Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީގެ މަސައްކަތްތައް

އެމްޓީސީސީ އިން މި ސަރުކާރުގައި 94 މަޝްރޫޢު ނިންމައިފި، ނިންމީ އިންތިޚާބަކަށް ނޫން: އާޒިމް

6 އޮކްޓޯބަރު 2022 | ބުރާސްފަތި 04:15

މި ސަރުކާރަކީ ހަމައެކަނި އިންތިޚާބުތަކަށް ފޮޅޭ މަލެއް ނޫން: އާޒިމް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 އޮކްޓޯބަރު 2022 | ބުރާސްފަތި 04:15
އާދަމް އާޒިމް

އާދަމް އާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ އިން ފާއިތުވި 4 އަހަރު ދުވަސް ތެރޭގައި 94 ވަރަކަށް މަޝްރޫޢު ނިންމާފައިވާ ކަމަށާއި، އެއިން އެއްވެސް މަޝްރޫޢުއެއް ނިންމާފައި ވަނީ އިންތިޚާބަކާއި ދިމާކޮށް ނޫން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގެ ސ.ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން އާޒިމް ވަނީ މަޝްރޫޢުތަކާއި މެދު އާއްމުންގެ ހުރި ބައެއް ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ބައެއް ފަހަރު ރަށްރަށުގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ އިންތިޚާބުތަކަށް އަމާޒުކޮށްގެން ކަމަށް ބުނެ ފާޑުކިޔުން އަމާޒުވާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ހަމައެހެންމެ ރަށްރަށުގައި މުހިންމު ޕްރޮޖެކްޓްތައް ފެށި ނަމަވެސް އެ ޕްރޮޖެކްޓްތައް ކަނޑައަޅާ މުއްދަތުގައި ނިންމާނެކަމާއި މެދު ބައެއް ފަހަރު އާއްމުން ސުވާލު އުފައްދާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ރައްޔިތުން އެގޮތަށް ސުވާލުކުރަނީ ކުރީގެ ސަރުކާރުތަކުން ކަންކަން ކޮށްދޭނެ ކަމަށް ވައުދުވުމަށް ފަހު އެ ވައުދުތައް ފުއްދަމުން ނުދާތީ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރަކީ އެގޮތަށް އަމަލުކުރާނެ ބައެއް ނޫން ކަމަށާއި މި ސަރުކާރުން މަޝްރޫޢުތައް ފަށަނީ ކެމްޕެއިންތަކާއި ދިމާކޮށް އެކަނި ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މި ސަރުކާރުން ތިބެނީ އަބަދުވެސް މަޝްރޫޢުތައް ފަށަފަށާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީ އިން އެ ކުންފުންޏާއި ހަވާލުކުރާ ކޮންމެ މަސައްކަތެއް ވެސް އެ މަސައްކަތެއްގެ މުއްދަތުގައި ނިންމާލެވޭތޯ ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީ އަށް އިތުބާރުކޮށް އެ ކުންފުންޏާއި ގިނަ މަޝްރޫޢުތަކެއް ހަވާލުކޮށްފައިވާކަން އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރަކީ ކަމެއްކޮށްދޭނެ ކަމަށް ވައުދުވެއްޖެ ނަަމަ އެކަމެއް ކޮށްދޭނެ ސަރުކާރެއް ކަަމަށް ފާހަގަކުރައްވާ އާޒިމް ވަނީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ތައުރީފްކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް