Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިންޓްކުރި އެއްގަމު މަސް

ޕްރިންޓްކުރި "އެއްގަމު މަސް": ސުފުރާއަށް އައު ތަޖުރިބާއެއް!

ތުރީޑީ ޕްރިންޓެޑް "ގެރި މަސް" ތައްޔާރު ކުރަނީ ސޯއީ، ޕީޒް ޕްރޮޓީންސް، ސަނާމުގު، ބީޓްރޫޓް، ނިއުޓްރިޝަނަލް ޔީސްޓް އަދި ކާށި ސަރުބީ ބޭނުންކޮށްގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 އޮކްޓޯބަރު 2022 | ހޮނިހިރު 05:23
ހާހެއްހާ ރެސްޓޯރަންޓުން މިހާރުވެސް ދަނީ ރީޑިފައިން މީޓުން ޕްރިންޓްކުރާ 2 ޕައުންޑް ސްޓޭކަށް، 40 ޑޮލަރު ދެމުން

ހާހެއްހާ ރެސްޓޯރަންޓުން މިހާރުވެސް ދަނީ ރީޑިފައިން މީޓުން ޕްރިންޓްކުރާ 2 ޕައުންޑް ސްޓޭކަށް، 40 ޑޮލަރު ދެމުން

ވަކިން ޚާއްސަކޮށް ހުޅަނގުގެ ބާރުތަކުން ފަތުރަމުންދާ ނުފޫޒާއެކު، ބައެއް މީހުންގެ ކެއިން ބުއިމުގެ އާދަތަކަށްވެސް ވަނީ ބަދަލު އައިސްފައެވެ. މި މޭރުމުން އެންމެ މަޝްހޫރުވަމުންދާ އެއް ޓްރެންޑަކީ ޖަނަވާރާއި ޖަނަވާރުގެ އެކި ބައިތައް ބޭނުންކޮށްގެން އުފައްދާ އެކި ކަހަލަ ބާވަތްތައް ކެއުމުން އިސްތިސްނާވެ، ގަސްގަހާގެހީގެ ބައިތަކުން އުފައްދާ ބާވަތްތަކަށް ބަރޯސާވުމެވެ. ނުވަތަ "ވީގަން"އަކަށް ވުމެވެ. އެފަދަ ގޮތަކަށް ކެއިންބުއިމުގެ އާދަތައް ބަދަލުކުރިކަމުގައި ވީނަމަވެސް، ޖަނަވާރުގެ މަހުގެ އުފެއްދުންތަކަށް ނަފްސު އެދި ގޮވާ ގޮވުންތައް މަދުނުވުމުގެ ނަތީޖާއެއްގެ ގޮތުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ޖަނަވާރުގެ މަހުގެ އުފެއްދުންތަކާ ވީހާވެސް އެއްގޮތަށް ވީގަން ކާނާގެ ބާވަތްތައް ތައްޔާރުކުރުމުގެ އޮއިވަރު މިހާރު ދަނީ ގަދަވަމުންނެވެ.

އެފަދަ އެއް ކުންފުންޏަކީ އިޒްރޭލުގެ ރީޑިފައިން މީޓްއެވެ. ރީޑިފައިން މީޓް ކުންފުނިން މިހާރު ވަނީ ތުރީޑީ ޕްރިންޓިންގް ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކުރާ "ގެރި މަސް"، ފުޅާ ދާއިރާއެއްގައި ވިލާތަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. އެ ކުންފުނީގެ ކާރުޚާނާއެއް ނެދަލަންޑްސްގައިވެސް މިހާރު ވަނީ ހުޅުވާފައެވެ.

ކުންފުނީގެ ތުރީޑީ މަޝްރޫއާބެހޭގޮތުން ވާހަކަދައްކަމުން މެނޭޖަރު ޔާރޯން އިޝެލް ވަނީ މަސައްކަތް ކުރިއަށްދާ ގޮތް ތަފްސީލުކޮށްދީފައެވެ.

ރީޑިފައިން މީޓް ކުންފުނިން މަސްނޫއީ ތުރީޑީ ޕްރިންޓަޑް "ގެރި މަސް" ތައްޔާރުކުރަނީ ސޯއީއާއި ޕީޒް ޕްރޮޓީންސްގެ އިތުރުން ސަނާ މުގާއި، ބީޓްރޫޓް އަދި ނިއުޓްރިޝަނަލް ޔީސްޓްއާއި ކާށި ސަރުބީ ބޭނުންކޮށްގެންނެވެ.

ގަސްގަހާގެހީގެ ބާވަތްތައް ބޭނުންކޮށްގެން މަސް ތައްޔާރުކުރުމަކީ މި ފަހަކަށް އައިސް އިންތިހާއަށް ވައިގައި ހިފާފައިވާ ޓްރެންޑެކެވެ. ނަމަވެސް އަދުގެ ދުނިޔޭގެ ބާޒާރުތަކުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން ދިއުމުގެ ސަބަބުން، އެ ޓްރެންޑަށް ފެތުނު ބައެއް މީހުން މިހާރު ވަނީ އަނެއްކާވެސް ހަގީގޯ އެއްގަމު މަސް ކާންފަށާފައެވެ.

ކަން މިހެން އޮތްނަމަވެސް ރީޑިފައިން މީޓްއިން އޮތީ ވަރުގަދަ އަޒުމެއްގައެވެ. ހާހެއްހާ ރެސްޓޯރަންޓުން މިހާރުވެސް ދަނީ ރީޑިފައިން މީޓުން ޕްރިންޓްކުރާ 2 ޕައުންޑް ސްޓޭކަށް، 40 ޑޮލަރު ދެމުންނެވެ.

ޕްރިންޓްކުރި އެއްގަމު މަސް

އިތުރަށް ކިޔާލަން

21 މެއި 2017

"102ނޮޓް އައުޓް" ގެ ފަސްޓް ލުކް ދައްކާލައިފި

21 މެއި 2017
"102ނޮޓް އައުޓް" ގެ ފަސްޓް ލުކް ދައްކާލައިފި
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
12 އެޕްރީލު 2017

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ހަރުފައެއް ގައިދީން އިސްލާހުކޮށްފި

12 އެޕްރީލު 2017
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ހަރުފައެއް ގައިދީން އިސްލާހުކޮށްފި
11 އެޕްރީލު 2017

ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ

11 އެޕްރީލު 2017
ދަރިފުޅަށް ތިން މަސްވީތަނާ ޖެނެޓާއި ވިސާމް ވަރިވެއްޖެ
29 މާރިޗު 2017

ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި

29 މާރިޗު 2017
ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު