Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާށިދޫ ކައުންސިލާ ރައީސް ބައްދަލުކުރެއްވުން

ކާށިދޫ ފެނުގެ މަސައްކަތް ނިމުމުން މަގު ހަދަން ފެށޭނެ: ރައީސް

ބަނދަރުގެ މަސައްކަތާއެކު ބިން ހިއްކުމުގެ މަސައްކަތްވެސް ފެށިގެންދާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 އޮކްޓޯބަރު 2022 | ހޯމަ 12:50
ރައީސުލްޖުމްހޫރިއްޔާ ކާށިދޫ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ކާށިދޫ ކައުންސިލާ ބައްދަލުކުރެއްވުން

އަންނަ އަހަރުގެ މެދުތެރޭގައި ކާށިދޫގެ ފެނުގެ މަސައްކަތް ނިމުމުން، މަގު ހެދުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި މަގު ހެދުމުގެ މަސައްކަތް ފެށިގެންދާނެކަން އިއުލާނުކުރައްވައި ރައީސް ވިދާޅުވީ ކާށިދޫގެ ބިންހިއްކުމަކީ ކާށިދޫގެ ރައްޔިތުންވެސް ބޭނުންވެފައިވާ ކަމެއް ކަމުގައިވާތީ، ކާށިދޫގެ އައު ބަނދަރު ހެދުމުގެ މަސައްކަތާއި އެކު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ކަމާއި ގުޅޭ ފަރާތްތަކާއި އެކު މަސައްކަތް ކުރައްވާނެކަމަށެވެ.

މިކަމަށް ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ކާށިދޫއަށް އެންމެ ބޭނުންވާ ތަރައްގީގެ މަސައްކަތްތައް ފާހަގަ ކޮށްފައިވެއެވެ. މިގޮތުން ކާށިދޫގެ އައު ބަނދަރު ހެދުމާއި، ބިންހިއްކުމާއި، ރަށުގެ ކުނީގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ ފާހަގަ ކޮށްފައި ވެއެވެ.

ކާށިދޫގެ ސިއްޙީ ޚިދުމަތާއި ގުޅޭ ގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަންނަ އަހަރު ކާށިދޫ ސިއްޙީމަރުކަޒަށް އަންހެނުންނާއި ކުޑަކުދިންގެ ޑޮކްޓަރެއް ފޮނުވޭނެ ކަމަށާއި، ސިއްޙީޚިދުމަތް ތަރައްޤީކުރުމަށް އިތުރު މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.

ކާށިދޫގައި މިސަރުކާރުން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު، ގިނަ މަޝްރޫޢުތަކެއް ވަނީ ޕްލޭނިންގ މަރުޙަލާގައެވެ. މިގޮތުން ކާށިދޫގައި ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި ކާށިދޫގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތާއި، ސިއްޙީމަރުކަޒު އަޕްގްރޭޑް މަސައްކަތާއި، މައިކްރޯ ގްރިޑް ޑިސެލިނޭޝަން ޕްލާންޓްގެ މަސައްކަތް ހިމެނެއެވެ.

ކާށިދޫރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

މަސްތުވާތަކެއްޗާއެކު ކާށިދޫ ވަލުތެރެއިން 2 މީހަކު ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
 މަސްތުވާތަކެއްޗާއެކު ކާށިދޫ ވަލުތެރެއިން 2 މީހަކު ހައްޔަރުކޮށްފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު