Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

ޕީއެސްޖީ އާއި ބެންފިކާ އެއްވަރު، މެސީއަށް ރެކޯޑެއް

6 އޮކްޓޯބަރު 2022 | ބުރާސްފަތި 01:34

ބެންފިކާގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު ނިމުނީ 1-1ން އެއްވަރު ވެގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 01:34
ޕީއެސްޖީއަށް ލަނޑު ޖަހައިދިން މެސީ

ޕީއެސްޖީއަށް ލަނޑު ޖަހައިދިން މެސީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފިކާ އާއި ޕީއެސްޖީ ބައްދަލުކުރި މެޗު އެއްވަރުވިއިރު, ޕީއެސްޖީގެ ލިއޮނެލް މެސީ ރެކޯޑެއް ހަދައިފިއެވެ.

ބެންފިކާގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު ނިމުނީ 1-1ން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. ނޭމާ އާއި އެމްބާޕޭގެ އެހީތެރިކަމާއެކު މެޗުގެ 22 ވަނަ މިނެޓުގައި ޕީއެސްޖީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެސީއެވެ. މި ލަނޑާއެކު މެސީ ވަނީ ޗެމްޕިއަންސް ލީގުގައި 40 ޓީމާއި ދެކޮޅަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.

މެސީގެ މި ރެކޯޑާއެކުވެސް ޕީއެސްޖީ މެޗުން މޮޅު ނުވިއެވެ. ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޕީއެސްޖީގެ ޑެނީލޯ ޕެރޭރާ އަތުން ބައިކޮޅަށް ގޯލެއް ވަދެ, މެޗު ނިމުނީ ދެޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ޕީއެސްޖީއަސް ލިބުނެވެ. ނަމަވެސް ނޭމާ އާއި އަޝްރަފް ހަކީމީ އަދި އެމްބާޕޭ އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ބެންފިކާގެ ކީޕަރު އޮޑިސޭސް ލަޗޯޑިމޯސްއެވެ.

މި މެޗުން މޮޅުވެގެން ޕީއެސްޖީގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭއަށްވެސް ރެކޯޑަކާއި އަރާ ހަމަކުރެވެން އޮތެވެ. އެއީ ޓީމުގެ ކޯޗުކަމާއި ހަވާލުވެ, ފުރަތަމަ ކުޅުނު ތިން މެޗުން މޮޅުވި ތިންވަނަ ކޯޗުގެ މަޤާމެވެ. ނަމަވެސް މެޗުން އެއްވަރުވުމުން ގަލްޓިއޭއަށް ވަނީ އެފުރުސަތު ގެއްލިފައެވެ.

މެޗުން މޮޅު ނުވެވުނު ނަމަވެސް ޕީއެސްޖީ އޮތީ ގްރޫޕްގެ އެއްވަނަ މަޤާމުގައެވެ. ދެވަނާގައި އޮތް ބެންފިކާއަށްވެސް ތިން މެޗުން ލިބެނީ 7 ޕޮއިންޓެވެ. ޕީއެސްޖީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ތިންވަނާގައި އޮތް ޔުވެންޓަސްއަށް ތިން ޕޮއިންޓު ލިބިފައި ވާއިރު, ތާވަލުގެ ފުލުގައި އޮތް މަކާބީ ހައިފާއަށް ޕޮއިންޓެއް ނުލިބެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް