Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުކުޅަހުގެ މަގު ހެދުމުގެ މަޝްރޫޢު

އުކުޅަހުގެ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފި

20 އޮކްޓޯބަރު 2022 | ބުރާސްފަތި 01:56

މިމަޝްރޫއަކީ 59.48 މިލިއަން ރުފިޔާގެ މަޝްރޫއެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އޮކްޓޯބަރު 2022 | ބުރާސްފަތި 01:56
އއ އުކުޅަސް މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރަނީ

އއ އުކުޅަސް މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރަނީ

އއ އުކުޅަސް މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މިމަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާއެވެ.

Advertisement - newsAdvertisement

މިމަޝްރޫޢުގެ ދަށުން 2678 މީޓަރުގެ 10 މަގެއް ތަރައްގީކުރާނެއެވެ. މިމަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި ސެޓެލްމަންޓް ޓޭންކެއް ބެހެއްޓުމާއި ކޭބަލް ޖަންކްޝަން ބޮކްސް އެއް ވަޅުލުމާއި 4193 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 14،452 އަކަ މީޓަރުގެ ކެރިއެޖްވޭ ސަރަހައްދެއް ގާއިމުކުރުމާއި މަގު ބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމާއި ކަފިހި ހުރަސް ފާހަގަކުރުމާއި ސްޕީޑް ބްރޭކަރ ހަރުކުރުމާއި މަގުމަތީ ސަލާމަތީ ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިމަޝްރޫއަކީ 59.48 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 450 ދުވަސްތެރޭގައެވެ.

އއ. އުކުޅަހުގެ އާބާދީގެ ގޮތުގައި 1059 މީހުން ލިޔެކިޔުންތަކުން ފެންނަން އޮތަސް ރަށުގައި 1700 މީހުން ދިރިއުޅެމުން އަންނަކަމަށް އެރަށު ކައުންސިލުން ބުނެއެވެ. މީގެ މައިގަނޑު ސަބަބަކީ އއ. އުކުޅަހުގައި ގެސްޓްހައުސް ވިޔަފާރި ވަރަށް ބާރު ސްޕީޑުގައި ކުއިއަރާފައިވުމެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރުވެގެން ބޭއްވި އިނާމު ދިނުމުގެ ހަފްލާގައި އެންމެ ކުރިއަރަމުން އަންނަ ގެސްޓްހައުސް މަންޒިލުގެ ރަން އެވޯޑުވެސް ހޯދާފައިވަނީ އއ. އުކުޅަހުންނެވެ.

މިރަށުގައި ފަތުރުވެރިކަމަށް ރެޖިސްޓަރުކޮށް ހިންގަމުންދާ 34 ގެސްޓްހައުސް މިހާރުވެސް އެބަހުއްޓެވެ. ފަތުރުވެރިކަން އެންމެ ރަނގަޅު ދުވަސްވަރުގައި ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު 2،000 އާއި ގާތްކުރާނެކަމަށް ކައުންސިލުން ލަފާކުރެއެވެ. އެގޮތުން މިރަށުގައި ރައްޔިތުންނާއި އަދި ރަށަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށްވެސް އެންމެ ދަތިވާކަމަށް ފާހަގަކުރާ އެއް ކަމަކީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމެވެ.

ވިއްސާރަ ދުވަސްކޮޅެއްނަމަ މިހާރުވެސް ފެން ރަނގަޅަށް ނުހިނދި އެތައް ދުވަހެއް ހުރެއެވެ. އަދި މަގުގައި އެތަކެއް އަޑިގުޑަންތައް ހުރުމުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެތަކެއް ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ. މަގު ހިކިފައި އޮންނައިރު ހިރަފުހުގެ އުނދަގޫވެސް އެހާމެ ބޮޑުކަމަށް ރައްޔިތުން ބުނެއެވެ. އއ. އުކުޅަހަކީ އެ އަތޮޅަށް ބަލާއިރުވެސް އެންމެ ގިނަ އަދަދަކަށް ސައިކަލު އަދި ރަށު ޕިކަޕް ބޭނުންކުރަމުން އަންނަށް އެއް ރަށްކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް ރަށުގައި ފުރިހަމަވެފައިވުމާއެކު އެ ރަށު ރައްޔިތުންގެ މިހާރު އޮތް އެންމެ ބޮޑު އެއް އުންމީދަކީ މަގުތައް ރަނގަޅު ފެންވަރަކަށް ހެދޭނެ ދުވަހަކަށް ކަމުގައި ކައުންސިލުން ބުނެއެވެ. އެހެންކަމުން މިސޮއިކުރެވުނު މަޝްރޫޢާއެކު، އުކުޅަހުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރާނެ ދުވަހަކަށް އެ ރަށުގެ ރައްޔިތުން ކުރަމުން އައި އިންތިޒާރު ނިމުމަކަށް އަންނާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

03 މާރިޗު 2017

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
21 ފެބުރުއަރީ 2017

ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި

21 ފެބުރުއަރީ 2017
ޓެކުހަށް މަކަރު ހެދުމުގެ މައްސަލައަކާ ގުޅިގެން 160،000 ރުފިޔާ ދައްކަން އަމުރުކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް