Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޤަތަރުގެ އިންސާނީ ޙައްޤުތައް

ވޯލްޑްކަޕަށް ގާތްގަނޑަކަށް މަހެއް: ޤަތަރުގެ އިންސާނީ ޙައްޤުތަކާ މެދު ބޮޑެތި ސުވާލުތަކެއް!

މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އަދިވެސް އިތުރު ނަތީޖާތަކެއް ނެރޭ މަންޒަރު، ޤަތަރުން ފެންނަން ޖެހޭ ކަމަށް ކައުންސިލް އޮފް ޔޫރަޕްސް ޕާލަމެންޓްރީ އެސެމްބްލީއިންވަނީ ބުނެފަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2022 | އާދީއްތަ 07:06
ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަތަރަށް ހިޖުރަކޮށްގެން މަސައްކަތް ކުރާ މީހުންގެ ޙައްޤުތައް ކަށަވަރު ކުރުމުގައި ޤަތަރުގައި އިހުމާލުތަކެއް ހުރި ކަމަށް ދަނީ ބުނަމުން

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަތަރަށް ހިޖުރަކޮށްގެން މަސައްކަތް ކުރާ މީހުންގެ ޙައްޤުތައް ކަށަވަރު ކުރުމުގައި ޤަތަރުގައި އިހުމާލުތަކެއް ހުރި ކަމަށް ދަނީ ބުނަމުން

ދުނިޔޭގެ ތައްޓަށް ކުޅޭ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް އެ ޤައުމުގައި ފެށުމަށް ދޮޅުމަހެއްހަށްވުރެ ވެސް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ޤަތަރުގެ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރު ކުރުމުގައި އެ ޤައުމުން ގެނެސްފައިވާ އިސްލާހީ ބަދަލުތައް، ކައުންސިލް އޮފް ޔޫރަޕްސް ޕާލަމެންޓްރީ އެސެމްބްލީއިން މުރާޖާކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޤަތަރަށް ހިޖުރަކޮށްގެން މަސައްކަތް ކުރާ މީހުންގެ ޙައްޤުތައް ކަށަވަރު ކުރުމުގައި ޤަތަރުގައި އިހުމާލުތަކެއް ހުރި ކަމަށް ބުނެ، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ގިނަ ޖަމާއަތްތަކެއްގެ ފާޑުކިއުންތައް، ޤަތަރު ސަރުކާރަށް ވަނީ އަމާޒު ވެފައެވެ.

ކަން މިހެން އޮތް އިރު، މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އަދިވެސް އިތުރު ނަތީޖާތަކެއް ނެރޭ މަންޒަރު، ޤަތަރުން ފެންނަން ޖެހޭ ކަމަށް ކައުންސިލް އޮފް ޔޫރަޕްސް ޕާލަމެންޓްރީ އެސެމްބްލީއިންވަނީ ބުނެފައެވެ.

ކައުންސިލް އޮފް ޔޫރަޕްސް ޕާލަމެންޓްރީ އެސެމްބްލީގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ޤަތަރު ތަމްސީލު ކުރެއްވީ ޤަތަރުގެ ސުޕްރީމް ކޮމިޓީ ފޮރ ޑެލިވަރީ އެންޑް ލެގަސީގެ ސީނިއަރ އެޑްވައިޒަރ ފޮރ ވަރކާޒް ވެލްފެއަރ އެންޑް ލޭބަރ ރައިޓްސް، މަޙްމޫދު ޤުތޫބުއެވެ. އަޑުއެހުމުގައި ޤަތަރުގެ ދިފާޢުގައި ވާހަކަ ކުރިއަށް ގެންދަވަމުން ޤުތޫބު ވިދާޅުވީ، މަސައްކަތްތެރިންނަށް ކުރިމަތިލާން ޖެހޭ ތަކުލީފުތަކުގެ ވާހަކަތައް، އެއްވެސް ބިރަކާ ނުލާ ހިއްސާ ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ވާނެ ކަމަށާއި، މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރު ކުރާނެ އާ މިންގަނޑުތަކެއްވެސް ތަޢާރަފު ކޮށްފައި ވާނެ ކަމަށެވެ.

ނޯވޭގެ ފުޓުބޯޅަ އެސޯސިއޭޝަންގެ އިސްވެރިޔާ ލީއްޒަ ކްލާވަނަސް ވަނީ، ޤަތަރުން އަދިވެސް ރިޢާޔަތް ކުރަން ޖެހޭ މައްސަލަތަކެއް އެބަހުރި ކަން ފާހަގަކޮށްފައެވެ. އެގޮތުން ބަޔާންކޮށްދޭން ނޭނގޭ ގޮތަށް މަރުވެފައިވާ މަސައްކަތްތެރިންގެ މަރުގެ ކޭސްތައް މިނިވަންކަމާއެކު ތަޙުޤީގު ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

ޤަތަރަކީ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތެއް، މެދުއިރުމަތީގައި ހޮސްޓް ކުރާ ފުރަތަމަ ޤައުމެވެ.

2.8 މިލިއަން މީހުންގެ އާބާދީއެއް އޮތް ޤަތަރުގެ އާބާދީގެ ބޮޑުބައެއް ހިއްސާ ކުރަނީ ހިޖުރަވެރި މަސައްކަތްތެރިންނާއި އެ ނޫންވެސް ބިދޭސީންނެވެ. މަސްދުވަހުގެ މުއްދަތަށް ދެމިގެންދާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާ ދިމާކޮށް 1.2 މިލިއަނެއްހާ މީހުން ޤަތަރަށް ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ އިރު، އެ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ޤަތަރުން ދަނީ ވަގުތީ މުވައްޒަފުންގެ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މުވައްޒަފުންނެއް ރެކްރޫޓު ކުރަމުންނެވެ.

ވޯލްޑްކަޕް 2022ދުނިޔެގަތަރު

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމަކީ "ދޯކާ"އެއް: ވިކްޓޮފް

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

ޤަތަރަށް ދޭ ހަމަލާތަކާ ގުޅިގެން، އެމެރިކާ އިން އަސްކަރީ ފިޔަވަޅު އެޅުމުގެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

02 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

ޣައްޒާ ހަނގުރާމަ ނިންމުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ

01 އޮކްޓޯބަރު 2025
އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

އެއްބަސްވުމާ މެދު ގޮތެއް ނިންމުމަށް، ހަމާސް އަށް ވަކި މުއްދަތެއް ދީފި

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު