Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް

އަޒްހާންކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް

8 އޮކްޓޯބަރު 2022 | ހޮނިހިރު 14:38

އަޒްހާންގެ ފޯނު ފެނިފައިވާއިރު، މަރާލިކަމަށް ބެލެވޭ އެއްވެސް ހެތްކެއް މިހާތަނަށް ތަހުގީގަށް ލިބިފައެއްނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 އޮކްޓޯބަރު 2022 | ހޮނިހިރު 14:38
ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒްހާންކަމަށް ބެލެވޭ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ހޮނިހިރު ދުވަހު ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަމުގެ އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ. އެހެންނަމަވެސް ފަސް ދުވަސް ކުރިން މުހައްމަދު އަޒްހާންގެ ފޯނު ފެނިފައިވާކަމަށާއި، އޭނާ މަރާލިކަމަށް ބެލެވޭ އެއްވެސް ހެތްކެއް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އަޒްހާންގެ މަރާ ގުޅިގެން ހޯމަ ދުވަހުގެ ރޭ ފުލުުހުން ނެރުނު ބަޔާނެއްގައި ވަނީ، 18 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ ހެނދުނު 6:00ން ފެށިގެން އަޒްހާން ގެއްލިގެން އުޅޭކަމަށް އޭނާގެ އާއިލާއިން ރިޕޯޓުކުރީ 19 ސެޕްޓެމްބަރު 2022ގައި ކަމަށެވެ. މައްސަލަ ހުށަހެޅުމާއެކު، އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން، މާލެއާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސަށް އެ މައުލޫމާތު ހިއްސާކުރިކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އިންޓެލިޖެންސް މެދުވެރިކޮށް ބެލިބެލުމުން އަޒްހާން ގެންގުޅޭ ފޯނު ނަމްބަރަށް އެންމެ ފަހުން ސިގްނަލް ލިބިފައިވަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަކަށް ކަމަށެވެ. އަދި ސެޕްޓެމްބަރު 20 ވަނަ ދުވަހާ ހަމައަށްވެސް އަޒްހާންގެ ޚަބަރެއް ވެފައި ނުވާތީ، އާއިލާގެ ހުއްދައާއެކު އޭނާ ހޯދަން އިއުލާންކުރިކަމަށާއި، އޭނާ އާ އެންމެފަހުން ބައްދަލުވި ކަމަށް ފާހަގަކުރެވުނު މީހުންނާ ސުވާލުކޮށް، ފުލުހުންނާއި އަމިއްލަ ފަރާތްތަކުގެ ސީސީޓީވީ ފުޓޭޖްތައް ބަލާފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި ބަޔާނުގައި ވަނީ، އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިޔާ ފްލެޓް ކައިރިން ޓެކްސީއެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓްހައުސްއަކަށް އަޒްހާން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށެވެ.

އަދި އެ ގެސްޓްހައުސްއާއި އެ ސަރަހައްދުން ލިބެންހުރި ސީސީޓީވީ ފުޓޭޖުތައް ނަގައި އެނަލައިޒްކޮށް، ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، މިދިޔަ މަހުގެ 26 ވަނަ ދުވަހު، ނިރޮޅު މަގުގައި ހުންނަ ސްކޭޓް ޕާކް ސަރަހައްދާއި ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދު ފާސްކުރިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރު 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖުތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން، ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް އަޒުހާން ފައިބާ މަންޒަރާއި، އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން ގޮސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން އެނގިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ސެޕްޓެމްބަރު 26 ވަނަ ދުވަހު ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ސްކޭޓް ޕާކު ސަރަހައްދާއި ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި އެކި ގޮތްގޮތުން ލިބުނު މައުލޫމާތަށް ބަލައި، އަޒްހާން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑެއް ފެނިފައިވަނީ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދާ ދިމާ ނިރޮޅުމަގުގެ ހުޅަނގު ފަރާތުގެ ގަސްތަކުގެ ތެރޭގައި ކުނިވެފައި އޮއްވާކަމަށް ފުލުހުން ބުނެއެވެ. އެއާއެކު، ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ބަދަލުކޮށް މިހާރު ވަނީ ތަހުގީގު ފަށާފައެވެ.

ފުލުހުން ބުނީ އަޒްހާން ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު ތަހުގީގުގައި ކުރަމުންއައި މަސައްކަތްތައް ކޮންމެ ދުވަހަކު އާއިލާއާ ހިއްސާ ކުރަމުން ދިޔަކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 މާރިޗު 2017

ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި

15 މާރިޗު 2017
ހާލު ބޮޑުވި އަންހެންމީހާގެ ދަރިފުޅު ފަސް މަހުގައި ނަގާއިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
19 ފެބުރުއަރީ 2017

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް