Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔަމަނުގެ ޘަޤާފަތާ ގުޅިފައިވާ މަންދި

ބިމުއަޑީގައި ވަޅުލައިގެން ނޫނީ ނުކެއްކޭ މަންދިގެ ވާހަކަ އަޑު އެހިންތަ؟

12 އޮކްޓޯބަރު 2022 | ބުދަ 06:59

މަންދި ތައްޔާރު ކުރަނީ ކަންބަޅި މަސް ބޭނުން ކޮށްގެން، ކަންބަޅި މަސްގަނޑު މީރު ކުރަނީ، އެކަމަށް ހާއްސަ ހަވާދުގަނޑެއް ބޭނުންކޮށްގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 12 އޮކްޓޯބަރު 2022 | ބުދަ 06:59
ޔަމަނުގެ ޘަޤާފީ އާދަކާދައަށް ބަލާއިރު، މަންދި ލިބެނީ ހާއްސަ މުނާސަބާތަކުގައި

ޔަމަނުގެ ޘަޤާފީ އާދަކާދައަށް ބަލާއިރު، މަންދި ލިބެނީ ހާއްސަ މުނާސަބާތަކުގައި

ފާއިތުވީ 6 ވަރަކަށް އަހަރު ދުވަހު، އެ ޤައުމުގެ ނަން މީޑިއާއިން މުޅިންވެސް އިވެމުން ދިޔައީ ސިޔާސީ ހަމަނުޖެހުންތަކާއި، ހަނގުރާމައާއި ކުރިމަތިލުންތަކާއި، ބަނޑުހައިހޫނުކަމާއި އިންސާނީ ކާރިޘާތަކާ ގުޅުވައިގެންނެވެ. ނަމަވެސް މިފަހަރު ތަފާތު ވާހަކައެކެވެ. މިއީ އާދަޔާ ޚިލާފު ގޮތަކަށް ތައްޔާރު ކުރާ، އެ ޤައުމަށް ހާއްސަ ކޭމެއް، ޢަރަބި ޖާފަތްތަކުގައި މަޤުބޫލުކަން ހޯދި ވާހަކައެވެ. ދައްކަން މިއުޅެނީ ޔަމަނަށް ހާއްސަ، މަންދިގެ ވާހަކައެވެ.

އެއްގަމު މަސް ބޭނުން ކޮށްގެން ތައްޔާރު ކުރާ މަންދިއަކީ ޔަމަންގެ އެންމެ ފެންވަރު މަތީ ރެސްޓޯރަންޓްތަކުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަރަބި ކޭން ވިއްކާ ރެސްޓޯރަންޓްތަކަށްވެސް މިއަދު ފަރިތަ ނަމެކެވެ. ޔަމަނުގެ ޘަޤާފަތާ ގުޅިފައި ވާ މަންދިއަކީ، ބިމުއަޑީގައި ހުންނަ އަވަނެއްގައި ނޫނީ ނުކެއްކޭ ކޭމެއް ކަމީ، މި ކޭމުގެ އެންމެ ހާއްސަ ސިފައެވެ.

ޔަމަނުގެ ހަޟްރަމައުތޭ ކިއުނު ސަރަޙައްދުން އުފެދިގެން އައި މަންދި ތައްޔާރު ކުރަނީ ކަންބަޅި މަސް ބޭނުން ކޮށްގެންނެވެ. ކަންބަޅި މަސްގަނޑު މީރު ކުރަނީ، އެކަމަށް ހާއްސަ ހަވާދުގަނޑެއް ބޭނުންކޮށްގެންނެވެ. އެ ހަވާދުގަނޑަށް ކިއާ އުޅެނީ ހަވައިޖުއެވެ. މީރު ކުރި މަސްގަނޑު ކައްކަނީވެސް ބިމުގެ އަޑިއަށް ފައްތާފައިވާ ހާއްސަ އަވަނެއްގައެވެ.

ޔަމަނުގެ ބޯޑަރު ހުރަސްކޮށް، އަރަބި އެހެން ޤައުމުތަކަށްވެސް މަންދިގެ މަޤުބޫލުކަން ވަނީ ފެތުރިފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ޤައުމުތަކެއްގައި، މަންދިއަކީ މައިގަނޑު ޑިޝްއަކަށް ވަނީ ވެފައެވެ.

ޢަބްދުﷲ ބިން މާލިކްއަކީ މަންދީ ރެސްޓޯރަންޓެއްގެ ވެރިއެކެވެ. ހަޟްރަމައުތަށް ނިސްބަތްވާ ޢަބްދުﷲ ބިން މާލިކް ޤަބޫލު ކުރާ ގޮތުގައި، ވެރިރަށް ސަންއާގެ މީހުންނަށް އެންމެ ފުރަތަމަ މަންދި ތަޢާރަފު ކޮށްދިން މީހުންގެ ތެރޭގައި އޭނާވެސް ހިމެނޭނެއެވެ.

މަންދި ކެއްކުމުގެ މަސައްކަތް ފެށެނީ ކަންބަޅި މަސްގަނޑު މީރު ކުރަން ފަށާ ހިސާބުންނެވެ. ބިމު އަޑީ އަވަނުގައި މަސްގަނޑު ފިހަމުން ދާއިރު، ހޫނު ހިފަހައްޓަނީ ދަރާއި ބޯޓުދެލި ބޭނުންކޮށްގެންނެވެ. މަސްގަނޑު ރަނގަޅަށް ރޯ ފިލުވަނީ އެ އުފައްދާ ހޫނު އާވީގައި ބަންދުކޮށްފައި ބަހައްޓައިގެންނެވެ. އެކަމަށް، 2 ގަޑިއެއް ހާ އިރު ހޭދަވެއެވެ. މަންދި ކައްކާ ނިމުމުން، ކޭމެއްގެ ގޮތުގައި ސަރވް ކުރަނީ ބަތާއެކީގައެވެ.

ޔަމަނުގެ ޘަޤާފީ އާދަކާދައަށް ބަލާއިރު، މަންދި ލިބެނީ ހާއްސަ މުނާސަބާތަކުގައެވެ. ކަންބަޅި މަހުގެ އިތުރުން ކުކުޅާއި ބަކަރި އަދި ޖަމަލު މަހުގައިވެސް މަންދި ތައްޔާރު ކުރެއެވެ.

ޔަމަނުގެ ޘަޤާފީ ކޭން މަންދިޔަމަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2025

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި
19 އޮކްޓޯބަރު 2025

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ
11 ޖުލައި 2025

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

11 ޖުލައި 2025
ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި
10 ޖުލައި 2025

ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

10 ޖުލައި 2025
ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި
08 ޖުލައި 2025

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

08 ޖުލައި 2025
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ
07 ޖޫން 2025

ޔަމަނުން އިސްރާއީލުގެ އަމާޒުތަކަށް އަނެއްކާ ވެސް މިސައިލް ހަމަލާ އެއް ދީފި

07 ޖޫން 2025
ޔަމަނުން އިސްރާއީލުގެ އަމާޒުތަކަށް އަނެއްކާ ވެސް މިސައިލް ހަމަލާ އެއް ދީފި
05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
04 މެއި 2025

ޔަމަންގެ ބޮޑު ވަޒީރު މަޤާމުން އިސްތިއުފާ ދެއްވުމުން، އައު ބޮޑު ވަޒީރަކަށް މާލީ ވަޒީރު

04 މެއި 2025
ޔަމަންގެ ބޮޑު ވަޒީރު މަޤާމުން އިސްތިއުފާ ދެއްވުމުން، އައު ބޮޑު ވަޒީރަކަށް މާލީ ވަޒީރު
03 މެއި 2025

ޔަމަނުން ފޮނުވާލި ދެ މިސައިލެއް ހުއްޓުވާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

03 މެއި 2025
ޔަމަނުން ފޮނުވާލި ދެ މިސައިލެއް ހުއްޓުވާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި
01 މެއި 2025

އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ އިންޒާރު އީރާނަށް

01 މެއި 2025
އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ އިންޒާރު އީރާނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް