Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޒްހާންގެ މަރުގެ މައްސަލަ

އަޒްހާން މަރުވި މައްސަލައާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

14 ދުވަސް ވީއިރު ވެސް އަޒްހާ ނުފެނި ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 05:30
ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަޒްހާން - އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަޒްހާން - އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފައި

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ހުޅުމާލެއިން ފެނިފައިވާތީ، އެ މަރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ. މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މުހައްމަދު އަޒްހާން ގެއްލިފައިވަނިކޮށް އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ފުރާނަ ނެތް މަސްގަނޑު އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ހުޅުމާލާގެ ސްކޭޓް ޕާކު ސަރަހައްދުގެ ގަސްތަކުގެ ތެރެއިން ފެނިފައިވާ އިރު، ހަށިގަނޑު ފެނުނުއިރު ފުރާނަ ނެތި ގިނަ ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އަޒްހާން ހޯދުމަށް ފުލުހުން ހިންގާފައިވާ ތަހުގީގާ މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދި، ހާއްސަކޮށް އަޒްހާންގެ ހަށިގަނޑު ފެނުނީ އޭނާ ދިރިހުއްޓާ އެންމެ ފަހުން ފެނުނު ސަރަހައްދާ ކައިރި ސަރަހައްދަކުން ކަމަށްވާއިރު، އަޒްހާން ގެއްލިގެން 14 ވަރަކަށް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އޭނާއަށްވީ ގޮތަކާއި، ވީތަނެއް ނުހޯދުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.

އަދި ޝައްކު ކުރެވޭ މީހަކު ނެތްކަމަށް ހާމަކުރަމުންދާތީއާއި ފަހަކަށް އައިސް ރާއްޖޭގައި ގޮތް ނޭންގޭ އެތައް މަރުތަކެއް ހިނގަމުންދާއިރު، މިކަންކަމާއި ގުޅޭ އެކަށޭނެ މައުލޫމާތު އާންމު ނުކުރާތީއާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހޯމް މިނިސްޓްރީއާއި ދިވެހި ފުލުހުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް ހަރުދަނާ ކުރަންޖެހޭކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި އަޒްހާންގެ މަރުގެ ތަހުގީގު އަވަސްކޮށް ފުޅާކުރުމަށްޓަކައި ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކުރުމަށާއި، މުއައްސަސާގެ ވެރިން ޒިންމާދާރުކުރުމަށާއި، އެފަރާތްތަކުގެ އިހުމާލު މި މައްސަލައިގައި އޮތް މިންވަރު ބެލުމަށް ގޮވާލާ މިފަދަ މަރުތައް ރާއްޖޭގައި އިތުރުވަމުންދާ މައްސަލަ ދެނެގަނެ އެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

މި މައްސަލަ ބަލައިގަތުމަށް 25 މެންބަރުން ވޯޓު ދީފައިވެއެވެ. އަދި މި މައްސަލަ ބަލައި ނުގަތުމަށް 11 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

އަޒްހާންގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 18 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އަޒްހާން ގެއްލިގެން އުޅޭ ކަމަށް އޭނާގެ އާއިލާއިން ރިޕޯޓުކުރީ 19 ސެޕްޓެމްބަރު 2022 ގައި ކަމަށެވެ. މައްސަލަ ހުށަހަޅުމާއެކު އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން މާލެ އާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސަށް އެ މައުލޫމާތު ހިއްސާކުރި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އިންޓެލިޖެންސް މެދުވެރިކޮށް ބެލިބެލުމުން އަޒްހާން ގެންގުޅޭ ފޯނު ނަމްބަރަށް އެންމެ ފަހުން ސިގްނަލް ލިބިފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ހުންނަ ސެލް ޓަވަރަކަށް ކަމަށެވެ. އަދި ސެޕްޓެމްބަރު 20 ވަނަ ދުވަހާ ހަމައަށް ވެސް އަޒްހާނުގެ ޚަބަރެއް ވެފައި ނުވާތީ އާއިލާގެ ހުއްދައާއެކު އޭނާ ހޯދަން އިއުލާން ކުރިކަމަށާއި އޭނާ އާ އެންމެފަހުން ބައްދަލުވި ކަމަށް ފާހަގަކުރެވުނު މީހުންނާ ސުވާލުކޮށް، ފުލުހުންނާއި އަމިއްލަ ފަރާތްތަކުގެ ސީސީޓީވީ ފުޓޭޖްތައް ބަލާފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިޔާ ފްލެޓް ކައިރިން ޓެކްސީއެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ގެސްޓްހައުސްއަކަށް އަޒްހާން ގޮސްފައިވާކަމަށް ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ.

އަދި އެ ގެސްޓްހައުސްއާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖުތައް ނަގައި އެނަލައިޒްކޮށް، ތަހުޤީޤަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ނިރޮޅު މަގުގައި ހުންނަ ސްކޭޓް ޕާކް ސަރަހައްދާއި ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދު ފާސްކުރި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ސެޕްޓެމްބަރު 30 ވަނަ ދުވަހު ފުލުހުންނަށް ލިބުނު އިތުރު ސީސީޓީވީ ފުޓޭޖުތަކެއްގެ އެހީގައި ލިބުނު މައުލޫމާތުތަކުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހެނދުނު ސްކޭޓް ޕާކާ ދިމާ އަތިރި މައްޗަށް އަޒުހާން ފައިބާ މަންޒަރާއި އެއަށްފަހު އަތިރިމަތިން އެއްގަމަށް އަރައިގެން ގޮސް ސްކޭޓް ޕާކާ ދިމާއިން ނިރޮޅުމަގަށް ނުކުންނަކަން އެނގިފައިވާކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްފަހު ސެޕްޓެމްބަރު 26 ވަނަ ދުވަހު ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ ސްކޭޓް ޕާކު ސަރަހައްދާއި ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި އެކި ގޮތްގޮތުން ލިބުނު މައުލޫމާތަށް ބަލައި އަޒްހާން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑެއް ފެނިފައިވަނީ ވޯޓަރ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދާ ދިމާ ނިރޮޅުމަގުގެ ހުޅަނގު ފަރާތުގެ ގަސްތަކުގެ ތެރޭގައި ކުނިވެފައި އޮއްވާކަމަށް ފުލުހުން ބުނެއެވެ. އެއާއެކު، ގެއްލިގެން ހޯދާ މީހެއްގެ މައްސަލައަކުން މަރުގެ މައްސަލައަކަށް ބަދަލުކޮށް މިހާރު ވަނީ ތަޙުޤީޤު ފަށާފައެވެ. އަދި އޭނާ މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައެވެ.

ތަހުގީގުގެ ތެރެއިން އޭނާގެ ފޯނު ހޯދާފައިވާއިރު، މަރާލާފައިވާ ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަޒްހާން ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު ތަހުގީގުގައި ކުރަމުންއައި މަސައްކަތްތައް ކޮންމެ ދުވަހަކު އާއިލާއާ ހިއްސާ ކުރަމުން ދިޔަ ކަމަށެވެ.

އާދަމް ޝަރީފު އުމަރުރައްޔިތުންގެ މަޖިލިސްމުހައްމަދު އަޒްހާންމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު