Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ރާއްޖެޓީވީގެ، ވޯލްޑް ކަޕަށް ޚާއްސަ ޕޭޖް ލޯންޗްކޮށްފި

24 އޮކްޓޯބަރު 2022 | ހޯމަ 17:58

މިއީ ރާއްޖެޓީވީން ވޯލްޑް ކަޕްގެ މެޗުތައް ލައިވްކުރާ ފުރަތަމަ ފަހަރު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 24 އޮކްޓޯބަރު 2022 | ހޯމަ 17:58
ރާއްޖެޓީވީގެ ވޯލްޑް ކަޕަށް ޚާއްސަ ޕޭޖް ލޯންޗްކުރުން

ރާއްޖެޓީވީގެ ވޯލްޑް ކަޕަށް ޚާއްސަ ޕޭޖް ލޯންޗްކުރުން

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ޚާއްސަކޮށް ރާއްޖެޓީވީން ތައްޔާރުކުރި ވެބް ޕޭޖް ލޯންޗްކޮށްފިއެވެ.

ހޯމަ ދުވަހުގެ ހަވީރު ރާއްޖެޓީވީގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި މި ޕޭޖް ލޯންޗްކޮށްދެއްވީ، ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އިބްރާހީމް ނޫރައްދީނެވެ. ޕޭޖް ލޯންޗްކުރުމުގެ އިތުރުން، މިފަހަރުގެ މުބާރާތުގައި ރާއްޖެޓީވީގެ އެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންފޮމޭޝަން ޕެކެއްވެސް ވަނީ ހަވާލުކޮށްފައެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި، ޓީމުތަކުގައި ފާހަގަކުރެވޭ މުހިއްމު ކުޅުންތެރިންގެ މައުލޫމާތު މި ބުކްލެޓުގައި ހިމެނޭނެއެވެ. މި އިންފޮމޭޝަން ޕެކް އެނަލިސްޓުންނާ ހަވާލުކޮށްދެއްވީ ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒްމީ ސައީދެވެ. މިއީ ވޯލްޑް ކަޕާ ދިމާކޮށް އެނަލިސްޓުންނަށް ޚާއްސަ ބުކްލެޓެއް ރާއްޖޭގައި ދިން ފުރަތަމަ ފަހަރެވެ.

ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އިބްރާހީމް ނޫރައްދީން ވަނީ، ރާއްޖެޓީވީން ކުޅިވަރު ހަރަކާތްތަކަށްދޭ ޚާއްސަ އަހަންމިޔަތުކަން ފާހަގަކުރައްވާފައެވެ.

ރާއްޖެޓީވީގެ ޗެއަރމަން އަކްރަމް ކަމާލުއްދީން ވަނީ، ރާއްޖެ ޓީވީއަށް އެކި ގޮތްގޮތުން އިބްރާހީމް ނޫރައްދީން ދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕް ކަވަރޭޖަށް ރާއްޖެޓީވީން ދުރާލައި ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

މި ކަވަރޭޖްގައި ރާއްޖެޓީވީގެ އެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ މައުރޫފް އަހްމަދު (މާއްޓޭ)، މުހައްމަދު ޝިޔާޒް (މޯހަން)، އަހްމަދު ޝާކިރު (ޝާކިއްޓޭ)، ޝާހު އިސްމާއީލް (ސާޔާ)، އަލީ އުމަރު އަދި މުހައްމަދު ނަޒީހުއެވެ. ކުރިއަށް އޮތް ވޯލްޑް ކަޕްގައި ރާއްޖެޓީވީގެ އެނަލިސްޓުންގެ ފަރާތުން މެޗުތައް އެނަލައިޒް ކުރުމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަން ރާއްޖެޓީވީގެ އެނަލިސްޓް، މައުރޫފް އަހުމަދު މާއްޓޭ ފާހަގަކުރިއެވެ.

ރާއްޖެޓީވީން ލޯންޗްކުރި މި ޕޭޖުގައި ވޯލްޑް ކަޕާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވާނީ ހިމަނާފައެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ހުރިހާ މުބާރާތެއްގެ ތާރީޚު މި ޕޭޖުން ކިޔާލެވޭނެއެވެ. މިފަހަރުގެ މުބާރާތަށް ގަތަރުން ތައްޔާރުވިގޮތާއި، ހޫނު ގައުމެއް ފިނިކުރުމަށް ކުރި މަސައްކަތްވެސް މި ޕޭޖުގެ ޒަރީއާއިން ކިޔުންތެރިންނަށް އެނގިގެންދާނެއެވެ. މީގެ އިތުރުން މުބާރާތަށް ޓީމުތަކުން ވަމުންދާ ތައްޔާރީތަކާއި، މޮޅެތި ކުޅުންތެރިންގެ މައުލޫމާތުވެސް މި ޕޭޖުގައި ހިމަނާފައިވާނެއެވެ.

ރާއްޖެޓީވީފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
15 މެއި 2025

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ
04 ފެބުރުއަރީ 2025

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
01 ފެބުރުއަރީ 2025

ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

01 ފެބުރުއަރީ 2025
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް