Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ. ޓޫރިޒަމް އެކްސްޕޯ 2022

ފަތުރުވެރިކަމުގެ ކާމިޔާބުގެ ސިއްރަކީ ދިވެހި ޒުވާނުން ރިސޯޓުތަކުގައި ތިބެގެން ކުރި މަސައްކަތް: ނައިބު ރައީސް

9 އޮކްޓޯބަރު 2022 | އާދީއްތަ 02:14

ނައިބު ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހިދުމަތްކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 އޮކްޓޯބަރު 2022 | އާދީއްތަ 02:14
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިއްރަކީ އަދި އަސްލަކީ ދިވެހި ޒުވާނުން ރިސޯޓުތަކުގައި ތިބެގެން ކުރި މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ބޭއްވި ހަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ރ. ދުވާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ފަތުރުވެރިކަން މިއަދު މިދެކޭ ކާމިޔާބީއާ ހިސާބަށް ވާސިލު ކުރުމަށް ދިވެހިންނާއި، ދިވެހިންނާ ގުޅިގެން މަސައްކަތް ކުރި އެހެނިހެން ޤައުމުތަކުގެ މީހުން ހިމެނޭހެން އެންމެނަށް ޝުކުރު އަދާ ކުރައްވާފައެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ވެފައިވާއިރު އެ ދާއިރާ ކާމިޔާބު ކަމާއެކު ކުރިއަށްގެންދެވެނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. މީގެ ތެރެއިން ހާއްސަކޮށް ދިވެހި ޒުވާނުން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އެފަރާތްތަކުން އެކަން ކުރީ އާއިލާއާ ދުރުގައި އެތައް ދުވަހަކު ތިބެގެން ކަމަށެވެ. އެހެންވެ އެ ފަރާތްތަކުގެ އަގު ތާއަބަދު ވަޒަން ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ފަތުރުވެރިކަމުގައި މިހާތަނަށް ރާއްޖެއިން ދައްކާފައިވާ ނަމޫނާ ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ގޮންޖެހުންތައް އަންނާނެ ކަމަށް ދެކިގެން ތިބެން ޖެހޭ ކަމަށެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ އެ ނޫންވެސް އެހެނިހެން ކަންކަމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެފަދަ ކަމެއް ދިމާވާއިރު އެކުވެރިކަމާ އެކު އެއް އަޒުމެއްގައި މަސައްކަތް ކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިއެއްގެ ހައިސިއްޔަތުން މިހާތަނަށް ޤައުމަށްޓަކައި އެންމެ މުހިންމު ނިންމުން ނިންމެވި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކަމަށެވެ. އެގޮތުން ކޮވިޑުގައި މުޅި ދުނިޔެ ބަންދުވެފައި އޮއްވާ ރައްކާތެރިކަމާއެކު ދަތުރުފަތުރަށް ހުޅުވާލައި، ފަތުރުވެރިކަން ކުރިއެރުވޭނެކަން މުޅި ދުނިޔެއަށް ދެއްކެވި ވެރިޔަކީ ރައީސް ޞާލިހުކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

ރ. ޓޫރިޒަމް އެކްސްޕޯ 2022 ނިންމައި އެވޯޑު ހަވާލު ކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ރ. އަތޮޅުގައި ފަތުރިވެރިކަމަށް ޚިދުމަތް ކުރެއްވި 80 އަށްވުރެ ގިނަ ބޭފުޅުންނަށް ވަނީ ޚިދުމަތުގެ އަގުވަޒަންކޮށް އެވޯޑު ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް