Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަނޑުވެރިންގެ ދުވަސް

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދަނޑުވެރިންނަށް ޚާއްސަ ވޯކްޝޮޕެއް

މިއީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯކްޝޮޕެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 02:34
ވޯކްޝޮޕްގައި ބައިވެރިވާ ދަނޑުވެރިން

ވޯކްޝޮޕްގައި ބައިވެރިވާ ދަނޑުވެރިން

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދަނޑުވެރިންނަށް ޚާއްސަ ވޯކްޝޮޕެއް ފަށައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ވޯކްޝޮޕް މިމަހުގެ 12 ވަނަ ދުވަހު ފަށާފައިވަނީ ކ. ކާށިދޫގައެވެ. މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތު އިފްތިތާޙު ކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދް ނާސިރު އެވެ.

Advertisement - newsAdvertisement

މި ވޯކްޝޮޕް ހުޅުވައި ދެއްވަމުން ޑެޕިއުޓީ މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ދަނޑުވެރިކަން ކުރުމުގައި ދިމާވާ ތަފާތު އެކި މައްސަލަތައް ފާހަގަކޮށް އެ މައްސަލަތަކަށް ހައްލު ހޯދުމަށް ދަނޑުވެރިކަމުގެ ތަމްރީނު އުނގެނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިގޮތުން އަމިއްލަ ގޭބިސީތަކުން ލިބެން ހުންނަ އެއްޗެހި ބޭނުންކޮށްގެން ގަސްތަކަށް ދިމާވާ ތަފާތު ބަލިތަކުން އަރައިގަންނާނެ ގޮތްތައް ދަސްކުރުމުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތައް މެދުވެރިކޮށް ދަނޑުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ދަނޑުވެރިކަން ކުރިއެރުވުމަށް ޑެޕިއުޓީ މިނިސްޓަރު ވަނީ ދަނޑުވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

29 ދަނޑުވެރިންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ފުރަތަމަ ދުވަހުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ދަނޑުވެރިކަން ތަރައްޤީކުރުމުގެ އިތުރުން ދަނޑުވެރިން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ތަފާތު އެކި ޕްރޮގްރާމްތަކުގެ މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ދަނޑުވެރިކަމުގައި އާންމުގޮތެއްގައި ދިމާވާ ބަލިތަކާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތުގެ މައުލޫމާތުގެ އިތުރުން ގަސްތަކަށްޖެހޭ ބަލިތަކާއި ގުޅޭ ފަންނީ މައުލޫމާތުތައް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓްރީ އާއި ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށް ގެންދާ ސަސްޓެއިނަބްލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އެސްއެފްއާރްޑީޕީ)ގެ ދަށުން ދަނޑުވެރިކަމަށް ޕްލޭން ކޮށް، އިންވެސްޓު ކުރުމުގެ އިތުރުން އިންވެސްޓު ކުރުމަށް ރާއްޖެއިން ލިބެން ހުރި ފުރުސަތުތައް ދަނޑުވެރިންނާއި ހިއްސާ ކުރުމަށް ވަނީ ނިންމާފައެވެ.

އަދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ފަރާތުން ދައުލަތުން ދަނޑުވެރިންނަށް ފޯރުކޮށްދޭ 'ދަނޑުވެރި ނަފާ' ލޯނުގެ މައުލޫމާތު ދިނުމުގެ އިތުރުން އެސްޑީއެފްސީގެ ފަރާތުން ދެވޭ ޚިދުމަތްތަކާއި ލޯނަށް އެދުމަށް ކަންކުރަންވީ ގޮތުގެ މައުލޫމާތު ދިނުންވެސް މި ވޯކްޝޮޕްގައި ކުރިއަށް ގެންދާނެއެވެ.

ބިޒްނަސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ)ގެ ފަރާތުން އެ ކޯޕަރޭޝަން މެދުވެރިކޮށް ލިބެންހުރި ފުރުސަތަތަކުގެ އިތުރުން ވެލިއު އެޑިޝަންގެ މުޙިންމު ކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އިންޕޯޓް ޓެރިފް ރެޖީމަށް އިސްލާހު ގެނައުމަށް އެ މިނިސްޓްރީގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކާއި، އެ ބަދަލުތައް ގެނައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައުލޫމާތުވެސް ދަނޑުވެރިންނާއި ހިއްސާކުރާނެއެވެ.

މީގެ އިތުރުން މޫސުމީ މައްސަލަތަކުގެ ސަބަބުން ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަޔާދީ ތަކަފުލްއިން މިހާރު އެކުލަވާލަމުންދާ އިންޝުއަރެންސް ސްކީމްއާއި ގުޅޭ މައުލޫމާތުތައްވެސް މި ވޯކްޝޮޕްގެ ތެރެއިން ކާށިދޫގެ ދަނޑުވެރިންނާއި ހިއްސާކުރެވިގެންދާނެއެވެ.

ދަނޑުވެރިކަންމިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރކ.ކާށިދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ކާށިދޫގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް ބަންދުކޮށް ދެ މީހަކު ހައްޔަރުކޮށްފި

ކާށިދޫގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް ބަންދުކޮށް ދެ މީހަކު ހައްޔަރުކޮށްފި

17 ސެޕްޓެމްބަރު 2025
ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި

ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި

26 ފެބުރުއަރީ 2025
ސަރުކާރަށް 10 މަސް: މަސްވެރިކަމުގެ ސިނާއަތް ފުނޑިއްޖެ

ސަރުކާރަށް 10 މަސް: މަސްވެރިކަމުގެ ސިނާއަތް ފުނޑިއްޖެ

17 ސެޕްޓެމްބަރު 2024
މަސްވެރިންނަށް ދިން އާމްދަނީ މިދިޔަ އަހަރަށްވުރެ 160 މިލިއަން އިތުރު

މަސްވެރިންނަށް ދިން އާމްދަނީ މިދިޔަ އަހަރަށްވުރެ 160 މިލިއަން އިތުރު

27 ޖޫން 2023
"ހޯސާ" އެޕް: މަސްވެރިންގެ އެތައް ކަަންބޮޑުވުމަކަށް ހައްލު

"ހޯސާ" އެޕް: މަސްވެރިންގެ އެތައް ކަަންބޮޑުވުމަކަށް ހައްލު

12 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު