުރާ އަންނަ އިރު، ފިލްމް ޑައިރެކްޓް ކުރާނީ މި ފްރެންޗައިސްގެ ފުރަތަމަ ފިލްމް ޑައިރެކްޓް ކުރި ސްކޮޓް ޑެރިކްސަންއެވެ. އަދި މި ފިލްމުގައި ޑޮކްޓަރ ސްޓްރޭންޖްއާ އެކު ސްކާލެޓް ވިޗް ފެނިގެންދާނެ އިރު، އެ ރޯލް ކުޅޭނީ "ވޯންޑާވިޝަން" ޓީވީ ސީރީޒްގައި ވެސް އުޅޭނެ އެލިޒަބަތު އޯލްސަންއެވެ. އަދި "ޑޮކްޓަރ ސްޓްރޭންޖް އިން ދަ މަލްޓިވަރސް އޮފް މޭޑްނަސް" އާއި "ވޯންޑާވިޝަން" އާ ގުޅުމެއް ވާނެކަން ވެސް ވަނީ އިއުލާން ކޮށްފައެވެ.

މިއީ "އެވެންޖަރސް" ފްރެންޗައިސްގައި ވެސް ފެނިގެންދާ ހޯކްއައި އެވެ. އަދި ހަމަ އެ ރޯލުން ފެންނާނީ ފިލްމްތަކުގައި ފެނުނު ޖެރަމީ ރެނަރއެވެ. 2021 ވަނަ އަހަރު ރިލީޒް ކުރާ މި ސީރީޒްގައި މަޝްހޫރު ކޮމިކް ކެރެކްޓަރ ކޭޓް ބިޝޮޕް ތައާރަފް ކުރެވޭނެއެވެ.

"އެވެންޖަރޒް: އެންޑްގޭމް"އަށް ފަހު ތޯރގެ ކެރެކްޓަރގެ ފިލްމްތައް ކުރިއަށް ގެންދާ އިރު، ރޯލަށް އަނބުރާ އަންނަނީ އެ ރޯލް މަޝްހޫރު ކުރި ކްރިސް ހެމްސްވޯތުއެވެ. އޭނާއާ އެކު "ތޯރ" އަދި "އެވެންޖަރސް"ގެ ފިލްމްތަކުން ފެނިގެން ދިޔަ ޓެސާ ތޮމްޕްސަން އާއި އޭނާގެ އަނބިމީހާ ޖޭން ފޯސްޓަރގެ ރޯލް ކުޅުނު ނެޓަލީ ޕޯޓްމަން ފެނިގެންދާނެއެވެ. މިއީ 2013 ވަނަަ އަހަރަށް ފަހު ނެޓަލީ މި ރޯލުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. "ތޯރ: ލަވް އެންޑް ތަންޑަރ" ޑައިރެކްޓް ކުރާނީ ޓައިކާ ވައިޓީޓީއެވެ. އަދި މި ފިލްމްގައި ޖޭން ފޯސްޓަރ މައިޓީ ތޯރ ނުވަތަ "ގޮޑެސް އޮފް ތަންޑަރ" އަށް ވެގެންދާނެކަން ވަނީ ހާމަކޮށްފައެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 5 ނޮވެމްބަރ، 2020 ވަނަ އަހަރެވެ.

2010 ވަނަ އަހަރުން ފަށައިގެން މާވެލްގެ ފިލްމްތަކުން ފެންނަ "ބްލެކް ވިޑޯ"ގެ މައްޗަށް ބިނާކޮށް މާވެލް ސްޓޫޑިއޯ އިން މިވަނީ އެންމެ ފަހުން ފިލްމެއް ރިލީޒް ކުރަން ނިންމާފައެވެ. އެ ރޯލް ހަމަ ކުޅޭނީ ސްކާލެޓް ޖޮހާންސަން ކަމަށްވާއިރު، އޭނާއާ އެކު އެލެކްސީ އޭ.ކޭ.އޭ ދަ ރެޑް ގާޑިއަންގެ ރޯލާއެކު މާވެލްއަށް ޑޭވިޑް ހާބާރ ތައާރަފް ކުރެވޭނެއެވެ. އަދި މެލީނާގެ ރޯލުން މަޝްހޫރު ފިލްމީ ތަރި ރޭޗަލް ވައިޒް ފެނިގެންދާނެއެވެ. މި ފިލްމް ޑައިރެކްޓް ކުރާނީ ކޭޓް ޝޯޓްލެންޑްއެވެ. "ބްލެކް ވިޑޯ" ރިލީޒް ކުރާނީ 2020 ވަނަ އަހަރު މޭ މަހުގެ އެއް ވަނަ ދުވަހުއެވެ.

މީގެ އިތުރުން، މަޝްހޫރު ފިލްމީ ތަރި މަހަރޝާލާ އަލީ އާ އެކު މަޝްހޫރު ކޮމިކް "ބްލޭޑް" އަނބުރާ ބޮޑު ސްކްރީންއަށް ގެންނަ ވާހަކަ ކޮމިކް-ކޮން ގައި އިއުލާން ކުރެވުނެވެ. މި ކޮމިކްގެ މައްޗަށް 1998 ވަނަ އަހަރު ވެސް ފިލްމެއް ރިލީޒް ކޮށްފައިވާއިރު، އެއިން ފެނިގެން ދިޔައީ ވެސްލީ ސްނައިޕްސްއެވެ. މީގެ 20 އަހަރު ކުރިން ރިލީޒް ކުރި މި ފިލްމަކީ މާވެލް އިން ފުރަތަމަ އެ ކުންފުނީގެ ކޮމިކެއްގެ މައްޗަށް ބިނާކުރި ބޮޑު ސްކްރީންއަށް ތައާރަފް ކުރި ފިލްމަށްވާއިރު، އޭގެ މައި ކެރެކްޓަރ ބްލޭޑް އަކީ ކަޅު ނަސްލުގެ މީހެކެވެ.

2021 ވަނަ އަހަރު ރިލީޒް ކުރަން ނިންމާފައިވާ "ވަޓް އިފް..؟" ވެގެންދާނީ މާވެލް ކޮމިކް ޔުނިވަރސް (އެމްސީޔޫ)ގެ ފުރަތަމަ އެނިމޭޓެޑް ސީރީޒް އަށެވެ. ޑިޒްނީ+ އަށް އަންނަ މި ސީރީޒްގައި ދެ ވޮޗަރގެ ރޯލްގެ އަޑުން އިވޭނީ ޖެފްރީ ރައިޓްއެވެ. އަދި އެމްސީޔޫގެ ގިނަ ތަރިންގެ އަޑުތައް މި ސީރީޒްއިން އިވިގެންދާނެކަމަށް ބެލެވެއެވެ.

މީގެ އިތުރުން ވެސް މާވެލް ސްޓޫޑިއޯސް އިން ވަނީ ގިނަ ބޮޑެތި ޕްރޮޖެކްތަކެއް އިއުލާން ކޮށްފައެވެ. އެއީ "ބްލެކް ޕެންތަރ 2"، "ގަރޑިއަންސް އޮފް ދަ ގެލެކްސީ 3" އަދި "ކެޕްޓަން މާވެލް 2"އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

14 ޖޫން 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު