Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަރުޝަދުގެ މައްސަލަ

އަރުޝަދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރާ މެދު ގޮތެއް ނިންމުން ދެން އޮންނަ އަޑުއެހުމެއްގައި

ހައިކޯޓުގެ އެންގުމާ ޚިލާފަށް އަމަލުކޮށްފައިވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 އޮކްޓޯބަރު 2022 | ހޯމަ 10:46
ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު

ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރާ, ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށްގެން ހައިކޯޓަށް ހާޒިރުކުރުމަށް އަންގައި ނެރެފައިވާ އަމުރު އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

އަރުޝަދު ހައްޔަރުކޮށްފައިވަނީ، ލަންކާއިން އޭނާ ރާއްޖެއަށް ޑީޕޯޓުކޮށްލުމުން އެނބުރި ރާއްޖެ އައުމުން މިހިނގާ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާ ލަންކާއިން ޑީޕޯޓުކޮށްލީ އެ ގައުމުން ދުބާއީއަށް ދިއުމުން ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ ލަންކާއަށް ފޮނުވާލުމުންނެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ނުގެން ގޮސް ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ. އަރުޝަދު ހައިކޯޓަށް ހާޒިރުވެފައިވަނީ އަމިއްލަ އަށް ކަމަށް ވާއިރު ހައިކޯޓުން ވެސް ދެން ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ 3 ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސޫއުދެވެ.

އަރުޝަދު ހައްޔަރުކޮށްގެން ހައިކޯޓަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރު އިސްތިއުނާފުކުރުމަށް އަރުޝަދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހޯމަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަރުޝަދުގެ ފަރާތުން އޭނާގެ ވަކީލު ނޫރުއްސަލާމް ވަނީ ތިން ކަމެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި އެފަދަ އަމުރެއް ނެރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވަނީ ކޯޓަށް ހާޒިރުވުމުގެ ޗިޓު އޭނާ އަށް ރައްދުކޮށްފައި ވަނިކޮށް މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރުނުވުމުން ކަމަށް ވިދާޅުވިއެވެ. މި އަހަރުގެ ޖޫން މަހުގެ ހަތްވަނަ ދުވަހު އެ އަމުރު ނެރުނުއިރު ވެސް އަރުޝަދު ދިޔައީ ހައިކޯޓާއި މުއާމަލާތް ކުރަމުން ކަމަށް ފާހަގަކުރައްވާ ވަކީލު ވިދާޅުވީ އަރުޝަދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ޖެހޭ ފަަދަ ހާލަތެއް ނެތް ކަމަށެވެ.

މީގެ އިތުރުން އަރުޝަދު ހާޒިރުވުމަށް އެންގި އަމުރުގައި ކޯޓަށް ހާޒިރުކުރަންވީ ވަގުތާއި ތާރީހު ހިމަނާފައެއް ނުވާކަމަށާއި އެ އަމުރުގައި އެންމެ ފަނޑިޔާރެއްގެ ސޮއި އޮތް އިރު ހައިކޯޓުގެ މައްސަލަތައް ބަލަންވާނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ނޫރުއްސަލާމް ފާހަގަކުރެއްވިއެވެ.

ނޫރުއްސަލާމްގެ އެ ނުކުތާތަކާއި ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ މާލޭން ބޭރަށް އެއްވެސް ތަނަކަށް ދަތުރުކުރާނަމަ ހައިކޯޓަށް އަންގާނެ ކަމަށް އެއްބަސްވެ، އެކަމާއި ގުޅޭ އެއްބަސްވުމެއްގައި އަރުޝަދު ސޮއިކޮށްފައިވާ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކުރައްވާ ކަމަށެވެ. އަރުޝަދު ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކުރުމުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ޕީޖީ އޮފީހުން ފުލުހުންނަށް ދެމުން ދަނިކޮށް އެކަމުގައި ފުލުހުން އަމަލު ކޮށްފައިވަނީ އެ އަމުރާ ހިލާފަށްކަމަށާއި، އެހެންކަމުން އޭނާ ހައްޔަރުކޮގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރުމަށް ހައިކޯޓަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި އެންމެ ފަނޑިޔާރެއްގެ ސޮއި އޮތުމަކީ ވެސް މައްސަލަ އެއް ނޫން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެންމެ ފަހުން އަރުޝަދު ދޫކޮށްލަން ހައިކޯޓުން ނިންމާފައިވާ ނިންމުން ވެސް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ. ބަންދުގައި ބަހައްޓައިގެން ހައިކޯޓަށް އަރުޝަދު ހާޒިރުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށް, ހައިކޯޓުގެ އެންގުމާ ޚިލާފަށް އަމަލުކޮށްފައިވާތީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު