Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްޖު ކޯޕަރޭޝަން

ހައްޖަށް ދިޔަ މީހުންނަށް ޕީސީއާރު ޓެސްޓު ހަދަން ހަވާލުކުރީ ޕްރޮކިއުމެންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން – އިސްލާމިކް މިނިސްޓަރު

11 އޮކްޓޯބަރު 2022 | އަންގާރަ 05:14

ޕީސީއާރު ޓެސްޓު ހަދާފައިވަނީ މެޑިފްލެކްސް މެދުވެރިކޮށް ބޮލަކަށް 200 ރުފިޔާގެ ރޭޓުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޮކްޓޯބަރު 2022 | އަންގާރަ 05:14
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު

1443 ވަނަ އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ފަރާތްތަކުން ހަދަންޖެހޭ ޕީސީއާރު ޓެސްޓު ހަދައިދޭނެ ބަޔަކު އެ ކުންފުނިން ހޯދާފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، އިސްލާމިކް މިނިސްޓަރާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބުގައެވެ. މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލުގައި ވަނީ، ސަރުކާރުން ހިންގާ ހޮސްޕިޓަލުތަކުން ހާޖީންގެ ކޮވިޑް ޓެސްޓު ހެދޭނެ ގޮތް ހަމަޖެހިފައިވަނިކޮށް، ހައްޖު ކޯޕަރޭޝަނުން އެއްވެސް އަމިއްލަ ކްލިނިކަކަށް ފައިސާ ދައްކައިގެން ކޮވިޑް ޓެސްޓު ހަދާފައިވާނެތޯ އަދި ހަދާފައިވާނަމަ އެއީ ކޮން ކުލިނިކެއްތޯ އަދި ކޮވިޑް ޓެސްޓު ކުރުމަށް މީހަކަށް ކިހާވަރެއް ދެއްކިތޯއެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވަނީ ހައްޖުވެރިންގެ ޕީސީއާރު ޓެސްޓު ހަދައިދިނުމުގެ ހިދުމަތް އެ ކުންފުންޏަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހޯދުނު އަގުތަކުން އެންމެ ހެޔޮއަގެއް ހުށަހަޅާފައިވަނީ މެޑިފްލެކްސް ލެބޯޓަރީން ކަމަށެވެ.

އެހެންކަމުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން 1443 ވަނަ އަހަރު ހައްޖުވެރިންގެ ޕީސީއާރު ޓެސްޓު ހަދާފައިވަނީ މެޑިފްލެކްސް މެދުވެރިކޮށް ބޮލަކަށް 200 ރުފިޔާގެ ރޭޓުން ކަމަށް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ. އަދި މި ހިދުމަތް ފޯރުކޮށްދޭ ސަރުކާރު ހޮސްޕިޓަލުކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން، އެ ކުންފުންޏަށް ޕިސީއާރު ޓެސްޓު ހެދުމުގެ ހިދުމަތް ފޯރުކޮށްދެނީ ބޮލަކަށް 700 ރުފިޔާގެ ރޭޓުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މި ހިދުމަތް ފޯރުކޮށްދޭ ފަރާތެއްކަމުގައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުމުން، އެ ފަރާތުން ބުނެފައިވަނީ އެ ހިދުމަތް ހޯދަން ބޭނުންވާ ކެމިކަލް އަތުގައި ނެތްކަމަށެވެ. އަދި ކެމިކަލް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް މަސައްކަތް ކުރެވި އެގޮތަށް އެކަންވެސް ނުވުމުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޕީސީއާރު ޓެސްޓު ހެދޭގޮތް ނުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް