Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

އެޗްއާރުސީއެމުން ގުރައިދޫ މަރުކަޒާ ގުޅޭގޮތުން ނެރުނު ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައި: ސަރުކާރު

މައިގަނޑު ހަ ކަމެއް އިސްލާހު ކުރަން އެޗްއާރުސީއެމުން އެންގި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2022 | ހުކުރު 12:15
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ގުޅޭގޮތުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނެރެފައިވާ ރިޕޯޓުގައިވާ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު، މިއުވާން މުޙައްމަދު މިފަދައިން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު އެޗްއާރުސީއެމުން ނެރުނު ރިޕޯޓުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ހުރި މައްސަލަތައް ފާހަގަކުރުމާ ގުޅިގެންނެވެ. މިއުވާން ފާހަގަކުރެއްވި ގޮތުގައި މި ރިޕޯޓަކީ އެޗްއާރުސީއެމުން މި އަހަރުގެ މާޗު މަހުގެ ކުރީ ކޮޅު އެ މަރުކަޒަށް ކުރެއްވި ޒިޔާރަތާ ގުޅޭ ރިޕޯޓެއް ކަމަށެވެ. އަދި އެ އިދާރާއަށް ފާހަގަކުރެވުނު ކަންކަން ހިއްސާ ކުރުމުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އެކަންކަމާމެދު ވަގުތުން ފިޔަވަޅު އަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެޗްއާރުސީއެމްގެ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މިހާރުގެ ހާލަތު އޮތްގޮތް ކަމަށް ނުބެލެވޭނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

އެޗްއާރުސީއެމް އިން ނެރެފައިވާ ރިޕޯޓުގައި ވެސް ވަނީ މިއީ އެ އިދާރާއިން މިއަހަރުގެ މާޗު މަަހުގެ 6-8 އަށް ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި ޒިޔާރަތެއްގައި ފާހަގަކުރެވުނު ކަންކަން ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކަނަކް 2008 ވަނަ އަހަރުން ފެށިގެން ރަނގަޅު ކުރަން އަންގާފައިވާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާގެ ރިޕޯޓުގައި މައިގަނޑު ހަ ކަމެއް އިސްލާހު ކުރަން އަންގައިފައެވެ. އެގޮތުން، ކެއަރވޯކަރުންގެ މަސައްކަތްތަކާއި ބަލި މީހުންގެ ކަންކަން ބެލުމަށް މަރުކަޒުން ކަނޑައަޅާ އުސޫލެއްގެ މަތިން ސުޕަވައިޒަރުން ވޯޑުތަކަށް ޒިޔާރަތްކޮށް، ލިޔެކިޔުންތައް ބެލެހެއްޓުމާއި މަރުކަޒުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް "އެންޓީ ޓޯޗާ" ތަމްރީންތައް ދިނުމާއި މަރުކަޒުން ބަލަހައްޓާ މީހުން، އެކަކު އަނެކަކަށް ކުރާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ އަމަލުތައް ހުއްޓުވާނެ ނިޒާމެއް ހަމަޖައްސައި ފިޔަވަޅު އެޅުން ހިމެނެއެވެ.

މީގެ އިތުރުން ފަރުވާ ދޭން ބޭނުންވާ މުހިންމު ސިއްޙީ އާލާތްތައް ހޯދުމާއި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް ލަފާ ދޭ ބަލި މީހުން އަވަހަށް ޑޮކްޓަރަށް ދެއްކޭ އިންތިޒާމު ހަމަޖެއްސުމާއި ފަރުވާ ހޯދާ މީހުންގެ ވޯޑުތަކުގެ އެތެރެ މޮނިޓަރ ކުރެވޭ ގޮތަށް ސީސީޓީވީ ހަރުކުރުމާއި އެކަންކަން މޮނިޓަރ ކުރުމަށް ވެސް އެޗްއާރުސީއެމުން ވަނީ އަންގައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކ. ގުރައިދޫޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު