Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޑީއޭގެ މަސައްކަތްތައް

އެންޑީއޭގެ ސީއީއޯގެ މަގާމަށް އިމާދު ސޯލިހް - މަހެއްހާ ދުވަހުގެ ތެރޭގައި ބަދަލު ދެއްކެވުމުގެ އުންމީދުގައި

20 އޮކްޓޯބަރު 2022 | ބުރާސްފަތި 12:01

އެންޑީއޭއަށް ގޮންޖެހުންތައް ގިނަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 12:01
އަލްއުސްތާޒު އިމާދު ސޯލިހު

އަލްއުސްތާޒު އިމާދު ސޯލިހު

މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާތާ މަހެއްހާ ދުވަހުގެ ތެރޭގައި ބަދަލު ދެއްކެވުމުގެ އުންމީދުގައި ހުންނެވިކަމަށް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއެމްއޭ)ގެ އާ ސީއީއޯ އަލްއުސްތާޒު އިމާދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަގާމަށް އައްޔަންކުރެއްވިފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިމާދު ވަނީ، މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލަ އެއްކޮށް ނައްތާލުމަކީ ކުރުން ދަތިކަމަކަށް ވާނެކަން ފާހަގަކުރައްވައި އިމާދު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވައި، އެފަދަ މީހުން އަނބުރާ މުޖުތަމައަށް ނެރުމުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރިކަމަށެވެ. އެގޮތުން ވަސީލަތުގެ ދަތިކަމާއި، ތަޖުރިބާހުރި މީހުން ނުލިބުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ދަތިތަކުން އަރައިގަނެ، ކަންކަން ހައްލުކުރަން މަސައްކަތްކުރަން ތައްޔާރަށް ހުންނެވިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެންޑީއޭގެ ދައުރު ފުޅާކޮށް، ކުރިއަށް އޮތްތަނުގައި އެންޑީއޭއަކީ ބަލައިގަންނަތަނަކަށް ހެދުމަށް މަސައްކަތްޕުޅު ކުރައްވާނެކަން އިމާދު ވަނީ ފާހަގަކުރައްވާފައެވެ.

އެންޑީއޭގެ ސީއީއޯއަކަށް އިމާދު އައްޔަންކުރައްވާފައި ވަނީ 18 ޖެނުއަރީ 2021ގައި، އެންމެ ފަހުން އައްޔަން ކުރި ސީއީއޯ މަގާމުން ވަކިކުރިފަހުން ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމު ހުސްކޮށް އޮތުމަށްފަހުއެވެ. އެ މަގާމަށް މީހަކު ހޯދަން ފުރަތަމަ ކުރި އިއުލާނަށް އިޖާބަ ނުލިބުމުން ފަހުން އެ އިއުލާންކޮށްފައި ވަނީ މަގާމުގެ ޓީއޯއާރް އިސްލާހުކޮށް، ޕޭކޮމިޝަން މެދުވެރިވެގެން އެ މަގާމުގެ މުސާރައާއި އިނާޔަތްތަކަށް އިސްލާހު ގެނައުމަށް ފަހުގައެވެ. އެ މަގާމަށް 12 ފަރާތަކުން ކުރިމަތިލެއްވިއެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2017

ފޮރިން ސެކެޓްރީގެ މަގާމަށް ސަރީރު އައްޔަން ކުރައްވައިފި

18 ޖުލައި 2017
ފޮރިން ސެކެޓްރީގެ މަގާމަށް ސަރީރު އައްޔަން ކުރައްވައިފި
10 ޖުލައި 2017

ޖޭއެސްސީ އިން އަލީ ހަމީދު ވަކިކޮށް އެ މަގާމަށް ފަނޑިޔާރު އަރީފް އައްޔަން ކުރައްވައިފި

10 ޖުލައި 2017
ޖޭއެސްސީ އިން އަލީ ހަމީދު ވަކިކޮށް އެ މަގާމަށް ފަނޑިޔާރު އަރީފް އައްޔަން ކުރައްވައިފި
02 ޖުލައި 2017

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު

02 ޖުލައި 2017
ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒާހިދު
22 ޖޫން 2017

އިމާދު ސޯލިހު އެމްޑީޕީއާ ގުޅިއްޖެ

22 ޖޫން 2017
އިމާދު ސޯލިހު އެމްޑީޕީއާ ގުޅިއްޖެ
19 ޖޫން 2017

އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު

19 ޖޫން 2017
އެމްޑީޕީގެ ޗެއަރޕާސަން ނައިބު އިދާރީ މަގާމަށް އަލީ ނިޔާޒު
14 މާރިޗު 2017

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް