Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓު

ޒުވާނުން ޑެސްކް ވަޒީފާތައް ދޫކޮށް، އަމިއްލަ ވިޔަފާރިތަކާ ދިމާއަށް!

20 އޮކްޓޯބަރު 2022 | ބުރާސްފަތި 13:14

ގިނަ ޒުވާނުން މިހާރު ބޭނުންވަނީ އަމިއްލަ ވިޔަފާރި ފަށަން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 13:14
ސްޓާޓްއަޕް

ސްޓާޓްއަޕް

ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް ވިސްނުމަކީ ސަރުކާރުގެ ވަޒީފާއެއް ނުވަތަ ކުންފުންޏެއްގެ މަގާމެއް އަދާކުރުމުގެ ވިސްނުމެވެ. ޑެސްކް ވަޒީފާއެއް އަދާކުރުމެވެ. ގިނަ މީހުންގެ އިހުތިރާމުވެސް ލިބެނީ އެފަދަ ވަޒީފާ އަދާކުރާ މީހުންނަށް ކަމަށްވާތީއެވެ. އެއީ ޔަގީންނުންވެސް މަސް ނިމޭއިރު ކަނޑައެޅިފައި އޮންނަ މުސާރަ އަތަށް ލިބޭތީއެވެ. ގިނަ މީހުން މިގޮތް ޚިޔާރު ކުރަނީ، ކުޑައިރުން ފެށިގެން އެގޮތަށް ކިޔައިދެވިފައި އޮންނަތީ ކަމަށްވެސް ވެދާނެއެވެ. އަންހެންކުއްޖަކުނަމަ ނަރުހަކަށްވުމާއި ފިރިހެންކުއްޖަކުނަމަ ފުލުހަކަށްވުމަށް ބާރުއަޅާގޮތަށް ޑެސްކް ވަޒީފާތައް އަދާކުރުމަށް ހިތްވަރުދޭ ބެލެނިވެރިން މަދެއްނޫނެވެ.

ރާއްޖޭގެ މިހާރުގެ ހާލަތު ދަނީ މަޑުމަޑުން ތަފާތުވަމުންނެވެ. ޒަމާން ކުރިއަރައިގެންދާ ވަރަކަށް އަމިއްލަ މިނިވަންކަން ބޭނުންވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ނިންމަން ބޭނުންވާގޮތަށް، އަދާކުރާ ވަޒީފާގައިވެސް މީހެއްގެ ނުފޫޒަކާނުލައި މަސައްކަތް ކުރަން ބޭނުންވެއެވެ. އެގޮޮތަށް އާމްދަނީ ހޯދެން އޮތް ގޮތަކީ އަމިއްލަ ވިޔަފާރިއެއް ފެށުމެވެ. އޭރުން އެ ވިޔަފާރިއެއްގެ ހުރިހާ ނިންމުމެއްވެސް އޮންނަނީ އަމިއްލަ އަތްމަތީގައެވެ. މީހެއްގެ ނުފޫޒު އެއަކަށް ނުފޯރާނެއެވެ. މިއީ މިއަދު ގިނަ ޒުވާނުން ބޭނުންވާގޮތެވެ.

އަމިއްލަ ވިޔަފާރިތައް ރާއްޖޭގައި ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ގޭގައި ތިބެގެން، ތަކެތި އުފައްދައިގެން އެތަކެތި ވިއްކުމަކީވެސް އަމިއްލަ ވިޔަފާރިއެކެވެ. ބައެއް މީހުން ޕާޓް ޓައިމްކޮށް މިފަދަ ވިޔަފާރިތައް ހިންގާއިރު، އަނެއް ބަޔަކު ފުލް ޓައިމް މަސައްކަތަކަށް އެ ވިޔަފާރި ހަދައި، ވިޔަފާރި ފުޅާވެސް ކުރެއެވެ. ގިނަ ބަޔަކު މިކަމުގައި ކާމިޔާބުވެސް ވެއްޖެއެވެ.

ކާބޯތަކެތީގެ ދާއިރާއިންނާއި ރީތިވާ ސާމާނާއި ޓެކްނޮލޮޖީއާއި ގަހަނާފަދަ ތަކެތި އުފެއްދުމުގައި މިއަދު ދިވެހި ޒުވާނުންގެ އަމިއްލަ ކުންފުނިތައް ދަނީ މަގުބޫލުކަން ހޯދަމުންނެވެ. މި ކުންފުނިތަކުގެ ކާމިޔާބުގެ ވާހަކަތައް މިއަދު މުޅި ރާއްޖެ ދައްކަމުން އަންނައިރު، އެފަދަ ކުންފުނިތައް އުފެއްދުމަކީ އެ ޒުވާނުން ނަގާފައިވާ ވަރަށް ބޮޑު ރިސްކެއްގެ ކާމިޔާބީއެވެ.

ތެދެކެވެ. އަމިއްލަ ވިޔަފާރިއެއް ފެށުމަކީ ވަރަށް ބޮޑު ހިރާހެކެވެ. ވަޒީފާއެއް އަދާކުރާ މީހެއްނަމަ އަމިއްލަ ވިޔަފާރިއެއް ފަށަން ޚަރަދުކުރަންޖެހެނީ ބުރަ މަސައްކަތުން އެއްކޮށްގައި ހުރި ފައިސާކޮޅެވެ. ނުވަތަ އެހެން ކޮންމެވެސް ގޮތަކަށް އެ ވިޔަފާރި ފަށަން ފައިސާ ހޯދައި ދަރަނިވެރިވާން ޖެހެއެވެ. މިގޮތަށް ވިޔަފާރިއެއް ފެށުމުގެ އެންމެ ބޮޑު ހިރާހަކީ އެ ވިޔަފާރި ކާމިޔާބުނުވުމެވެ. ނަމަވެސް ހިރާހަކާނުލައި ކާމިޔާބީ ހާސިލްވާނެކަމަށް ގަބޫލުކުރުމަކީވެސް ރަނގަޅުގޮތެއްނޫނެވެ.

ދިވެހިންގެ ތެރޭގައި އަމިއްލަ ވިޔަފާރިތައް އިތުރުވާންފެށީ ކޮވިޑް-19ގެ ސަބަބުން ވަޒީފާއާމެދު ސުވާލުތައް އުފެދެން ފެށުމުންނެވެ. އެހެން ބައެއްގެ ދަށުން މަސައްކަތްކުރާއިރުވެސް އެ ނެގެނީ ރިސްކެއްކަން ވިސްނުމުންނެވެ. މިއަދު ވަޒީފާ އޮތްނަމަވެސް މާދަމާ އެ ވަޒީފާ އޮންނާނެކަމުގެ ޔަގީންކަމެއް ނެތެވެ. ހާލަތު ބަދަލުވެ، އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެންދިޔައީ ދެތިން މަސްދުވަހުގެ ތެރޭގައެވެ. އާމްދަނީ ނުލިބި ގޭގައި މަޑުކުރަން ޖެހުނު މީހުންގެ އަދަދު މަދެއްނޫނެވެ. އެއާއެކު އާމްދަނީ ހޯދަން އަމިއްލަ މަސައްކަތްތައް ފަށައި، އެ މަސައްކަތް ބޮޑެތި ވިޔަފާރިތަކަށްވެސް ވަނީ ބަދަލުކޮށްފައެވެ.

އަމިއްލަ ވިޔަފާރި ފަށާ ފަރާތްތަކަށް މިއަދު ރާއްޖޭގައި ފުރުސަތުތައްވެސް އެހާ ގިނައެވެ. ސަރުކާރުންވެސް އަމިއްލަ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭއިރު، ބޭންކުތަކާއި ކުންފުނިތަކުންވެސް އެފަދަ ވިޔަފާރިތައް ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދެއެވެ.

ރިސްކު ނަގައިގެން ކާމިޔާބު ހާސިލްކުރި ގިނަ ފަރާތްތަކުން އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވެފައި ހުރި ކޮންމެ މީހަކަށްވެސް ދޭނެ މެސެޖަކީ އެ ރިސްކު ނެގުންކަން ޔަގީނެވެ. ދުނިޔޭގައި އަދި ރާއްޖޭގެވެސް މިއަދު ބޮޑެތި ކުންފުނިތަކުގެ ގޮތުގައި ފާހަގަކުރާ ކުންފުނިތަކަކީ ކޮންމެވެސް މީހަކު ނެގި ރިސްކެއްގެ ނަތީޖާއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2017

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

07 ސެޕްޓެމްބަރު 2017
ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟
31 އޯގަސްޓު 2017

ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟

31 އޯގަސްޓު 2017
 ފާރިސް ދޫކޮށްލަންވީ ވަގުތު ނާދޭތަ؟ ސާފު ނުވަނީ ކޮންއެއްޗެއް؟
20 އޯގަސްޓު 2017

ނައީމާއްތަ: ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!

20 އޯގަސްޓު 2017
 ނައީމާއްތަ:  ދޫކޮށްލީ ނުކުތީ، ނުހުއްޓުވޭނެ، އަޖައިބެއް ނުވާނެތަ!
15 އޯގަސްޓު 2017

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017
ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް
07 އޯގަސްޓު 2017

ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

07 އޯގަސްޓު 2017
ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ
07 އޯގަސްޓު 2017

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
06 ޖޫން 2017

ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟

06 ޖޫން 2017
ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް