Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޭޑިއޯގްރަފީ ކޯސް

ރޭޑިއޯގްރަފީ ކޯހުގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފި

7 އޮކްޓޯބަރު 2022 | ހުކުރު 02:34

ޖުމްލަ 24 ކުދިންނަށް ލިޔުން ހަވާލުކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އޮކްޓޯބަރު 2022 | ހުކުރު 02:34
ރޭޑިއޯގްރަފީ ކޯހުގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލު ކޮށްދެއްވުން

ރޭޑިއޯގްރަފީ ކޯހުގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލު ކޮށްދެއްވުން

ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިޕްލޮމާ ލެވެލްގެ ރޭޑިއޯގްރަފީ ކޯހުގެ ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮތް ރަސްމިއްޔާތެއްގައި މި ލިޔުން ދަރިވަރުންނާއި ޙަވާލުކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. ޖުމްލަ 24 ކުދިންނަށް އެސްޓީއޯގެ ފަރާތުން ވަނީ ސްކޮލަރޝިޕް ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޙުސެއިން އަމްރު ވިދާޅުވީ އެކުންފުނިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ ރައްޔިތުންނަށް ފައިދާ ހުރިގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށެވެ. އަދި މި މަސައްކަތް ކުރެެވެނީ ބައިނަލްއަޤްވާމީ ބޮޑު ކުންފުންޏެއް ކަމަށްވާ ޖެނެރަލް އިލެކްޓްރިކްގެ އިންޑިއާ އޮފީހުގެ އެހީތެރިކަމާއެކު ކަަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީއާއި، އެމް.އެން.ޔޫ އަދި އެސްޓީއޯ ގުޅިގެން ކުރިއަށްގެންދާ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ މަޤްސަދަކީ ވަޒީފާގެ ބާޒާރުގައި ރޭޑިޔޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރުކުރުމެވެ. އެގޮތުން، މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖީއީ ހެލްތު ކެއަރގެ ކަރިކިއުލަމަކަށް "ފުލްޓައިމް" ކޯހެއްގެ ގޮތުގައެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާއި އަދި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. އަދި މި ކޯހުން ފާސްވާ ބައިވެރިންނަށް ލެވެލް 5 ގެ ނެޝަނަލް ސެޓްފިކެޓެއް ލިބިގެންދާނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށްދާ ޚަރަދާއި ޓިޔުޝަން ފީގެ އިތުރުން ކޮންމެ މަހަކު 2300 ރުފިޔާ ޕޮކެޓް މަނީގެ ގޮތުގައިދޭނެއެވެ. އަދި ދެ އަހަރުގެ މުއްދަތަކަށް ކުރިޔަށްގެންދާ މިކޯހުގައި 6 މަސް ދުވަހުގެ އަމަލީ ތަޖުރިބާ ހޯދަންޖެހޭނެއެވެ. އަމަލީ ތަޖުރިބާ ކުރިޔަށްދާނީ މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުގައެވެ.

ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ރާއްޖޭގެ ހޮސްޕިޓަލު، ކްލިނިކު އަދި ހެލްތު ސެންޓަރުތަކުގެ ރޭޑިއޯގްރަފީ ޑިޕާޓްމަންޓުން ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް އެސްޓީއޯ އިން ވަނީ މީގެކުރިން ބުނެފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އެސްޓީއޯގެ ޓްރެއިނިންގ އިންސްޓިޓިއުޓްގެ ރަސްމީ ލޯގޯ އިފްތިތާޙުކޮށް، ލޯގޯ ފަރުމާކުރުމަށް ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކުރިއަށްދިޔަ މުބާރާތް ކާމިޔާބު ކުރި ރީޝާ ރަޝީދަށް ފައިސާގެ އިނާމާއި، ހަނދާނީ ލިޔުން ވެސް ޙަވާލުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް