Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯންޗު ބަންޑުން ޖަހާލި ހާދިސާ

ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ތެދު މައުލޫމާތެއް ނުދޭ، ބުނަނީ މަހަށް ނުކުމެ އުޅުނުކަމަށް

15 އޮކްޓޯބަރު 2022 | ހޮނިހިރު 07:44

ލޯންޗުން ވަރަށް ގިނަ މިންވަރަކަށް ތެޔޮ ފެނިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 އޮކްޓޯބަރު 2022 | ހޮނިހިރު 07:44
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މި މަހުގެ 5 ވަނަ ދުވަހު އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ މުހައްމަދު މިންހާޖު ގެއްލުނު ހާދިސާގައި އޭނާއާއި އިތުރު މީހަކު ކުރަމުންދިޔަ ދަތުރާ ބެހޭގޮތުން ލިބެމުންދާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫންކަމަށް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވެއްޖެއެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ކުރި ދަތުރާ ގުޅޭގޮތުން، މި ހާދިސާގައި ސަލާމަތްވެ އއ. ފެރިދޫއަށް އެރި އަލީ އަހްމަދުގެ ފަރާތުން ސާފުކުރަންޖެހޭ މައުލޫމާތު ސާފުކޮށްފައިވާކަމަށް ބަޝީރު ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން ދަތުރާ ގުޅިގެން ލިބެމުންދާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫންކަމަށް ބަޝީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން އެމީހުން ނުކުމެ އުޅުނީ މަހަށްކަމަށާއި، ލޯންޗު ބަންޑުންޖަހާލިއިރުވެސް އޭނާއާއެކު ގެއްލިގެން ހޯދަމުންދާ މުހައްމަދު މިންހާޖް ކަނޑުގައި އުޅުނުކަމަށް އަހްމަދު މައުލޫމާތު ދީފައިވާކަމަށް ބަޝީރު ވިދާޅުވިއެވެ. އަދި ރޭގަނޑުވުމުން އަހްމަދަށް މިންހާޖް ގެއްލުނީ ކަމަށް ބުނެފައިވާކަން ބަޝީރު ފާހަގަކުރެއްވިއެވެ. ލޯންޗުން ވަރަށް ގިނަ މިންވަރަކަށް ތެޔޮ ފެނިފައިވާކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.

މި މައުލޫމާތުތަކަށް ބަލާއިރު، މިއީ ތެދު މައުލޫމާތު ނޫންކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ދެމީހުންނަކީވެސް މަސްތުވާތަކެތީގެ ރިކޯޑް އޮތް ދެމީހުންކަމަށް ބަޝީރު ވިދާޅުވިއެވެ.

މިންހާޖް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ އަތޮޅު އިރުމަތިން) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 ކޮޑިމޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި އއ. މާޅޮހު ފަޅުގައި އޮތް، ބަންޑުންޖަހާލި ލޯންޗު އާދިއްތަ ދުވަހު 13:30 އެހާކަންހާއިރު ކަފުޖަހައިގެން ހިމަންދޫއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މަހުގެ 7 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ ކަނޑުމަތީގެ އޮޕަރޭޝަނެއް، ވައިގެ މަގުންވެސް ހިންގާފައެވެ. މި މަސައްކަތް ހުއްޓާލާފައިވަނީ ކަނޑު މަގުންނާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބެލުމަށްފަހު، މިދިޔަ އަންގާރަ ދުވަހުއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް