Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑެންގީ ހުން

މިދިޔަ މަހާ އަޅައިބަލާއިރު މި މަހުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރެވޭ މިންވަރު އިތުރު: އެޗްޕީއޭ

މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން މިހާތަނަށް، މާލެއާއި އަތޮޅުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރެވެމުންދާ އަދަދުވެސް އިތުރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2022 | ބުދަ 11:39
ޑެންގީއަކީ ސާފު ފެނުގައި އުފެދޭ އީޑިސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔެއް

ޑެންގީއަކީ ސާފު ފެނުގައި އުފެދޭ އީޑިސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔެއް

މިދިޔަ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު މި މަހުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރެވުނު މިންވަރު އިތުރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި އެޗްޕީއޭއިން ބުނީ މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން މިހާތަނަށް މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވެމުންދާ އަދަދުވެސް އިތުރުވެފައިވާކަމަށެވެ.

Advertisement - newsAdvertisement

އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ އުޅޭ ނިސްބަތް އިތުރުވެގެންދާ ކަމަށާއި، މި އަހަރަކީ ގިނައިން ވިއްސާރަކުރި އަހަރަކަށްވެފައި، މިހާރުވެސް ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރި އާލާވެ އިތުރުވުން ކުރިއަށް އޮތްތަނުގައި ގިނަކަމަށް ބެލެވޭ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ޑެންގީއަކީ ސާފު ފެނުގައި އުފެދޭ އީޑިސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔަކަށްވުމުން މި ބަލިން ރައްކާތެރިވުމަށްޓަކައި، މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުން މަދުކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަޑިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމާއި، މަދިރި ލޯޝަނާއި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުމާއި، ފަތިސް ވަގުތާއި ހަވީރުގެ ވަގުތުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ ކުރެވިދާނެ ކަންކަންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހުސް ފުޅިއާއި ދަޅުފަދަ ތަކެތި، ގޯތި ތެރެއާއި މަގުމައްޗަށް އުކާލުމަކީ އެފަދަ ތަކެތީގައި ފެން ހަރުލައި މަދިރި ބިސް އަޅައި އާލާވުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި، އެފަދަ ކަންކަން ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ހުން ޖެހިއްޖެ ހާލަތެއްގައި ގޭގައިވެސް ފަރުވާ ދެވޭނެއެވެ. އެގޮތުން، އަރާމުކުރުމާއި ގިނަގިނައިން ދިޔާއެއްޗެހި ބޭނުން ކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ކުރެވިދާނެ ކަންކަންކަމަށް އެޗްޕީއޭއިން ބުނެއެވެ. ތިން ދުވަހަށްވުރެ ގިނަ ދުވަހަށް ހުން އައިސް މާބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމުކަމުގައިވެސް އެ އިދާރާއިން ބުނެއެވެ.

ޑެންގީ ހުން ޖެހުމުން، ހުންއައުމުގެ އިތުރަށް އެހެނިހެން ނުރައްކާތަކާ ކުރިމަތިވާކަމަށާއި، ޚާއްސަކޮށް ކުޑަކުދިންނާއި މާބަނޑުމީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބައެއް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީގެ ނުރައްކާ ބޮޑުކަމަށް އެޗްޕީއޭއިން ބުނެއެވެ. އެފަދަ ނުރައްކާތެރި ހާލަތްތައް އަވަހަށް ދެނެގަނެ ފަރުވާ ނުފެށިއްޖެނަމަ ފުރާނައަށް ނުރައްކާވުން ވެސް އެކަށީގެންވެއެވެ.

ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ ޑެންގީ ޖައްސައި އާލާވުމުން ހުއްޓުވުމެވެ. މިކަން ހާސިލްކުރެވޭނީ ލޯކަލް ކައުންސިލްތަކާއި، ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި، ކޮންސްޓްރަކްޝަން އަދި އެހެނިހެން އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސައިޓްތައް ހިންގާ ފަރާތްތަކާއި، އާންމުން ފަރާތްތަކުގެ ބައިވެރިވުން މުހިންމު ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ޑެންގީ ހުންހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި، ވިއްކުމުގެ ލައިސަންސް ނެގުމަށް އެޗްޕީއޭއިން ހަނދާންކޮށްދީފި

02 ޖުލައި 2025
ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ "އިންވޭސިވް މެނިންގޯކޮަކަލް" ބަލީގެ ކޭސްްއެއް ރާއްޖެއިން ފެނިއްޖެ

07 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު