Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިއާއުގެ މަރު

މަރުވިފަހުންވެސް ޝިއާއުގެ ހަށިގަނޑަށް ހަމަލާ ދީފައިވޭ، ޝާހިލްގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި އެބަހުރި: ފުލުހުން

ޝިއާއުގެ ގާތިލަކީ ޝާހިލްކަން ސާބިތުވާވަރަށް ހެކި އެބަހުރިކަމަށް ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 އޮކްޓޯބަރު 2022 | ހޮނިހިރު 06:41
ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް

ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް

މިދިޔަ އޮގަސްޓް މަހު ހ. ޝީރީން ވިލާގައި މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު، މަރުވިފަހުންވެސް އޭނާގެ ހަށިގަނޑަށް ހަމަލާދީފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، ޝިއާއުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އޭނާ މަރުވީ ހަށިގަނޑަށް ދީފައިވާ އަނިޔާތަކުގެ ސަބަބުންނެވެ. އަދި އޭނާ މަރުވިފަހުންވެސް ހަށިގަނޑަށް ހަމަލާދީފައިވެއެވެ.

ބަޝީރު ވިދާޅުވި ގޮތުގައި، ޝިއާއުގެ މަރުގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން، އޭނާގެ މަރާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެގޮތުން 45 މީހުންނަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް ސީސީޓީވީ ފުޓޭޖުތައް ބަލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ އެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ އަލީ ޝާހިލްގެ ފޯނުން ޑޭޓާ ހޯދުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ ޝާހިލުގެ އެއްބާރުލުން ތަހުގީގަށް ނުލިބޭ ކަމަށެވެ. އޭނާ އެ މައްސަލައާ ގުޅޭގޮތުން ސީދާ ވާހަކަދައްކަން ބޭނުންނުވިނަމަވެސް، އޭނާ ޝިއާއު ގަސްތުގައި މަރާލިކަން ސާބިތުވާވަރަށް ހެކި ލިބިފައިވާ ކަމަށާއި، މަރާލިގޮތުގެ ތަފްސީލުވެސް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ފޯނުން ޑޭޓާ ހޯދުމުގެ މަސައްކަތް ކުރަނީ ޝިއާއު މަރާލުމުގެ އަސްލު މޯޓިވް ހޯދުމުގެ ބޭނުމުގައެވެ. ޝިއާއު މަރާލީ ޝާހިލްކަން އެނގޭވަރަށް ހެކި ލިބިފައި ހުރިނަމަވެސް، ތަހުގީގު ކުރިއަށްގެންދަނީ އެ މަރުގެ ސަބަބު ނުވަތަ މޯޓިިވް ހޯދުމަށްކަމަށް ފުލުހުން ބުނެއެވެ. އެކަން މިހާރު ކުރިއަށްދާކަމަށާއި، މޯޓިވްގެގޮތުގައި ގަބޫލުކުރެވޭ ކަންކަން އެބަހުރިކަންވެސް ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ އެ އިދާރާއިން ބަލަމުންދަނީ ވަރަށް ފުޅާ ވިސްނުމެއްގައެވެ. މިގޮތުން އެކި ފަރާތްތަކުން ތަފާތު ވާހަކަތައް އަޑުއިވިފައިވާކަމަށާއި، އޭގެތެރޭގައި އިސްލާމް ދީން ނޫން އެހެން ދީންތައް ޕްރެކްޓިސްކުރާ ކަމާއި "ކަލްޓް" ޕްރެކްޓިސްކުރާކަމުގެ ވާހަކަތައްވެސް އަޑުއިވިފައިވާ ކަމަށެވެ. ނަމަވެސް މިއީ ސީދާ މަރުގެ މޯޓިވް ކަމަށް ބުނަން ނޭނގޭކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނީ މި މައްސަލަ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެކަމަށެވެ. އޭނާ މިހާތަނަށް ކުށަށް އިއުތިރާފުވެފައި ނުވާކަމަށާއި، އަދި އޭނާގެ ނަފްސާނީ އެއްވެސް މައްސަލައެއް ނެތްކަން މިހާތަނަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުތަކުން މިހާތަނަށް ދައްކާ ގޮތުން، ޝިއާއު މަރާލާފައިވަނީ ރާވައިގެން ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޝިއާއުގެ މަރު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު