Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ދިވެހި ގައުމުގެ އެންމެ ތާރީޚީ އެެއް ރަށެއް ކަމުގައި ވިހަމަނާފުށި!

9 އޮކްޓޯބަރު 2022 | އާދީއްތަ 05:14

ވިހަމަނާފުއްޓަކީ އެތައް ސަތޭކަ އަހަރު ރަސްރަސްކަލުންގެ ފަރިއްކޮޅު ކައްކަން ރަސްކަމުގެ ކޮއިލަށް ދަރު ގެންނެވި ރަށް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 9 އޮކްޓޯބަރު 2022 | އާދީއްތަ 05:14
1953 ފުރަތަމަ ޖުމުހޫރިއްޔަތުގެ ގައުމުގެ ރައީސް މަގާމުން ވަކިކުރެއްވި ފަހުން ހިނގާދިޔަ ކަންތައްތަކުގައި ލިބިވަޑަައިގެންނެވި އަނިޔާގަައި 19 ޖަނަވަރީ 1953ގައި އަވަހާރަވީ އެރަށުގައި

1953 ފުރަތަމަ ޖުމުހޫރިއްޔަތުގެ ގައުމުގެ ރައީސް މަގާމުން ވަކިކުރެއްވި ފަހުން ހިނގާދިޔަ ކަންތައްތަކުގައި ލިބިވަޑަައިގެންނެވި އަނިޔާގަައި 19 ޖަނަވަރީ 1953ގައި އަވަހާރަވީ އެރަށުގައި

ދިވެހިރާއްޖޭގެ ރަށްތަކަށް އެތައް ހާސް އަހަރުވެއްޖެއެވެ. 1000 އަހަރުވީ ނުވަތަ އެތައް ސަތޭކަ އަހަރު ރަސްރަސްކަލުންގެ ފަރިއްކޮޅު ކައްކަން ރަސްކަމުގެ ކޮއިލަށް ދަރު ގެންނަ ރަށެއްގެ ގޮތުގައި އޮތް ރަށެއްގެ ވާހަކައެކެވެ. މާލެއަތޮޅު އުތުރުބުރީގެ ރަށެކެވެ. ރަށުގެ ނަން ބަދަލެއް ނުވެއެވެ. މިހާރުވެސް ރަށުގެ އަސްލު ނަން އެއީ ރަށުގެ އަސްލު ނަމެވެ. އެއީ 1000 އަހަރުވީ ނުވަތަ އެތައް ސަތޭކަ އަހަރު ރަސްރަސްކަލުންގެ ފަރިއްކޮޅު ކައްކަން ރަސްކަމުގެ ކޮއިލަށް ދަރު ގެންނަ ރަށެއްގެ ގޮތުގައި އޮތް މާލެއަތޮޅު ވިހަމަނާފުށި ނަމަކަށް ކިޔުނު ރަށެވެ.

ވިހަމަނާފުށިން ފެށުނު، ރާއްޖޭގެ ރިސޯޓު ފަތުރުވެރިކަމުން މި 50 އަހަރު އެންމެ ބާރު ދުވެލީގައި ދިވެހިރާއްޖެ ކުރިއަރައިގެން އައުމެވެ. ގައުމީ އަދި ބައިނަލްއަގުވާމީ އެންމެ ފަޚުރުވެރި ރަށެއްގެ ގޮތުގައި 50 އަހަރު ރަންޔޫބީލު ވުމެވެ. ފަޅު ރަށެއްގެ ގޮތުގައި އެތައްސަތޭކަ އަހަރުވީ ވިހަމަނާފުށި މި 50 އަހަރުގެ ތެރޭގައި ގައުމީ އަދި ބައިނަލްއަގުވާމީ އެންމެ ގިނަ ޢިއްޒަތްތެރިން ވަޑައިގެންނެވި އަދި އެންމެ ގިނަގުނަ ފަތުރުވެރިން ޒިޔާރަތް ކުރެެއްވި ރަށެއް ކަމުގައި ވުމެވެ. ވިހަމަނާފުށީގެ ތާރީޚަށް ބަލާއިރު، 1953 ފުރަތަމަ ޖުމުހޫރިއްޔަތުގެ ގައުމުގެ ރައީސް މަގާމުން ވަކިކުރެއްވި ފަހުން ހިނގާދިޔަ ކަންތައްތަކުގައި ލިބިވަޑަައިގެންނެވި އަނިޔާގަައި 19 ޖަނަވަރީ 1953ގައި އަވަހާރަވީ އެރަށުގައެވެ. ފަސްދާނުލެވިފައި ވަނީވެސް އެރަށުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ފުރަތަމަ ރިސޯޓު "ކުރުނބާ ވިލެޖު"ގެ ނަމުގައި ވިހަމަނާފުށީގައި ހުޅުވުނީ މީގެ 50 އަހަރުކުރިން 3 އޮކުޓޫބަރު 1972ގައެވެ. މިހާރު ކުރުނބާ މޯލްޑިވްސްގެ ނަމަށް ރިސޯޓުގެ ނަން ބަދަލުވެފައެވެ. ރަށަކީ ވިހަމަނާފުށި އެނަން ބަދަލެއް ނުވާނެއެވެ. ތިމާވެށީގެ ކަންކަން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއިން ފެށިފަހުން ރާއްޖޭގައި ބޭއްވުނު ތިމާވެށީގެ ބައިނަލްއަގުވާމީ ފުރަތަމަ ޖަލްސާ ނޮވެންބަރު 1989ގައި ބޭއްވުނީ ވިހަމަނާފުށީގައެވެ. އެ ޖަލްސާގެ ވާހަކަ ނޫހުގައި އޮތީ "ވިހަމަނާކުރާ ގަރާރު ވިހަމަނާފުށީގައި ފާސްކޮށްފި" ކަމަށެވެ.

ފަތުރުވެރިކަމުގެ 50 ރަންޔޫބީލު އަހަރުގެ ބޮޑު އިހުތިފާލު ވިހަމަނާފުށީގައި 3 އޮކުޓޫބަރު 2022 ދުވަހުގެ ރޭ ބޭއްވުނެވެ. އިހުތިފާލުގައި ދައުލަތުގެ އެންމެ މަތީ ވެރިން ގައުމުގެ އެންމެ ބޮޑެތި މަހުޖަނުން ކުރުނބާ މޯލްޑިވްސް (ވިހަމަނާފުށި)ގައިި ތިއްބެވި ތާރީޚީ މުނާސަބަތަކީ އަދި ފަތުރުވެރިކަމުގެ ރަންޔޫބީލަކީ ކުރުނބާ މޯލްޑިވްސްގެ ރަންޔޫބީލެވެ. ވީމާ، ވިހަމަނާފުށި ދިވެހި ތާރީޚުގެ ފަޚުރުވެރި ރަށެއްގެ މަގާމު ހާސިލް ކުރީއެވެ. އާދަޔާ ޚިލާފު ޝަރަފުވެރި އިބުރަތްތެރި ކަންކަން އެރަށާއި ގުޅިފައެވެ. ދިވެހި ގައުމުގެ އެންމެ ތާރީޚީ އެއް ރަށެއް ކަމުގައި ވިހަމަނާފުށި ވުމެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2021

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

07 އޮކްޓޯބަރު 2021
ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.
16 ސެޕްޓެމްބަރު 2021

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

16 ސެޕްޓެމްބަރު 2021
ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު
12 ސެޕްޓެމްބަރު 2021

ދިވެހި ރަސްކަމުގެ ގަނޑުވަރަށް އެންމެފަހުން ޒިޔާރަތްކުރެއްވި ބޭރުގެ ސަފީރު!

12 ސެޕްޓެމްބަރު 2021
ދިވެހި ރަސްކަމުގެ ގަނޑުވަރަށް އެންމެފަހުން ޒިޔާރަތްކުރެއްވި ބޭރުގެ ސަފީރު!
18 އޯގަސްޓު 2021

ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

18 އޯގަސްޓު 2021
ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!
12 އޯގަސްޓު 2021

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު
01 އޯގަސްޓު 2021

މިއަދަކީ ދިވެހި ވިޔަފާރި މިނިވަންވިތާ 59 އަހަރު ފުރުނު ދުވަހެވެ.

01 އޯގަސްޓު 2021
މިއަދަކީ ދިވެހި ވިޔަފާރި މިނިވަންވިތާ 59 އަހަރު ފުރުނު ދުވަހެވެ.
31 ޖުލައި 2021

ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތީ 2 ޖަނަވަރީ 1889 އިން 26 ޖުލައި 1965 އަށް!

31 ޖުލައި 2021
ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތީ 2 ޖަނަވަރީ 1889 އިން 26 ޖުލައި 1965 އަށް!
22 ޖުލައި 2021

ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟

22 ޖުލައި 2021
ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟
18 ޖުލައި 2021

"ޑްރޯން ގާދޫންޏާއި ވައްލަޔާއި، ކުރަނގި"، ދިވެހި މަސްކަނޑުތަކަށް؟

18 ޖުލައި 2021
"ޑްރޯން ގާދޫންޏާއި ވައްލަޔާއި، ކުރަނގި"، ދިވެހި މަސްކަނޑުތަކަށް؟
07 ޖުލައި 2021

ދިވެހިކާބަފައިންގެ "ނިޔަމިކަމުގެ ޢިލްމު" ދޮނަމަތިއެޅީ ކީއްވެހެއްޔެވެ؟

07 ޖުލައި 2021
ދިވެހިކާބަފައިންގެ "ނިޔަމިކަމުގެ ޢިލްމު" ދޮނަމަތިއެޅީ ކީއްވެހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް