Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއިން ނަގާފައިވާ ލޯނުތައް

ރާއްޖެއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ދައްޗެއް އަންނާނެ ކަމަށް ބެލެވެނީ 2026ގައި، އެހެންނަމަވެސް ލޯނު ނުދެއްކޭ ހާލަތެއް ނެތް: އަމީރު

2026ށް ދާއިރު އެ ފަންޑުގައި 600 މިލިއަން ޑޮލަރާ ކައިރިކުރާ އަދަދެއް ހުންނާނެކަމަށް ލަފާކުރެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 14:02
ފިނޭންސް މިނިސްޓަރ އަމީރު

ފިނޭންސް މިނިސްޓަރ އަމީރު

ލޯނު އަނބުރާ ދެއްކުމުގެ ދައްޗެއް އަންނާނެކަމަށް ބެލެވެނީ 2026ގައި ކަމަށާއި، ދުރާލައި ތައްޔާރުވެގެން އެކަމުން އަަރައިގަނެވޭނެކަމުގެ ޔަގީންކަން އެބައޮތްކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، ރާއްޖޭގެ އިގްތިސާދީ ހާލަތާމެދު ވާހަކަފުޅުދައްކަވަމުން އަމީރު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދުގެ ހާލަތު ދަށަށް ދިޔަނަމަވެސް ރާއްޖެއިން ނަގާފައިވާ ލޯނުތައް ނުދެއްކޭނެފަދަ ހާލަތެއް އޮތްކަމަށް ލަފާނުކުރެވޭ ކަމަށެވެ. ރާއްޖެޓީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ އައިއެމްއެފްއާއި ވޯލްޑް ބޭންކްފަދަ ތަންތަނުން ނެރެފައިވާ ރިޕޯޓްތަކުން، ރާއްޖެއިން ނަގާފައިވާ ލޯނުތަކުން ކުރު ރާސްތާގައި ގެއްލުމެއް ނުވާނެކަން އެނގެން އެބައޮތްކަަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު އިތުރަށް ބޮޑުވެގެން ދާނެކަމަށާއި، 2026ށް ދާއިރު އެ ފަންޑުގައި 600 މިލިއަން ޑޮލަރާ ކައިރިކުރާ އަދަދެއް ހުންނާނެކަމަށް ބެލެވޭކަމަށް އަމީރު ވިދާޅުވިއެވެ.

މި ސަރުކާރު އައުމަށްފަހު ސޮއިކޮށްފައިވާ ލޯނު އެއްބަސްވުންތަކަކީ ނިސްބަތުން ލުއި އެއްބަސްވުންތަކެއްކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓަރ އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ލޯނުތަކުގެ އިންޓްރަސްޓް ރޭޓުތައްވެސް ނިސްބަތުން ކުޑަކަމަށް އަމީރު ވިދާޅުވިއެވެ. ހަމައެހެންމެ މިހާރު ނަގާފައިވާ ލޯނުތަކުގައި ލޯނު ދައްކަންޖެހޭ މުއްދަތުވެސް ދިގުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިން ދުނިޔޭގެ އިގުތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރު ރާއްޖެއަށްވެސް ކުރަމުންދާކަން ފާހަަގަކޮށްފައެވެ. އަދި ރާއްޖެއަށްވެސް އިގްތިސާދުގައި ދައުރުވާ ފައިސާ މަދުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށާއި، އޭގެ ސަބަބުން ކޭޝްފްލޯ މެނޭޖްކޮށް، ޕަބްލިކް ސެކްޓަރު އިންވެސްޓްމެންޓްތައް މަޑުޖައްސާލުމުގެ ސިޔާސަތުތަކެއް ސަރުކާރުން ވަނީ ގެންގުޅެފައެވެ.

ފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު