Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްތުވާތަކެތީގެ މައްސަލަ

ޕޮލިސް ޗެކްޕޮއިންޓަކުން ސަލާމަތްވާން އުޅުނު މީހަކު އަތުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް

ފެނުނު ތަކެތި ތަހުލީލު ކުރި އިރު، އޭގައި 5.0862 ގްރާން މެޓަމްފެޓަމިން ރެސިމޭޓް ހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2022 | ބުދަ 07:06
ފުލުހުން މަގުމަތި ބަލަހައްޓަނީ

ފުލުހުން މަގުމަތި ބަލަހައްޓަނީ

ފުލުހުންގެ ޗެކްޕޮއިންޓަކުން ސަލާމަތްވާން ސައިކަލް ޕާކްކުރި މީހަކު ބަލާ ފާސްކުރި އިރު ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި އުމުރު ދުވަހު ޖަލުހުކުމެއް އިއްވައިފިއެވެ.

މި މައްސަލައަކީ 22 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ދަންވަރު 12:40 ހާއިރު، ފާށަނާކިލޭގެފާނު މަގުގައި ހުންނަ ފަސޭހަ ޕޮއިންޓް 2 ކައިރީގައި ފުލުހުންގެ ޗެކްޕޮއިންޓަރުން އެއްގަމު އުޅަނދު ބަލާފަސްކުރަމުން ދިޔަ އިރު، އެވަގުތު ކ. މާލެ، ހ. ސަތުހު، މިސްހާދު ނަޝީދު ސައިކަލެއްގައި ދުއްވާފައި އައިސް ފުލުހުން ފެނުމުން ސައިކަލު ޕާކުކުރަން އުޅުމުން، މިސްހާދު ނަޝީދުގެ އަމަލުތަކާމެދު ފުލުހުންނަށް ޝައްކުކުރެވިގެން ހުއްޓުވައި ބަލާ ފާސްކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިސްހާދު ހުއްޓަވައި ބަލާ ފާސްކުރަމުންދަނިކޮށް، މިސްހާދުގެ ކަނާއަތުގެ މުށުތެރެއިން ހުރި ދިމާ ބިންމައްޗަށް ރަބަރު ޕެކެޓެއް ވައްޓާލިތަން ފުލުހުންނަށް ފެނިފައިވެއެވެ. އަދި ފެނުނު ތަކެތި ތަހުލީލު ކުރި އިރު، އޭގައި 5.0862 ގްރާން މެޓަމްފެޓަމިން ރެސިމޭޓް ހުރިކަމަށް މަސްތުވާތަކެއްޗާ ބެހޭ ތަހްލީލު ރިޕޯޓުން ދެއްކިއެވެ.

އަދި މި ވާގިއާތުގެ މައްޗަށް ބިނާކޮށް، މިސްހާދުގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރަފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 111 ވަނަ މާއްދާގެ (ހ) އާއި 140 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ މި ގާނޫނޫގެ 111 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައުވާ އުފުލާފައިވެއެވެ.

މި ދައުވާ ނިންމި ގޮތަކީ ޕްރޮސެކިއުޝަންއިން ހުށަހެޅި ހެކިންގެ ހެކިބަހުން، މިސްހާދު ނަޝީދު މި ކުށްކުރިކަމަށް އެކަށީގެންވާ ހެކި ޝަރީއަތަށް ލިބިފައިވާތީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޖަދުވަލު 1 ގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ މިސްހާދުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.

މި މައްސަލައިގައި ހުކުމުގައި ބުނެފައިވަނީ މަސްތުވާތަކެއްޗާއިބެހޭ ގާނޫނުގެ 111 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިސްހާދު ނަޝީދު، ޖަދުވަލު 1 ގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކްކުރުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 111 ވަނަ މާއްދާގެ (ނ) އާއި ހަވާލާދީ، މިސްހާދު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު، 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅައި، މި ފައިސާ 1 އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު