Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު

މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖުގެ އެންމެ ރަނގަޅު ނަތީޖާ އިންޑިއާ އަށް

އިންޑިއާ އިން ވަނީ ތިން އިވެންޓެއްގެ ޗެމްޕިއަންކަން ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޮކްޓޯބަރު 2022 | ހޯމަ 09:48
މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި ނިމުނު މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖުގެ އެންމެ ރަނގަޅު ނަތީޖާއެއް އިންޑިއާ އިން ހޯދައިފިއެވެ.

ރާއްޖޭގައި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އިން 23 ގެ ނިޔަލަށެވެ. ކުޅިވަރު އެކުވެނި އިންޑޯގައި ކުރިއަށް ދިޔަ މުބާރާތުގައި 25 ޤައުމަކުން 200 އަށްވުރެ ގިނަ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. މުބާރާތުގައި ރާއްޖެއިން ވަނީ 30 ކުޅުންތެރިން ބައިވެރިވެފައެވެ.

މުބާރާތް ކުރިއަށް ގެންދިޔައީ ޖުމުލަ ފަސް އިވެންޓެއްގެ މައްޗަށެވެ. އެއީ އަންހެން ސިންގަލްސް، މިކްސް ޑަބަލްސް، ފިރިހެން ޑަބަލްސް، ފިރިހެން ސިންގަލްސް އަދި އަންހެން ޑަބަލަސްއެވެ. މީގެ ތެރެއިން އިންޑިއާ އިން ވަނީ ތިން އިވެންޓެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. އެއީ އަންހެން ސިންގަލްސް، މިކްސް ޑަބަލްސް އަދި ފިރިހެން ޑަބަލްސްއެވެ. މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ ސެޕއިނުންނެވެ. އަދި އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ ޖަޕާނުންނެވެ.

އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ އާކަރްޝީއެވެ. މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ރެޑީ ސިކީގެ އަދި ރޯހަން ކަޕޫރުގެ ޕެއާ އިންނެވެ. ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ރޯހަން ކަޕޫރު އަދި ރެޑީ ސްމިތުގެ ޕެއާ އިންނެވެ.

ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ކުޅުންތެރިޔަކީ ލުއިސް އެންރީކޭއެވެ. އަދި މުބާރާތުގެ އަންހެން ޑަބަލްސް ކާމިޔާބުކުރި ޖަޕާނުގެ ކުޅުންތެރިންނަކީ ޓަކަހާޝީ އަދި ހޯސީގެ ޕެއާއެވެ.

މިއީ ރާއްޖެއިން މި މުބާރާތް ބޭއްވި ފަސް ވަނަ ފަހަރެވެ. މީގެ ކުރިން މުބާރާތް ބާއްވަމުން އައިސް ކޮވިޑުގެ ބަލި މަޑުކަމުގެ ސަބަބުން މުބާރާތް ވަނީ ބޭއްވޭ ގޮތް ނުވެފައެވެ. އެހެންކަމުން މިއީ ކޮވިޑަށްފަހު ރާއްޖޭގައި ބެޑްމިންޓަންގެ އިންޓަނޭޝަނަލް މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް އިންޓަރނޭޝަލް ޗެލެންޖް 2022ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންޑިއާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު