Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީނީ މަގުން ގަސްކެނޑުން

ގަސްކެނޑުން ހުއްޓުވުމުގެ އަމުރު ނެރޭނެތަނެއް ނެތްކަމަށް ކަނޑައަޅައިފި

އެ މައްސަލައިގައި ހިމެނޭ މައުޟޫގެ މުވާލާތް ކެނޑިދާނެކަމަށް ދެކިގެން ވަގުތީ އަމުރު ނެރެންވެއްޖެނަމަ، ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ބޭނުން ކެނޑިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2022 | އާދީއްތަ 10:41
އަމީނީ މަގުގެ މަސައްކަތް އާރްޑީސީން ކުރިއަށްގެންދަނީ

އަމީނީ މަގުގެ މަސައްކަތް އާރްޑީސީން ކުރިއަށްގެންދަނީ

އަމީނީ މަގު ތަރައްގީކުރުމަށްޓަކައި، އެ މަގުގައި ހުރި ގަސްތަކެއް ނަގާ މައްސަލާގައި، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުން އަދީއްތަ ދުވަހު ނިންމި ނިންމުމުގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދިވެހި ދައުލަތް) އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ރައްދުވާގޮތަށް، ގ. ކެނެރީގެ މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ނެރެދިނުމަށް އެދިވަޑައިގެންފައިވާ، ވަގުތީ އަމުރު ނެރެދެވޭނެތަކެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.

Advertisement - newsAdvertisement

މި ނިންމުމުގައި ބުނެފައިވަނީ; މަދަނީ މައްސަލައެއް ކޯޓަށް ވެއްދުމަށްފަހު އެ މައްސަލައެއް ނިމެންދެން ވަގުތީ އަމުރަކަށް އެދުމުން، އެ މައްސަލާގައި ހިމެނޭ މައުޟޫގެ މުވާލާތް ކެނޑިދާނެކަމަށް ދެކިގެން ވަގުތީ އަމުރު ނެރެންވެއްޖެނަމަ، ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ ބޭނުންކެނޑި، ކޯޓުތަކަކީ ނުރަނގަޅު ނިޔަތުގައި އަންނަ މީހާއަށްވެސް ހިމާޔަތް ދެވިގެންދާނެ ހިޔާވެއްސެއްކަމުގައި ވެގެން ހިނގައިދާނެ ކަމަށެވެ.

އަދި މިއީ އަދުލު އިންސާފު ގާއިމްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ކޯޓުތަކުން ތަރުހީބުދީގެންވާނެ ކަމެއްކަމުގައި ނުދެކޭކަމަށެވެ. އެހެންކަމުން ވަގުތީ އަމުރަށް އެދުމުން މައުޟޫއީ މައްސަލައިގެ މުވާލާތް ކެނޑިދާނެތޯ ނުވަތަ ނޫންތޯ ބަލަންޖެހޭނެކަމަށް ނުދެކޭކަމަށެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ޝުނާނާ އެންޑް ކޯ އެލްއެލްޕީގެ ލޯ ފަރމުންނެވެ. އަމީނީ މަގުގެ ގަސްތައް ކެނޑުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގަންނަވާފައެވެ. މި މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ދައުވާ އުފުލަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށެވެ.

އަމީނީ މަގުގެ ގަސްތައް ކަނޑާތީ ރައީސް ނަޝީދު ވަނީ މަޖިލީހުގައިވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އަމީނީ މަގުގައި އިންދާފައި ހުރި ބޮޑެތި ގަސްތައް ނުނަގައި އެ މަގު ހެދޭނެ ގޮތްތައް ހޯދަންޖެހެއެވެ. އަދި ގަހެއް ހެދުމަށް 15-20 އަހަރު ނަގާއިރު، މަގުތައް ހަދާއިރު ގަސްތައް ބަހައްޓައިގެން އެކަން ކުރެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާއިރު، މިހާރު މަސައްކަތް ކުރަމުން އަންނަ ސަރަހައްދުގައި ހުރި ގަސްތައް ކަނޑާތީ އެ މައްސަލަ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، އަމީނީ މަގުން ކަނޑާ ގަސްތައް އެހެން ތަންތަނަށް ބަދަލު ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވީ، ގަސްތައް ކެނޑުމަކީ އެއްވެސް ބަޔަކު ކުރަން ބޭނުންވާ ކަމެއް ނޫންކަމަށާއި، ނަމަވެސް ބައެއް ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ގަސް ކަނޑަންޖެހޭ ހާލަތްތައްވެސް އަންނަކަމަށެވެ. އެ މަގުގައި ހުރި ގަސްތަކުގެ މޫތައް ފެތުރިފައިވުމުގެ ސަބަބުން، ހޮޅިތައް ވަޅުލުމުގައިވެސް ގޮންޖެހުން ހުރިކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ، އަމީނީ މަގަކީ މިހާރުވެސް ހަދަން ޖެހިފައިވާ މަގެއްކަމަށެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގަސްތައް ހުރުމުގެ ސަބަބުން އޭގެ އިތުރުންވެސް އިތުރު ގޮންޖެހުންތައް ހުރިކަމަށް މިއުވާން ވިދާޅުވިއެވެ.

އޭގެ އިތުރުން، އެ މަގުން ކަނޑާ ގަސްތައް އަލުން އެހެން ތަންތަނަށް ބަދަލުކުރުމުގެ ޕްލޭންތަކެއްވެސް ހިމެނިފައިވާކަމަށް މިއުވާން ވިދާޅުވިއެވެ. މި މައްސަލައާ ގުޅޭގޮތުން، އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން މީގެ ކުރިން ބުނެފައިވަނީ، އެ ކުންފުނިން އަމީނީ މަގުގައި ހުރި ގަސްތައް ނެގުމަށްފަހު ކުޑަގިރި ޕިކްނިކް އައިލެންޑަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މަގު ހަދައި ނިމުމުން އެ މަގުގައި ގަސް އިންދެން ހުންނަ ތަންތަނުގައި ގަސްތައް އިންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ގާސިމަށް ފުރުން މަނާކުރާ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

05 އެޕްރީލު 2017
ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި

ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި

30 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

މަސީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނަން، އެހެން މެމްބަރުންވެސް ވޯޓު ދެއްވުމަށް ގޮވާލަން: އަމީތު

26 މާރިޗު 2017
މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު

މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު

26 މާރިޗު 2017
ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

ކޯގަންނު ބެލެހެއްޓުމަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު