Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިބު ރައީސް ރ އަތޮޅަށް ކުރައްވާ ދަތުރުފުޅު

ނައިބުރައީސް ރ. އުނގޫފާރު ކައުންސިލާއި ޑަބްލިޔުޑީސީ އަދި މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރައްވައިފި

ފުލުހުންގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ވަޞީލަތުގެ ގޮތުން ދަތިތަކާއި ކުރިމަތިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2022 | އާދީއްތަ 10:44
އުނގޫފާރު ކައުންސިލާއި, އ.ތ.މ. ކޮމެޓީ އަދި, މުއައްސަސާތަކުގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރެއްވުން

އުނގޫފާރު ކައުންސިލާއި, އ.ތ.މ. ކޮމެޓީ އަދި, މުއައްސަސާތަކުގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރެއްވުން

އުނގޫފާރު ކައުންސިލާއި, އ.ތ.މ. ކޮމެޓީ އަދި, މުއައްސަސާތަކުގެ ވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އާދިއްތަ ދުވަހުގެ މެންދުރު ރ. އަތޮޅު ކައުންސިލުގެ އިދާރާގައެވެ.

Advertisement - newsAdvertisement

މި ބައްދަކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށަށް ބިން އިތުރުކުރުމަށް މިހާރު ކުރިޔަށްދާ މަޝްރޫޢުގެ އިތުރަށް އަދި ރަށަށް ބިން އިތުރުކުރަން ބޭނުންވާ ކަމާއި، ބަނދަރުގެ ބޭރުތޮއްޓަށް ދޯނިފަހަރު ކައިރިކުރެވޭ ގޮތް ހެދުމާއި، އެއްގަމުތޮށި މަރާމާތުކުރަން ބޭނުންވާ ކަމަށާއި، ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަމާއި، ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް މިހާރު ހަމަޖެހިފައިވާ 8 ކްލާސްރޫމުގެ އިތުރަށް 8 ކްލާސްރޫމް ބޭނުންވާކަން ހިމެނެއެވެ. އަދި ސްކޫލާ ގުޅޭ އިތުރުކަންކަމާއި، ދަނޑުވެރިކަންކުރުމަށް ކައިރި ރަށަކުން ބިން ބޭނުންވާކަމާއި، މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އުނގޫފާރު އިސްލާމީ މަރުކަޒުގައި ތަމްރީނު ޕްރޮގްރާމުތައް ހިންގުމުގެ މުހިންމުކަމާއި، ފުލުހުންގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދިނުމަށް ވަޞީލަތުގެ ގޮތުން ކުރިމަތިވާ ދަތިތަކާއި އަދި، މުއައްސަސާތަކުގެ ތަރައްޤީއަށް މުހިންމު ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އުނގޫފާރުގެ ތަރައްޤީއަށް ޚާއްޞަކޮށް ޞިއްޙީ ދާއިރާއިން ތަރައްޤީ ގެނައުމުގައި، އުނގޫފާރަށް ސަރުކާރުން ޚާއްޞަ އިސްކަމެެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އަދި، ސްކޫލާއި ގުޅިގެން ފާހަގަކުރެއްވި ބައެއް ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ދާދިފަހުން ގެންނެވި މުހިންމު ބަދަލުތަކާއެކު ތަޢުލީމީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ތަމްރީނުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށްޓަވައިގެން ކުރިޔަށްގެންދަވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ބައެއް ކަންކަމަކީ އެކި މަރުޙަލާތަކުގައި ކުރިޔަށްދާ މަސްރޫޢުތައްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން މުޅި ރާއްޖޭގައި މިހާރު ޤާއިމުކުރަމުންގެންދާ ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލުމުގެ މަސައްކަތަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިދައުރުގެ ތެރޭގައި މި ނިޒާމުން މުޅި ރާއްޖެ ގުޅާލުމެވެ. އަދި، އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުނގޫފާރު ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި، ސްކޫލާއި ގުޅިގެން ފާހަގަކުރެއްވި ކަންކަމުގައި މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެނދުގައި ތާށިވެގެން އުނގޫފާރުގައި ތިންމަހުގެ ކުއްޖަކު މަރުވެއްޖެ

އެނދުގައި ތާށިވެގެން އުނގޫފާރުގައި ތިންމަހުގެ ކުއްޖަކު މަރުވެއްޖެ

05 ޖޫން 2018
ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބުރައީސްއަކަށް ރައީސް އަފީފުގެ ދަރިކަލެއް

ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބުރައީސްއަކަށް ރައީސް އަފީފުގެ ދަރިކަލެއް

07 މާރިޗު 2018
މިނިވަން މުއައްސަސާތަކުގެ ޒިންމާ އަދާކުރާ ތަނެއް ނުފެނޭ: ރިޔާޒު ރަޝީދު

މިނިވަން މުއައްސަސާތަކުގެ ޒިންމާ އަދާކުރާ ތަނެއް ނުފެނޭ: ރިޔާޒު ރަޝީދު

28 ފެބުރުއަރީ 2018
ދައުލަތުގެ އެކި އެކި މުއައްސަސާތަކުގެ ކަންކަން ކުރުމުގައި މަޖިލީހުގެ ފުރިހަމަ ދައުރު އަދާކުރާނަން: މަސީހު

ދައުލަތުގެ އެކި އެކި މުއައްސަސާތަކުގެ ކަންކަން ކުރުމުގައި މަޖިލީހުގެ ފުރިހަމަ ދައުރު އަދާކުރާނަން: މަސީހު

21 ފެބުރުއަރީ 2018
ޕީޕީއެމްގެ ކައުންސިލާއި ކޮމެޓީތަކުގެ ދައުރު ހަމަވެ ޕާޓީވަނީ ހުއްޓުމަކަށް އައިސްފަ: މައުމޫނު

ޕީޕީއެމްގެ ކައުންސިލާއި ކޮމެޓީތަކުގެ ދައުރު ހަމަވެ ޕާޓީވަނީ ހުއްޓުމަކަށް އައިސްފަ: މައުމޫނު

23 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު