Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޒުވާން ކުޅުންތެރިންނަށް އެންމެ ރަނގަޅު މުސްތަޤުބަލެއް އޮތް ޓީމަކީ ޑޯޓްމަންޑު: ގާޑިއޯލާ

ގާޑިއޯލާ ބުނީ ބެލިންހަމް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއްކަން އެންމެނަށް ވެސް އެނގޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޮކްޓޯބަރު 2022 | އަންގާރަ 04:08
ސިޓީގެ ކޯޗު ގާޑިއޯލާ

ސިޓީގެ ކޯޗު ގާޑިއޯލާ

ޒުވާން ކުޅުންތެރިންނަށް އެންމެ ރަނގަޅު މުސްތަޤުބަލެއް އޮތީ ބޮރޫޝިއާ ޑޮޓްމަންޑުގައި ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޑޯޓްމަންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސްގައެވެ. އޭނާ ވަނީ އެ ޕްރެސްގައި ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޫޑް ބެލިންހަމްގެ ވާހަކަ ފާހަގަކޮށްފައެވެ. ބެލިންހަމް އަންނަނީ މި ސީޒަންގައި ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ގާޑިއޯލާ ބުނީ ޒުވާން އުމުރުގައި ބެލިންހަމް ދައްކަނީ މޮޅު ކުޅުމެއް ކަމަށެވެ. އޭނާ ބުނީ ބެލިންހަމް ސިޓީ، މެންޗެސްޓަރ ޔުނައިޓެޑު، ލިވަޕޫލް، އާސެނަލް، ޗެލްސީ، ޓޮޓެންހަމް ނުވަތަ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ މަތީ ފަންތީގެ ޓީމަކަށް ގޮސްފި ނަމަ، އެންމެ އެކަށީގެންވާ ވަގުތު ނުލިބިދާނެ ކަމަށެވެ. ގާޑިއޯލާ ބުނީ ބެލިންހަމްގެ އުމުރުން 17 އަހަރުގައި ވެސް އޭނާ ދެއްކީ ލީޑާޝިޕާއި، މޮޅު ކުޅުން ކަމަށެވެ. ގާޑިއޯލާ ވަނީ އުމުރުން 19 އަހަރުގައި ބެލިންހަމް އިންގްލެންޑުގެ ޤައުމީ ޓީމުގައި ކުޅެމުން އަންނަ ކަން ފާހަގަކޮށް، އެއީ ވެސް އޭނާގެ ހުނަރުހުރި ކަން ސާބިތުކޮށްދޭ ކަމެއް ކަމަށް ބުނެފައެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ބެލިންހަމް އަކީ ހުނަރުވެރި މޮޅު ކުޅުންތެރިޔެއްކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ ސިޓީން ބޭނުންވަނީ މެޗުގައި ސިޓީގެ ކޮލެޓީ ދައްކައި މެޗުން މޮޅުވާން ކަމަށެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު އޮތީ ސިޓީގެ ދަނޑުގައެވެ. އެ މެޗު ސިޓީން ކާމިޔާބުކުރީ 1-2 އިންނެވެ.

ދެ ވަނަ ލެގުގައި ޑޯޓްމަންޑުގެ ދަނޑުގައި ސިޓީން އެ ޓީމާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ. ސިޓީން ވަނީ މިހާރު ވެސް ގަދަ 16 ގެ ޖާގައެއް ޔަގީންކޮށްފައެވެ.

ޗެމްޕިއަންސް ލީގުމެންޗެސްޓަރ ސިޓީބޮރޫޝިއާ ޑޯޓްމަންޑްޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު