Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިތުރު ޒަކާތް

586 މީހުން ގޮވާމުން ޒަކާތް ދައްކައިފި

ގޮވާމުން ޒަކާތް ބަލައިގަތުން އަންގާރަ އިން ބުރާސްފަތި ދުވަހަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 21 ޖޫން 2017 | ބުދަ 07:10
ބަޔަކު ޒަކާތް ދައްކަނީ

ބަޔަކު ޒަކާތް ދައްކަނީ

ގޮވާމުން ޒަކާތް ބަލައިގަންނަން ފެށި ފުރަތަމަ ދުވަހު 586 މީހުން ގޮވާމުން ޒަކާތް ދައްކާފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިޔާ އޮފިޝަލް މުހައްމަދު އަހްސަނު ވިދާޅުވީ ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް އަރަބިއްޔާ ސްކޫލުގައި ހަމަޖެހިފައިވާ ކަމަށެވެ. އަރަބިއްޔާ ސްކޫލުގައި ޒަކާތް ބަަލައިގަތުމަށް ހަމަޖެހިފައިވަނީ، އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިއަލަށެވެ. އެގޮތުން ހެނދުނުު 01:00 އަކުން ހަވީރު 04:00 އަށް އަދި ރޭގަނޑު 09:00 އިން 10:00 އަށް ވެސް ގޮވާމުން ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement - newsAdvertisement

ގޮވާމުގެ ތެރެއިން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަނޑުލާއި ފުށުންނެވެ. އެހެން ނަމަވެސް، މިހާތަނަށް ޒަކާތް ދެއްކި ހުރިހާ ފަރާތްތަކުންވެސް ޒަކާތްދައްކާފައިވަނީ ހަނޑުލުންނެވެ. އެގޮތުން 1406.4 ކިލޯގެ ހަނޑޫ ޒަކާތުގެ ގޮތުގައި ވަނީ ބަލައިގަނެފަ އެވެ

މިގޮތަށް ލިބޭ ހަނޑޫ އަދި ފުށް ބެހުމަށް ހަމަޖެހިފައިވަނީ، ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ މީހުންނަށެވެ. އެފަރާތްތަކަށް އެއް ހަމައަކުން ހަނޑޫ ބަހާ އިރު ބާކީވާ ބައި ކުޑަކުދިންގެ ހިޔާފަދަ ތަންތަނަށް ބެހުމަށް ހަމެޖެފައިވެ އެވެ. މިއީ މިދިޔަ އަހަރުވެސް އެ މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތެވެ.

ރަމަޟާން މަހުގެ ދެވަނަ ވީ އާދިއްތަ ދުވަހުން ފެށިގެން އިސްލާމިކް މިިނިސްޓްރީން އަންނަނީ ފައިސާއިން ޒަކާތް ބަލައިގަންނަމުންނެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 2.2 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީ އަށް ބަލައިގަނެފައިވާ އިރު 52،464 މީހުން ވަނީ ޒަކާތް ދައްކާފަ އެވެ.

އިސްލާމިކް މިނިސްޓްރީއަށް ޒަކާރް ބަލައިގަތުން ހަމަޖެހިފައިވަނީ އިސްލާމިކް މަރުކަޒާއި ހުޅުމާލޭ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރުން ވިލިމާލެ އާއި އަޔާދީ ތަކާފުލް މެދުވެރިކޮށްގެންނާއި ދިރާގު އެސްއެމްއެންސް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތް ބަލައިގަންނަން ފެށުމާއެކު، މާލެއިން ގިނަ ބަޔަކު އިސްލާމީ މަރުކަޒު ހޯލަށް ގޮސް ޒަކާތް ދައްކަމުން އަންނަ ކަމަށެވެ.

ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 އިން މެންދުރު 13:00 އަށެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 55ރ. އެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ އެއީ މީހަކަށް 80ރ. އެވެ.

ރަށްރަށުގެ މީހުން ޒަކާތް ދައްކާނީ، އެރަށަކުން 2.4 ކިލޯގެ ހަނޑޫ ލިބެން ހުންނަ އަގަކުންނެވެ.

އިސްލާމިކް މިނިސްޓްރީން ފިތުރުޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

މިދިޔަ އަހަރު އެކަނިވެސް މާލެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ.

ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

އިންސާނީ ހައްގުތަކުގެ ދިފާއުގައި އެންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެކަން ސީޒަން ދައްކައިފި

28 މެއި 2017
އިންސާނީ ހައްގުތަކުގެ ދިފާއުގައި އެންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެކަން ސީޒަން ދައްކައިފި
28 މެއި 2017

ފިތުރު ޒަކާތް ބަލާއިފަތުން ފަށައިފި

28 މެއި 2017
ފިތުރު ޒަކާތް ބަލާއިފަތުން ފަށައިފި
26 މެއި 2017

ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އެޅި ފްލެޓް ލިބުނު ބައެއް މީހުން ފައިސާ ދައްކައިފި، އެކަމަކު ތަޅުދަނޑި ހަވާލެއް ނުކުރޭ!

26 މެއި 2017
ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އެޅި ފްލެޓް ލިބުނު ބައެއް މީހުން ފައިސާ ދައްކައިފި، އެކަމަކު ތަޅުދަނޑި ހަވާލެއް ނުކުރޭ!
24 މެއި 2017

ޖީއެސްޓީ އިތުރު ކޮށްގެން ހުށަހެޅި ބިލްތަކަކަށް ޑިފެންސް މިނިސްޓްރީން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކައިފި

24 މެއި 2017
ޖީއެސްޓީ އިތުރު ކޮށްގެން ހުށަހެޅި ބިލްތަކަކަށް ޑިފެންސް މިނިސްޓްރީން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކައިފި
04 މެއި 2017

ރައީސް ޔާމީނުގެ އަބުރާ ބެހުނު ކަމަށް ބުނެ ކުރި އެއްމިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި

04 މެއި 2017
ރައީސް ޔާމީނުގެ އަބުރާ ބެހުނު ކަމަށް ބުނެ ކުރި އެއްމިލިއަން ރުފިޔާގެ ޖޫރިމަނާ ރާއްޖެޓީވީން ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު