Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގު

މެސީގެ މޮޅު ކުޅުމާއެކު ޕީއެސްޖީ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

މެސީ ވަނީ މެޗުގައި ލަނޑެއް ޖަހައި، ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފަައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޮކްޓޯބަރު 2022 | ހޮނިހިރު 02:17
ޕީއެސްޖީގެ މެޗުގައި މެސީ

ޕީއެސްޖީގެ މެޗުގައި މެސީ

ފްރާންސް ލީގުގައި އޭސީ އަޖަސިއޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އިން އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.

މިއީ ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު 12 ވަނަ މެޗެވެ. އެ ޓީމު ވަނީ 10 މެޗުން މޮޅުވެ ދެ މެޗުން އެއްވަރުވެފައެވެ. ލީގުގައި މިހާތަނަށް ޕީއެސްޖީ ބަލިވެފައެއް ނުވެއެވެ.

ހުކުރު ދުވަހުގެ ރޭ އަޖަސިއޯގެ ދަނޑުގައި ޕީއެސްޖީން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގައި ޕީއެސްޖީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ސީޒަންގައި މެސީ ހުރީ ރަނގަޅު ފޯމެއްގައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖަހައިދިނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭއެވެ. އެއީ އަޖައިސޯގެ އޭރިޔާ ބޭރުން މެސީ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ޕީއެސްޖީގެ ފަހު ދެ ލަނޑު ފެނުނީ މެޗުގެ ފަހު ހާފުގައެވެ.

ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި މެސީ ޖެހީ އެމްބާޕޭ ދިން ބޯޅައެއް އަޖައިސޯގެ ގޯލް ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލަށް ފޮނުވާލައިގެންނެވެ. ޕީއެސްޖީގެ ފަހު ލަނޑު އެމްބާޕޭ ޖެހީ 82 ވަނަ މިނެޓުގައި މެސީ ދިން ބޯޅައެއް ތިރިތިރިން ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލައިގެންނެވެ.

މެޗުން މޮޅުވެ ޕީއެސްޖީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގައި އޮތީ 12 މެޗުން 32 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލޮރިއެންޓަށް ލިބެނީ 11 މެޗުން 26 ޕޮއިންޓެވެ. ތިން ވަނައިގައި ލެންސް އޮތީ 24 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު