Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޓީބީ އޭޝިޔާ 2022

އެމްއެމްޕީއާރުސީއިން އިންޑަސްޓްރީގެ 18 ޕާޓްނަރުންނާއެކު އައިޓީބީ އޭޝިޔާ 2022 ގައި ބައިވެރިވަނީ

ދަތުރުވެރިންނަށް އެންމެ ރަައްކާތެރި އެއް މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޮކްޓޯބަރު 2022 | ބުދަ 09:15
އައިޓީބީ އޭޝިޔާ 2022 ގައި އެމްއެމްޕީއާރުސީން ބައިވެރިވަނީ

އައިޓީބީ އޭޝިޔާ 2022 ގައި އެމްއެމްޕީއާރުސީން ބައިވެރިވަނީ

ދެކުނުއިރުމަތީ އޭޝިޔާގައި ކުރިއަށްދާ އެންމެ މަގުބޫލު އެއް ފެއަރ ކަމުގައިވާ އައިޓީބީ އޭޝިޔާ 2022 ގައި މި މާކެޓުގެ އެންމެ މަގުބޫލު ޑެސްޓިނޭޝަންގެގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑަސްޓްރީގެ 18 ޕާޓްނަރުންނާއެކު ބައިވެރިވެއްޖެއެވެ.

މި އިވެންޓް ކުރިއަށްދަނީ ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އަދި ކޮންވެންޝަން ސެންޓަރގައި 19 - 21 އޮކްޓޯބަރުގެ ނިޔަލަށެވެ. މި ފެއަރގައި ބައިވެރިވުމުގެ މަގުސަދަކީ ދެކުނުއިރުމަތީ އޭޝިޔާ މާކެޓުގައި ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓައި، ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާާކޮށް، އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތަތަކުގެޕްރޮޕާޓީތައް އިޝްތިހާރުކުރުމަށް ފުރުސަތު ހުޅުވާލުމެވެ.

Advertisement - newsAdvertisement

އައިޓީބީ އޭޝިޔާ އަކީ އޭޝިޔާ ޕެސިފިކް ޓްރެވެލް ޓްރޭޑަށް އަމާޒުކޮށް ކުރިއަށްދާ އެންމެ މަގުބޫލު އެއް ބީޓުބީ ފެއަރއެވެ. އޭޝިޔާ ޕެސިފިކް، ޔޫރަޕް، އެމެރިކާ، އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކުން މި ފެއަރގައި ބައިވެރިވެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ މަންޒިލްތަކާއި, އެއަަރލައިން، އެއަރޕޯޓް، ހޮޓެލް، ރިޒޯޓް، އަދި ތީމް ޕާކްތައް ފަދަ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަފާތު އެކި ދާއިރާތަކަށް ނިސްބަތްވާ ކުންފުނިތައް ހިމެނެއެވެ. މި އިވެންޓު މެދުވެރިކޮށް އެމްއެމްޕީއާރުސީއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި (ރިސޯޓް، ހޮޓެލް، ގެސްޓްހައުސް , ލިވަބޯޑް) އަދި ތަފާތު ތަޖުރިބާތައް އިޝްތިހާރު ކުރާނެއެވެ. އަދި މި ދުވަސްވަރު ދަތުރުވެރިންނަށް އެންމެ ރަައްކާތެރި އެއް މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރާނެއެވެ.

މި ފެއަރގައި 'ޑެސްޓިނޭޝަން ރީޑިސްކަވަރީސް' ގެ ނަމުގައި ކުރިއަަށްދާ ޑިސްކަޝަންގައި އެމްއެމްޕީއާރުސީގެ ޗީފް އެގްސެކެޓިވް އޮފިސަރ އަދި މެނޭޖިންގް ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ބައިވެރިވުމަށް ތާވަލްކޮށްފައިވެއެވެ. ޖަޕާން ނޭޝަނަލް ޓޫރިޒަމް އޯގަނައިޒޭޝަން މި ޕެނަލްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މި ޕެނަލްގައި ތޮއްޔިބް ވާހަކަ ދައްކަވާނީ ޑިޖިޓަލް ކޭމްޕޭންތަކާއި ވަރޗުއަލް އިވެންޓްތަކާއި ހައިބްރިޑް އިވެންޓްތަކުގެ މުހިންމުކަމާ ބެހޭގޮތުންނެވެ. އަދި ބަދަލުވަމުންދާ ޓްރެވަލާ ޓްރެންޑްތަކާ ބެހޭ ގޮތުންވެސް މި ޕެނަލްގައި ތޮއްޔިބް ވާހަކަ ދައްކަވާނެވެ. މި ޕެނަލްގައި ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ކުރިއަށްދާނެއެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދެކުނު އިރުމަތީ އޭޝިއާ މާކެޓުން ރާއްޖެއަށް 23,080 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އެމްއެމްޕީއާރުސީއިން މި މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ބާއްވަމުންދެއެވެ. މީގެތެރޭގައި ސްޓޭކްހޯލްޑަރުންނާއެކު ހިންގާ ޖޮއިންޓް މާކެޓިންގ ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއަރތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ-ލާނިންގ ޕްރޮގްރާމްތަކާއި އެހެނިހެން އިވެންޓްތައް ހިމެނެއެވެ. މި ގޮތުން މި އަހަރު މިހާތަނަށް ވަނީ މައިބަމްޕް މީޑިއާއާއެކު ކެބްވަރޓައިޒިން ކެމްޕޭނެއް ހިންގާފައެވެ. އަދި މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ (މައިޑް) 2022، މާޓާ 2022، ތައިލެންޑް ޑައިވް އެކްސްޕޯ 2022 އަދި އެޑެކްސް އޭޝިއާ ސިންގަޕޯ 2022 ގައި ބައިވެރިވިއެވެ. މީގެ އިތުރުން އިންޑޮނޭޝިއާ މީޑިއާއަށް ހާއްސަކޮށްގެން ފެމިލިރައިޒޭޝަން ދަތުރެއްވެސް އެމްއެމްޕީއާރުސީއިން ވަނީ ހޯސްޓްކޮށްފައެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނަރތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައްވެސް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2020

އައިޓީބީ ކެންސަލްވުމާއެކު އޭގެ ގެއްލުން ދަނީ ވަމުން: ތޮއްޔިބު

06 މާރިޗު 2020
އައިޓީބީ ކެންސަލްވުމާއެކު އޭގެ ގެއްލުން ދަނީ ވަމުން: ތޮއްޔިބު
28 ފެބުރުއަރީ 2020

ކޮރޯނާވައިރަސްއާއި ގުޅިގެން އައިޓީބީ ޓުއަރިޒަމް ފެއާ ކެންސަލްކޮށްފި

28 ފެބުރުއަރީ 2020
ކޮރޯނާވައިރަސްއާއި ގުޅިގެން އައިޓީބީ ޓުއަރިޒަމް ފެއާ ކެންސަލްކޮށްފި
20 އޯގަސްޓު 2019

އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދަން ތިން ކުންފުންޏެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

20 އޯގަސްޓު 2019
އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދަން ތިން ކުންފުންޏެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
19 އޯގަސްޓު 2019

އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ ދެކުނު އޭޝިޔާގެ ސްޕީކަރުންގެ ސަމިޓް އަންނަ މަހު

19 އޯގަސްޓު 2019
އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ ދެކުނު އޭޝިޔާގެ ސްޕީކަރުންގެ ސަމިޓް އަންނަ މަހު
14 ޖުލައި 2019

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ރާއްޖެ ވަޑައިގެންފި

14 ޖުލައި 2019
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ރާއްޖެ ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު