Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާގޮސް މައްސަލަ

ޗާގޮސް މައްސަލައިގައި އޭޖީ އޮފީހުން މަސައްކަތް ކުރަނީ ދައުލަތުގެ މަސްލަހަތުގައި – މުއިއްޒު

ފޯޅަވަހީގެ މައްސަލައާއި ގާނޫނު އަސާސީގެ 3 ވަނަ މާއްދާ އާ އެއްވެސް ގުޅުމެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2022 | އަންގާރަ 06:42
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު

ޗާގޮސް މައްސަލައިގައި އެޓަރނީ ޖެނެރަލްގެ އޮފީހުން މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި އޭޖީ އޮފީހުން އެކަމުގެ ތަފްސީލު ހާމަކުރައްވާފައިވަނިކޮށެވެ. މުއިއްޒު ވިދާޅުވީ ފޯޅަވަހީގެ މައްސަލައާއި ގާނޫނު އަސާސީގެ 3 ވަނަ މާއްދާ އާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

އޭޖީ އޮފީހުން ބުނެފައިވަނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) އަކީ 10 ޑިސެމްބަރު 1982 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަނެއް ކަމަށެވެ. އަދި 7 ސެޕްޓެމްބަރު 2000 ގައި ދިވެހިރާއްޖޭން މި މުއާހަދާއަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ. ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ށ) ގައި ދިވެހި ދައުލަތުން ބައިވެރިވާ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ މައްޗަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ލާޒިމުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން އަންކްލޮސްއަށް ޤާނޫނީ ބާރު ލިބިދީފައިވަނީ، ގާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުން) ކަމަށާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ ބަލާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ލިބިދޭ ހައްގުތައް ލިބިދެވޭނެ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދާއި އެހެން ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފުށުއަރާނަމަ އެ ފުށުއެރުމެއް ހައްލުކުރަންޖެހޭނީ ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މޮރިޝަސް އަދި ރާއްޖެއަކީ ވެސް އަންކްލޮސްގައި ސޮއިކޮށްފައިވާ އަންކްލޮސްގެ މެންބަރު ޤައުމުތައްކަމަށްވާއިރު، އެ ދެ ގައުމުގެ ދެމެދުގައި އީއީޒެޑް ފުށުއެރުމުގެ މައްސަލަ ހައްލުކުރަންޖެހޭނީ އަންކްލޮސްގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

އޭޖީ އޮފީހުން ބުނީ އެއްބަސްވުމަކަށް ނާދެވޭނަމަ އީއީޒެޑް ފުށުއެރުމުގެ މައްސަލަ ހައްލުކުރަންޖެހޭނީ އަންކްލޮސްގެ ޕާޓް 15 ގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބަޔަންކޮށްފައިވާ ކަމަށެވެ. އަންކްލޮސްގެ 15 ވަނަ ބައިގައި ހިމެނޭ އާޓިކަލް 287 ގެ 1 ގެ (އޭ) އަށް ބަލާއިރު، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްގައި) އިން ވެސް މައްސަލައިގައި ގޮތް ނިންމިދާނެކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ އިތުރުން ދެ ގައުމުގެ ދޭތެރޭގައި އުފެދޭ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ފުށުއެރުމުގެ މައްސަލަތައް އައިސީޖޭ އަދި އިޓްލޮސްއިން ހައްލުކޮށްދީފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ނިކަރާގުއާ ވ ކޮލަމްބިއާ (2012 ވަނަ އަހަރުގެ އައިސީޖޭ ނިންމުން) އަކީ އީއީޒެޑް އަދި ކޮންޓިނެންޓަލް ޝެލްފްގެ (200 ނޯޓިކަލް މޭލުގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ) ޑިލިމިޓޭޝަން މެތޮޑޮލޮޖީ ކަނޑައަޅާފައިވާ ލޭންޑް މާކް ނިންމުމެއް ކަމަށް އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެ ނިންމުމުގައި ކަނޑައަޅާފައިވާ ގޮތުންނަމަ މެރިޓައިމް ޑިލިމިޓޭޝަންގެ 3 މަރުޙަލާއެއްވާ ކަމަށާއި، މަރުޙަލާ 1 އަކީ ރިލަވެންޓް ކޯސްޓްގެ މެދުން އިކުއިޑިސްޓަންސް ލައިނެއް ދަމާލުން ކަމަށެވެ. މަރުޙަލާ 2 އަކީ އިކުއިޑިސްޓަންސް ލައިން އެޖަސްޓްކޮށްލަން ނުވަތަ ޝިފްޓްކޮށްލަންޖެހޭފަދަ ރިލަވަންޓް ސަރކަމްސްޓޭންސެއް އޮތްތޯ ބަލައި އެފަދަ ސަރކަމްސްޓޭންސެއް އޮތްނަމަ، އެ ލައިން ޝިފްޓް ކޮށްލުން ނުވަތަ އެޖަސްޓްކޮށްލުން ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން މަރުޙަލާ 3 ގައި ބުނެފައިވަނީ އެޖަސްޓްކުރި ނުވަތަ ޝިޕްޓްކުރި ލައިންގެ ސަބަބުން، ރިލަވަންޓް ކަނޑުގެ ސަރަހައްދާ އަޅާ ބަލާއިރު އެއްވެސް ޑިސްޕްރޮޕޯޝަނަލިޓީއެއް ނުކުމޭތޯ ބެލުން ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނެފައިވަނީ މި މަރުޙަލާތަކުގެ ތެރެއިން ޑިލިމިޓޭޝަން ފޯމިއުލާއަކީ ރޯމޭނިއާ ވ ޔޫކްރެއިން (2009 ވަނަ އަހަރުގެ އައިސީޖޭ ނިންމުން) ގައިވެސް ބޭނުންކޮށްފައިވާ ފޯމިއުލާ ކަމަށެވެ. އަދި މި މައްސަލަތަކަށް ބަލާއިރު، ޑިލިމިޓޭޝަންގައި ބޭނުންކުރާ ހަމައަކީ "އިކުއިޓަބްލް ސޮލިއުޝަން" އަކަށް އައުން ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

އޭޖީ އޮފީހުން ބުނީ ރާއްޖެއާ މޮރިޝަސްއާ ދެމެދު އޮތް ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލަ އަންކޮލޮސްގެ އުސޫލުތަކާ އެއްގޮތަށް ކަނޑައެޅުމަކީ ރާއްޖޭގެ ބައުންޑަރީ ބައިނަލްއަޤްވާމީ ހަމަތަކުގެ މަތިން ކަނޑައެޅިގެން ދިޔުން ކަމަށެވެ. އަންކްލޮސްއަކީ ރާއްޖެއިން ވެސް ސޮއިކޮށްފައިވާ މުއާހަދާއެއްކަމަށްވާއިރު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އެ މުއާހަދާއާ އެއްގޮތަށް ރާއްޖެއިން ވެސް އަމަލުކުރަންޖެހޭ ކަމަށެވެ.

އޭޖީ އޮފީހުގެ މި ވާހަކަތަކާއި ގުޅިގެން ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވީ އޭޖީ އޮފީހުން މަސައްކަތް ކުރަނީ ދައުލަތުގެ މަސްލަހަތުގައި ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒުޗާގޮސް މައްސަލަބަންޑާރަނައިބުގެ އޮފީސްމޮރިޝަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް

ގުނަވަނުގެ ވިޔަފާރިކުރާ ހޮސްޕިޓަލުތައް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް

13 އޮކްޓޯބަރު 2025
އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ

އޭޖީ އޮފީހަށް 75 އަހަރު ފުރިގެން ބޭއްވި ހަފްލާ އަށް ޚަރަދުވި ވަރެއް ހަފްލާ ނިމުނު އިރުވެސް ނޭނގޭ

12 އޮކްޓޯބަރު 2025
ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ

ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ

09 އޮކްޓޯބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލްފައެނާ ދޫކޮށްލައިފި، ފިރިމީހާ އަށް 15 ދުވަސް

08 އޮކްޓޯބަރު 2025
ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު